Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

22 އޮކްޓޯބަރު 2026 | ބުރާސްފަތި 02:51

އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އެމެރިކާއާއި އިސްރާއީލުން އަންނަނީ ތައްޔާރުވަމުން. މި ހަމަލާތަކާ ގުޅޭގޮތުން ދެ ޤައުމުގެ ދިފާޢީ އިސްވެރިން މަޝްވަރާކުރައްވާފައިވީ ނަމަވެސް، މިއީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ގެންގުޅޭ އިޚުތިޔާރެއް ކަމަށް ވައިޓް ހައުސްއިން ބުނޭ. ނަމަވެސް، ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާފާނެތީ މި ފަދަ ހަމަލާއަކަށް ޓްރަމްޕް ހުއްދަ ދެއްވުމަކީ ދުރުކަމެއް ކަމަށް ރިޕޯޓުތައް ބުނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 22 އޮކްޓޯބަރު 2026 | ބުރާސްފަތި 02:51
އެމެރިކާގެ މެރިން ސިފައިންނާއި އެމްފިބިޔަސް ރެޕިޑް ޑިޕްލޯއިމެންޓް ބްރިގޭޑުގެ ސިފައިން އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން އޮސްޕްރޭ މަރުކާގެ ހެލިކޮޕްޓަރަކަށް އަރަން ހިނގަނީ

އެމެރިކާގެ މެރިން ސިފައިންނާއި އެމްފިބިޔަސް ރެޕިޑް ޑިޕްލޯއިމެންޓް ބްރިގޭޑުގެ ސިފައިން އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން އޮސްޕްރޭ މަރުކާގެ ހެލިކޮޕްޓަރަކަށް އަރަން ހިނގަނީ | ޔޫއެސް މެރިން ކޯޕްސް

އެމެރިކާގެ މިޑްޓަރމް އިންތިޚާބަށް ފަހު އީރާނަށް އަމާޒުކޮށް އަލުން ހަމަލާތަކެއް ދިނުމުގެ ޕްލޭންތަކެއް އެމެރިކާއާއި އިސްރާއީލުގެ އަސްކަރިއްޔާއިން އެކުލަވާލައި، ކުރު ނަމަވެސް ވަރުގަދަ އަސްކަރީ ކެމްޕޭނަކަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ދި ނިއު ޔޯކް ޓައިމްސްއިން ބުދަ ދުވަހު ރިޕޯޓުކޮށްފި އެވެ. ދެ ޤައުމުގެ އަސްކަރިއްޔާއިން ތަމްރީނުތައް އިތުރުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހަމަލާދޭނެ އުކުޅުތައް ފަރިތަކުރުމަށް އިރާޤުގެ ވައިގެ ސަރަހައްދުގައި ކުރިއަށްގެންދާ ފަރިތަކުރުންތައް ހިމެނޭ ކަމަށް، އެމެރިކާގެ އޮފިޝަލުންނާއި އެ މަޝްވަރާތަކުގެ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

ހަމަލާ އަމާޒުކުރެވިދާނެ ތަންތަނުގެ ތެރޭގައި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކާއި، މިސައިލާއި ޑްރޯން ކާރުޚާނާތަކުގެ އިތުރުން ހަކަތައިގެ އުމްރާނީ ވަސީލަތްތައް ހިމެނިދާނެ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. މިއާއެކު، އަލުން ދީފާނެ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު މި ހަފުތާގައި އިސްރާއީލުގައި އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވި ކަމަށް އެ ނޫހުން ރިޕޯޓުކުރި އެވެ. އަދި، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަށް އަމާޒުކުރުމަށް ރާވާފައިވާ ޕްލޭންތަކުގެ ތެރޭގައި، 'ޕިކްއެކްސް' ފަރުބަދައިގެ އަޑީގައި ގާއިމުކޮށްފައިވާ ނިއުކްލިޔަރ މަރުކަޒަށް ހަމަލާދިނުން ހިމެނިދާނެ ކަމަށް ދި ޓައިމްސްއިން ރިޕޯޓުކޮށްފައިވެ އެވެ.

Advertisement - worldAdvertisement

މި އަހަރު ބޮޑު ހަނގުރާމައަކަށް އަލުން ރުޖޫއަވުމަށް ހުށަހެޅުނު ޕްލޭންތަކަށް ޓްރަމްޕް ތަކުރާރުކޮށް ދެކޮޅުހައްދަވާފައިވާކަން ފާހަގަކޮށް، މި ހަމަލާތަކަށް ޓްރަމްޕް ހުއްދަ ދެއްވާނެކަން ކަށަވަރުވުމާ އަދި ވަރަށް ދުރު ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. މިޑްޓަރމް އިންތިޚާބުގެ ކުރިން އެމެރިކާއިން އީރާނަށް ހަމަލާ ނުދޭނެ ކަމަށް ބަޔާންކުރައްވައި، ދެ ފަރާތުގެ ދެމެދުގައި ކުރިއަށްދަނީ "ބިނާކުރަނިވި މަޝްވަރާތަކެއް" ކަމަށް މި މަހުގެ ކުރީކޮޅު ޓްރަމްޕް ވިދާޅުވި އެވެ. އީރާނަށް ނިއުކްލިޔަރ ހަތިޔާރު ހޯދިޔަނުދިނުމަށް ޓަކައި ޓްރަމްޕް ހުރިހާ އިޚުތިޔާރެއް ވެސް މޭޒުމަތީގައި ބަހައްޓަވާފައިވާ ކަމަށް ވިދާޅުވެ، އަސްކަރީ ޕްލޭންތަކާ ގުޅޭގޮތުން ސަރުކާރުން ވަކި އެއްޗެއް ހާމަނުކުރަނީ އެއީ "ވުޖޫދުގައި އޮވެދާނެ ނުވަތަ ނެތިދާނެ" ކަންކަން ކަމަށް ވާތީ ކަމަށް، ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމެރިކާއާއި އިސްރާއީލުން ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށުމާ ގުޅިގެން، ތެހެރާނުން ވަނީ ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކުން ރައްދުދީ، ދުނިޔޭގެ ހަކަތައިގެ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އަދި، ޕާކިސްތާނާއި ޤަތަރު މެދުވެރިވެގެން އެމެރިކާއާއި އީރާނާ ދެމެދު ޖޫން މަހު ސޮއިކުރެވުނު ފަހުމުނާމާގެ އަމަލީ މަސައްކަތްތައް، ހުރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ ކަންކަން ހިމެނޭހެން އުފެދުނު ޚިޔާލުތަފާތުވުންތަކާ ހެދި މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އިސްރާއީލްޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫހުރްމުޒް ކަނޑުއޮޅިނިއުކްލިއަރ ޕްރޮގްރާމްއެމެރިކާ

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2026

ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާޢުކުރަން 400 މިލިޔަން ޑޮލަރު ޚަރަދުކުރާނަން: ޓްރަމްޕް

21 އޮކްޓޯބަރު 2026
ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާޢުކުރަން 400 މިލިޔަން ޑޮލަރު ޚަރަދުކުރާނަން: ޓްރަމްޕް
21 އޮކްޓޯބަރު 2026

ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!

21 އޮކްޓޯބަރު 2026
ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!
21 އޮކްޓޯބަރު 2026

އެމެރިކާގެ މަޔާމީގައި ބާއްވާ ޖީ20ގެ ސަމިޓުގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާނެތަ؟

21 އޮކްޓޯބަރު 2026
އެމެރިކާގެ މަޔާމީގައި ބާއްވާ ޖީ20ގެ ސަމިޓުގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާނެތަ؟
21 އޮކްޓޯބަރު 2026

ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ އާ ހުށަހެޅުމަކާއެކު ވައިޓް ހައުސްގެ މަންދޫބު ޕުޓިންއާ ބައްދަލުކުރައްވަނީ

21 އޮކްޓޯބަރު 2026
ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ އާ ހުށަހެޅުމަކާއެކު ވައިޓް ހައުސްގެ މަންދޫބު ޕުޓިންއާ ބައްދަލުކުރައްވަނީ
21 އޮކްޓޯބަރު 2026

ސެޓެލައިޓް މުވާސަލާތު ހަނިކުރަން ނާންގަން، ޔޫކްރެއިން ސިޔާސަތަށް ބަދަލެއް ނުގެންނަން: ހެގްސެތު

21 އޮކްޓޯބަރު 2026
ސެޓެލައިޓް މުވާސަލާތު ހަނިކުރަން ނާންގަން، ޔޫކްރެއިން ސިޔާސަތަށް ބަދަލެއް ނުގެންނަން: ހެގްސެތު
20 އޮކްޓޯބަރު 2026

އީރާނުން އެމެރިކާގެ 54 ވަނަ އެމްކިޔު-9 ޑްރޯން ވައްޓާލައިފި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަނީ

20 އޮކްޓޯބަރު 2026
އީރާނުން އެމެރިކާގެ 54 ވަނަ އެމްކިޔު-9 ޑްރޯން ވައްޓާލައިފި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަނީ
20 އޮކްޓޯބަރު 2026

ރަޝިޔާއާއެކު އަލުން މަޝްވަރާތައް ފަށަން އެމެރިކާއިން އިސްނަގައިގެން އޮސްލޯގައި ބޮޑު މަޝްވަރާތަކެއް

20 އޮކްޓޯބަރު 2026
ރަޝިޔާއާއެކު އަލުން މަޝްވަރާތައް ފަށަން އެމެރިކާއިން އިސްނަގައިގެން އޮސްލޯގައި ބޮޑު މަޝްވަރާތަކެއް
20 އޮކްޓޯބަރު 2026

ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި

20 އޮކްޓޯބަރު 2026
ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި
19 އޮކްޓޯބަރު 2026

ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި

19 އޮކްޓޯބަރު 2026
ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި
19 އޮކްޓޯބަރު 2026

ޖަލު އަދަބުން ސަލާމަތްވާން ނަތަންޔާހޫ އުޅެނީ އެމެރިކާ އަލުން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން: ޢިރާޤިޗީ

19 އޮކްޓޯބަރު 2026
ޖަލު އަދަބުން ސަލާމަތްވާން ނަތަންޔާހޫ އުޅެނީ އެމެރިކާ އަލުން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން: ޢިރާޤިޗީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް