Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭއީއެޗް

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

19 އޮކްޓޯބަރު 2026 | ހޯމަ 10:13

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕްރިންސިޕަލް އައިސީޓީ ޓެކްނީޝަންގެ މަގާމަށް އެ ހޮސްޕިޓަލުގެ ސީއީއޯގެ ކޮއްކޮ ހޮވުމާ ގުޅިގެން، ވަޒީފާ ދިނުމުގައި މަސްލަހަތު ފުށުއަރާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. މި މަގާމަށް މީހަކު ހޮވުމުގައި އިންޓަވިއު ޕެނަލްގައި ހިމެނުނު ފަރާތްތަކާއި މާކްސް ދީފައިވާ ގޮތާމެދު އާންމު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 19 އޮކްޓޯބަރު 2026 | ހޯމަ 10:13
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު | ސޯޝަލް މީޑިއާ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރުގެ އާއިލީ ބޭފުޅުންނަށާއި ގާތް ރައްޓެހިންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެފައި ވަނިކޮށް، އެ ހޮސްޕިޓަލުގެ އިސް މަގާމަކަށް އޭނާގެ ކޮއްކޮ ހޮވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އޭއީއެޗްގެ ޕްރިންސިޕަލް އައިސީޓީ ޓެކްނީޝަންގެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދައިގެން އެ މަގާމަށް ހޮވިފައިވަނީ ސީއީއޯ ޑރ. އަދީލްގެ ކޮއްކޮ އަޒްމީލް ނަސީރު އެވެ. މިއާއެކު، ވަޒީފާ ދިނުމުގެ މަރުހަލާ ދިޔައީ އިންސާފުވެރިކޮށްތޯ ސުވާލު އުފައްދައި، ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Advertisement - newsAdvertisement

ވަޒީފާ ހަމަޖެއްސުމުގައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް، އެ ހޮސްޕިޓަލުން ވަނީ 1 ސެޕްޓެމްބަރު 2026 ގައި އިއުލާނުކުރި ޕްރިންސިޕަލް އައިސީޓީ ޓެކްނީޝަންގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ އޭ-2 ޝީޓް އާންމުކޮށްފަ އެވެ. އާންމުކުރި ޝީޓުން ދައްކާ ގޮތުގައި، 92.15 މާކްސްއާއެކު އެންމެ ކުރީގައި އޮތީ އަދީލްގެ ކޮއްކޮ އަޒްމީލް ނަސީރެވެ. މި މަގާމަށް ޖުމްލަ 5 ފަރާތަކުން ކުރިމަތިލާފައިވާއިރު، އަސާސީ ޝަރުތު ހަމަނުވާތީ އޭގެ ތެރެއިން ދެ ފަރާތެއް ވަނީ ޑިސްކޮލިފައިކޮށްފަ އެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް

އޭއީއެޗްގެ ޕްރިންސިޕަލް އައިސީޓީ ޓެކްނީޝަންގެ މަގާމަށް އަޒްމީލް ނަސީރު ހޮވުމުގައި މަސްލަހަތު ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައިވެ އެވެ. އެގޮތުން، އަޒްމީލް ހޮވި އިންޓަވިއު ޕެނަލްގައި ހިމެނިވަޑައިގެންނެވި އެ ހޮސްޕިޓަލުގެ އައިޓީ ޑިރެކްޓަރު އަލީ އިބްރާހިމަކީ، އައްޑޫ ހައި ސްކޫލުގައި އަޒްމީލާއެކު ގާތުން މަސައްކަތްކުރައްވާފައިވާ ބޭފުޅެއްކަން ވަނީ ފާހަގަކުރެވިފަ އެވެ.

އެހެންކަމުން މި ނިންމުމުގައި މަސްލަހަތު ފުށުއެރުން އޮންނާނެ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދިއަ ވާހަކަތަކުން، ހޮސްޕިޓަލުގެ އިދާރީ ހިންގުމުގެ ތެރެއިން ވަޒީފާ ދިނުމުގައްޔާއި އެކި މަޝްރޫއުތައް ހަވާލުކުރުމުގައި އަމިއްލަ މަސްލަހަތާއި ގުޅުންތަކަށް އިސްކަންދެމުންދިއަކަށް ވަނީ ހާމަވެފަ އެވެ. އަދި މި ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށްވެސް އެ ފަރާތްތަކުން ތުހުމަތުކުރެ އެވެ.

އާންމު އުސޫލެއްގެ ގޮތުން ސަރުކާރުގެ ހޮސްޕިޓަލްތަކާއި އެހެނިހެން ރަސްމީ އިދާރާތަކަށް މުވައްޒަފުން ނަގަނީ އާންމުކޮށް އިއުލާންކޮށްގެން، ސިވިލް ސަރވިސްގެ ނުވަތަ އެ އިދާރާއަކަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ ތެރެއިންނެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯގެ މަޤާމުގައި މިހާރު ހުންނެވީ ޑރ. އަޙްމަދު އަދީލް ނަސީރު އެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގަ އެވެ.

އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލްޑރ. އަޙްމަދު އަދީލް ނަސީރުއަޒްމީލް ނަސީރުކަރަޕްޝަން ޤަވާއިދުތަކާ ޚިލާފުވުން

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް

18 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް
12 އޮކްޓޯބަރު 2026

ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟

12 އޮކްޓޯބަރު 2026
ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟
12 އޮކްޓޯބަރު 2026

ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ އަނބުރާ ނުހޯދެނީ ގާނޫނުތައް ނެތިގެން ނޫން، އެ މަސައްކަތް ނުކުރެވެނީ އިޚްލާސްތެރި ބަޔަކު ނެތުމުން: މެންބަރު ޝަމްހީދު

12 އޮކްޓޯބަރު 2026
ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ އަނބުރާ ނުހޯދެނީ ގާނޫނުތައް ނެތިގެން ނޫން، އެ މަސައްކަތް ނުކުރެވެނީ އިޚްލާސްތެރި ބަޔަކު ނެތުމުން: މެންބަރު ޝަމްހީދު
09 އޮކްޓޯބަރު 2026

މެންބަރުންނަކީ "ޒަމްޒަމް ފެނުން ތާހިރުވެގެން ތިބި ބައެއް" ކަމަށް އެ ވިދާޅުވީ ކޮރަޕްޝަން އިންތިހާއަށް ބޮޑުވީމަތަ؟

09 އޮކްޓޯބަރު 2026
މެންބަރުންނަކީ "ޒަމްޒަމް ފެނުން ތާހިރުވެގެން ތިބި ބައެއް" ކަމަށް އެ ވިދާޅުވީ ކޮރަޕްޝަން އިންތިހާއަށް ބޮޑުވީމަތަ؟
02 އޮކްޓޯބަރު 2026

އީގަލް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!

02 އޮކްޓޯބަރު 2026
އީގަލް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!
24 ސެޕްޓެމްބަރު 2026

ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟

24 ސެޕްޓެމްބަރު 2026
ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟
21 ސެޕްޓެމްބަރު 2026

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް

21 ސެޕްޓެމްބަރު 2026
ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް
14 ސެޕްޓެމްބަރު 2026

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ފެން ފައިބައި، ބާލިދީ ބަހައްޓާފައި ހުރި ވީޑިއޯތަކެއް އާންމުވެއްޖެ

14 ސެޕްޓެމްބަރު 2026
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ފެން ފައިބައި، ބާލިދީ ބަހައްޓާފައި ހުރި ވީޑިއޯތަކެއް އާންމުވެއްޖެ
23 އޯގަސްޓު 2026

ޒެލެންސްކީ ކޮރަޕްޝަނާ މެދު ޖަވާބުދާރީވާންޖެހޭ: ކުރީގެ ޑިފެންސް މިނިސްޓަރު

23 އޯގަސްޓު 2026
ޒެލެންސްކީ ކޮރަޕްޝަނާ މެދު ޖަވާބުދާރީވާންޖެހޭ: ކުރީގެ ޑިފެންސް މިނިސްޓަރު
03 އޯގަސްޓު 2026

ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

03 އޯގަސްޓު 2026
ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް