Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-ޕާކިސްތާން

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

21 އޮކްޓޯބަރު 2026 | ބުދަ 10:21

ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން ގެންގުޅޭ ސިޔާސަތުތަކާއި، އިންޑިއާއިން 'އިންޑަސް ވޯޓާސް ޓްރީޓީ' އާ ޚިލާފުވާތީ އެކަމުގެ ކަންބޮޑުވުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ރައީސް މުއިއްޒާ ހިއްސާކުރައްވައިފި. ފެނުގެ މުއާހަދާއާ ޚިލާފަށް ކުރާ ކޮންމެ އަމަލަކީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވެ، ބޮޑުވަޒީރު ވަނީ އިންޑިއާއަށް ވަރުގަދަ އިންޒާރެއް ދެއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އޮކްޓޯބަރު 2026 | ބުދަ 10:21
މުއިއްޒާއެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓު

މުއިއްޒާއެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓު | ރާއްޖެ ޓީވީ

ރައީސް ޑރ މުޙައްމަދު މުއިއްޒު އާއި އެކު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު ދެއްވައިފި އެވެ.

ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ދެ ގައުމުގެ މަސްލަހަތާ ގުޅުންހުރި މުހިންމު ކަންކަމުގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

Advertisement - newsAdvertisement

ބޮޑުވަޒީރު ޝެހްބާޒް އިތުރަށް ވިދާޅުވީ، އިންޑިއާއިން އިސްތިއުމާރުކޮށްފައިވާ ޖައްމޫ އަދި ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން ގެންގުޅޭ އުސޫލީ ސިޔާސަތު ރައީސް މުއިއްޒަށް ތަފްސީލުކޮށްދެއްވާފައިވާ ކަމަށެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް އިސްލާމްއާބާދުން މަސައްކަތް ކުރާނެކަމަށް ވިދާޅުވި އެވެ.

ޝަހްބާޒް ވިދާޅުވީ، ކަޝްމީރުގެ ރައްޔިތުން ކުރަމުންދާ ޖިހާދު ކާމިޔާބުވެ، އަމިއްލަ އިހްތިޔާރުގައި ގޮތް ނިންމުމުގެ ހައްގު ލިބެންދެން، ޕާކިސްތާނުން ޚާރިޖީ ގޮތުން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތަށް އެއީ މިނިވަން މުސްތަގިއްލު ގައުމަކަށް ވަންދެން ބައިނަލްއަގުވާމީ ހުރިހާ މައިދާންތަކެއްގައި ޕާކިސްތާނުން ވަކާލާތު ކުރާނެ ކަމަށެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 'އިންޑަސް ވޯޓާސް ޓްރީޓީ' (އައި.ޑަބްލިއު.ޓީ) ނުވަތަ ސިންދު ކޯރުގެ ފެނާ ގުޅޭ މުއާހަދާއަށް އަމަލުކުރުން ހުއްޓާލުމަށް އިންޑިއާއިން ނިންމި ނިންމުމާމެދު ޕާކިސްތާނުން އިންތިހާއަށް ކަންބޮޑުވާކަން ބޮޑުވަޒީރު ހާމަކުރެއްވި އެވެ. އަދި މިއީ ބައިނަލްއަގުވާމީ ގޮތުން ދެ ގައުމުން އަމަލުކުރަން ލާޒިމުކުރާ މުއާހަދާއަކާ ޚިލާފު އަމަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވީ، މި މައްސަލައިގައި ޕާކިސްތާނުން ގެންގުޅޭ ސިޔާސަތަކީ ސާފު އަދި އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ގާނޫނީ ގޮތުން އަމަލުކުރުން ލާޒިމުކުރާ މުއާހަދާތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި، ދެ ގައުމުން ހިއްސާވާ ފެނުގެ ވަސީލަތްތަކަކީ ސިޔާސީ ނުފޫޒު ފޯރުވުމަށް ނުވަތަ ބިރުދެއްކުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ އިތުރުން ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި ވެސް ޕާކިސްތާނުން މިކަން ވަރަށް ސާފުކޮށް ހާމަކޮށްފައިވާނެ ކަމަށާއި، ފެނުގެ މައްސަލައަކީ އެ ގައުމުން އެއްވެސް ދޫދިނުމެއް ދޭނެ ކަމެއް ނޫން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

އެހެންކަމުން، މި މުއާހަދާއާ ޚިލާފަށް ކުރާ ކޮންމެ އަމަލަކީ ޕާކިސްތާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ބަލާނެކަން އެންމެހާ ފަރާތްތަކަށް އެނގެންޖެހޭނެކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވެ އެވެ.

ޕާކިސްތާނުން އިންޑިއާއަށް ފާޑުކިޔައި މިބީދައިން ވާހަކަ ދައްކާފައިވާއިރު، ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީވެސް ނުހަނު ބޮޑަށް އިންޑިއާއަށް ފާޑުވިދާޅުވެ ހިންގެވި ބޮޑު ކެމްޕޭނަކަށްފަހުކަން ފާހަގަ ކުރެވެ އެވެ.

ޝެހްބާޒް ޝަރީފް ޑރ. މުހައްމަދު މުއިއްޒުޖައްމޫ އަދި ކަޝްމީރުޕާކިސްތާން-އިންޑިއާ

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2026

ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ބައިލެޓްރަލް ވިޔަފާރި މިހާރު އޮތް 13 މިލިއަން ޑޮލަރުން ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވޭ: ރައީސް

21 އޮކްޓޯބަރު 2026
ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ބައިލެޓްރަލް ވިޔަފާރި މިހާރު އޮތް 13 މިލިއަން ޑޮލަރުން ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވޭ: ރައީސް
20 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންނާއި އަރަބި އިސްލާމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

20 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންނާއި އަރަބި އިސްލާމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
20 އޮކްޓޯބަރު 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި

20 އޮކްޓޯބަރު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި
19 އޮކްޓޯބަރު 2026

ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން

19 އޮކްޓޯބަރު 2026
ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!
19 އޮކްޓޯބަރު 2026

މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ

19 އޮކްޓޯބަރު 2026
މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ
19 އޮކްޓޯބަރު 2026

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

19 އޮކްޓޯބަރު 2026
އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި
17 އޮކްޓޯބަރު 2026

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

17 އޮކްޓޯބަރު 2026
ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް
17 އޮކްޓޯބަރު 2026

ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން

17 އޮކްޓޯބަރު 2026
ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން
17 އޮކްޓޯބަރު 2026

ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!

17 އޮކްޓޯބަރު 2026
ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް