Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކުރި ޤަރާރު ބާތިލްކޮށްފައިވަނީ އެމެރިކާގެ ފެޑެރަލް ކޯޓަކުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2017 | އަންގާރަ 20:21
މުސްލިމް 7 ޤައުމަކުން އެމެރިކާއަށް މަނާކުރާ ޤަރާރުގައި ރައީސް ޓްރަމްޕ ސޮއިކުރައްވަނީ

މުސްލިމް 7 ޤައުމަކުން އެމެރިކާއަށް މަނާކުރާ ޤަރާރުގައި ރައީސް ޓްރަމްޕ ސޮއިކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤަރާރަކުން އެމެރިކާއަށް މުސްލިމް މެޖޯރިޓީ އޮންނަ ބައެއް ގައުމު ތަކުން މީހުން އައުން މަނާކުރި މަނާކުރުން ހުއްޓުވާ އެމެރިކާގެ ފެޑެރަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި އެމެރިކާ ސަރުކާރުން ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

މުސްލިމް މެޖޯރިޓީ އޮންނަ 7 ޤައުމަކުން އެމެރިކާއަށް އެރުން މަނާކުރި ޤަރާރު ބާތިލްކޮށް ނެރުނު އަމުރު ސަރުކާރުން އިސްތިއުނާފް ކުރީ ސެންފްރެންސިސްކޯގައި ޤާއިމްކޮށްފައި ހުންނަ ސަރކިޓް ކޯޓް އޮފް އެޕީލްގައި ހޯމަ ދުވަހުއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރަށް ތަބާނުވުމަށް ކޯޓު އަމުރު ނެރުއްވީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވެރިކަމުގައި ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ޖޭމްސް ރޮބަޓް އެވެ.

އޭނާ އެ އަމުރު ނެރެފައިވަނީ ވޮޝިންޓަނާއި މިނެސޯޓާގެ އެޓާނީ ޖެނެރަލުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމެންޓުން ވަނީ ކޯޓުން އެ އަމުރު ނެރުނުތާ 24 ގަޑިއިރުވެސް ނުވަނީސް އެ އަމުރު ތަންފީޒުކުރަން ފަށާފައެވެ.

ޖޭމްސް ނެރުއްވި ބަޔާނުގައި ބުނީ ޓްރަމްޕްގެ ރިޔާސީ ގަރާރުގެ ސަބަބުން ގާނޫނު އަސާސީ އިން ލިބިދީފައިވާ ތައުލީމް ހާސިލް ކުރުމުގެ ހައްގާއި ވަޒީފާ އަދާކުރުމުގެ ހައްގުގެ އިތުރުން ދަތުރުފަތުރުކުރުމުގެ ހައްގަށްވެސް އަރައިގަނެވޭ ކަމަށެވެ.

އެމެރިކާއަށް އެރުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމެނެނީ އީރާން، އިރާގް، ލީބިޔާ، ސޫދާން، ޔަމަން،ސީރިޔާ އަދި ސޯމާލިޔާއެވެ.

ރައީސް ޓްރަމްޕް ވަނީ މި ގަރާރު ދެމެހެއްޓެވުމަށް ސްޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

26 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު