Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

19 އޮކްޓޯބަރު 2026 | ހޯމަ 10:55

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ސަރަހައްދުގައި ރިސޯޓުތަކުގެ އުސޫލުތައް ހިންގުމަކީ ދީނީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ބުނެ އިލްމުވެރިންގެ ގުޅުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފިއި. މި މަޝްރޫއުގެ ސަބަބުން ގައުމުގެ އިގުތިސާދީ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނާނެތީ، އެއްބަސްވުން މުރާޖައާކޮށް މަޝްރޫއު ހުއްޓާލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 19 އޮކްޓޯބަރު 2026 | ހޯމަ 10:55
އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން މިނިސްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފައިލް ފޮޓޯ)

އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން މިނިސްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފައިލް ފޮޓޯ) | އިލްމުވެރިންގެ ގުޅުން

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ސަރަހައްދާ ގުޅިގެން އޮތް އެންމެ ބޮޑު ދީނީ ކަންބޮޑުވުމަކީ، ހައުސިންގ މިނިސްޓަރު މަނާކުރައްވާނެ ކަމަށް ވިދާޅުވި ފައްޅިއެއް ނުވަތަ ފެސްޓިވަލެއްގެ މައްސަލަ ނޫން ކަމަށާއި، ހަގީގީ ނުރައްކަލަކީ ދިވެހީން ދާއިމީކޮށް ދިރިއުޅޭ މާހައުލެއްގައި ޓޫރިސްޓް ރިސޯޓުތަކުގެ އުސޫލުތައް ހުއްދަކުރުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި އެވެ.

އިލްމުވެރިންގެ ގުޅުމުން ސަރުކާރަށް ހުށަހެޅި ރިޕޯޓުގައި، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ރަސްމާލޭގައި ގާއިމުކުރާ ބޭރު މީހުންގެ ސަރަހައްދުގައި ރާއްޖޭގެ ރިސޯޓުތަކުގައި އަމަލުކުރާ އުސޫލުތައް ހިނގާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ވިދާޅުވުމެވެ. އޭގެ މާނައަކީ މާލެއާ މިހާ ކައިރީގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ރާލާ އޫރުމަސް ވިއްކުމާއި، އިސްލާމީ އަހުލާގީ މިންގަނޑުތަކާ ހިލާފު ކަންކަމަށް ދޮރު ހުޅުވިގެންދިއުން ކަމަށް ރިޕޯޓުގައިވެ އެވެ. 

Advertisement - newsAdvertisement

އިލްމުވެރިންގެ ގުޅުމުން ފާހަގަކުރި ގޮތުގައި، ވެރިރަށް މާލެއާ އިންވެގެން އޮތް، އަދި ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު ވަދެ ނިކުމެ އުޅެވޭ ގޮތަށް އޮތް 30،000 މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅޭނެ މިފަދަ ދާއިމީ ސަރަހައްދެއްގައި ރިސޯޓުތަކުގެ އުސޫލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިސްތިގުލާލަށާއި ދީނީ އެއްބައިވަންތަކަމަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ހިމެނޭ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފައިވާއިރު، ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއުގެ ސަބަބުން، ވެރިރަށް މާލެ ސަރަހައްދުގެ މުހިންމު ބިންތަކެއް ބޭރުގެ އެންމެ ކުންފުންޏެއްގެ ބާރުގެ ދަށަށް ދާނެ ކަމުގެ އިންޒާރުވެސް އިލްމުވެރިންގެ ގުޅުމުގެ ރިޕޯޓުގައި ދީފައިވެ އެވެ.

ގާނޫނީ ގޮތުންނާއި އާބާދީގެ ގޮތުން އަތުވެދާނެ ލޮޅުންތަކަށް އިޝާރަތްކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ، މި މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް 99 އަހަރަށް ބިން ކުއްޔަށް ދޫކުރާއިރު، ކޮންމެ ފަހަރަކު މިލްކުވެރިކަން ބަދަލުވާ ހިނދު އެ މުއްދަތު އަލުން ގުނަން ފަށާ ގޮތަށް އޮތުމަކީ ބިން ދާއިމީކޮށް ބޭރު މީހުންނަށް ދިނުން ފަދަ ކަމެއް ކަމަށެވެ. މިއީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ސީދާ ހިލާފު ކަމެއް ކަމަށް ބުނެ، މި މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާކަންވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި 250،000 ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ފަސް އަހަރުގެ ރެސިޑެންޓް ވިސާ ދިނުމަކީ ރާއްޖޭގެ އާބާދީގެ ނިސްބަތަށް ނޭދެވޭ ބޮޑު ބަދަލެއް އައިސް، އިޖުތިމާއީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އިލްމުވެރިން ދެކެއެވެ.

އިގުތިސާދީ ގޮތުން ބަލާއިރުވެސް ސަރުކާރުގެ ހިސާބުތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށް އިލްމުވެރިންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ސަރުކާރުން މި މަޝްރޫއުން 11 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ ކަމަށް ބުނި ނަމަވެސް، ދިރާސާތަކުން ދައްކަނީ 10 އަހަރު ދުވަހުގެ ތެރޭގައި ލިބޭނީ 5.7 އާއި 7.3 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީ އެއް ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ ޖީޑީޕީގެ 1.6 އިން ފެށިގެން 4.0 ގުނަ ބޮޑު އިގުތިސާދީ ބާރެއް އެންމެ ކުންފުންޏެއްގެ މައްޗަށް ދޫކޮށްލުމަކީ ގައުމުގެ އިގުތިސާދީ މިނިވަންކަން ގެއްލިގެންދާނެ ކަމެއް ކަމަށް ރިޕޯޓުގައި އިންޒާރު ދީފައިވެ އެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ވަނީ ސަރުކާރަށް 22 ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި، މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި ލެޓަރ އޮފް އިންޓެންޓެއްގައި ކަމަށްވާތީ، މަޝްރޫއު ވަގުތުން ހުއްޓާލައި އަލުން މުރާޖައާ ކުރުމަށް ވަނީ ގޮވާލާފަ އެވެ. އަދި ބޭރު މީހުންނަށް ބޯހިޔާވަހިކަން ވިއްކުމުގެ ބަދަލުގައި، އިސްލާމީ ފައިނޭންސްގެ އުސޫލުތައް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރަސްމާލެއަކީ ހަމައެކަނި ދިވެހީން ދިރިއުޅޭ، އިސްލާމީ އުސޫލުތަކާއި އަހުލާގީ މިންގަނޑުތައް ފުރިހަމައަށް ހިނގާ ތަނެއްގެ ގޮތުގައި ބޭއްވުމަށް އިލްމުވެރިންގެ ރިޕޯޓުގައި ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް 99 އަހަރަށް ދިން މައްސަލާގައި ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރަސްމާލެ އީގަލް ހިލްސްޑރ. އަބްދުﷲ މުއްތަލިބުއިލްމުވެރިންގެ ގުޅުން

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2026

މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު
19 އޮކްޓޯބަރު 2026

5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު
18 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް

18 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް
18 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް

18 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް
18 އޮކްޓޯބަރު 2026

ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން

18 އޮކްޓޯބަރު 2026
ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން
17 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

17 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް
17 އޮކްޓޯބަރު 2026

ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން

17 އޮކްޓޯބަރު 2026
ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން
17 އޮކްޓޯބަރު 2026

ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!

17 އޮކްޓޯބަރު 2026
ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!
17 އޮކްޓޯބަރު 2026

ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި

17 އޮކްޓޯބަރު 2026
ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި
16 އޮކްޓޯބަރު 2026

އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟

16 އޮކްޓޯބަރު 2026
އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް