Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު މަހުލޫފުގެ މައްސަލަ

މަހުލޫފުގެ ސިޓީއެއް ރައީސަށް، ރައީސް ވިދާޅުވީ ޕީޖީން ގޮތެއް ނިންމަވަން ޖެހޭކަމަށް

11 އޯގަސްޓު 2021 | ބުދަ 13:38

އެސްއޯއެފްގެ އެކައުންޓެންޓުގެ ބަޔާން ނެގުމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އޯގަސްޓު 2021 | ބުދަ 13:38
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގާއި ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަވަހަށް ގޮތެއް ނިންމަވަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސާލިހު ވިދާޅުވީ، މަހުލޫފުގެ މައްސަލަ ދިގުލައިގެން ދިއުމަކީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ، މި މައްސަލައިގައި ޕީޖީ އޮފީހުން އަވަހަށް ގޮތެއް ނިންމަވަންޖެހޭކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، މި މައްސަލައިގައި މިނިސްޓަރ މަހުލޫފުގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ސިޓީގައި މި މައްސަލައިގެ ތަހުގީގާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެސްއޯއެފްގެ އެކައުންޓެންޓުގެ ބަޔާން ނެގުމުގައި ގޯސްތަކެއް ހަދާފައިވާކަން ބަޔާން ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭނާއަކީ ލަންކާއަށް ނިސްބަތްވާ މީހެކެވެ.

ރައީސް އެހެން ވިދާޅުވެފައިވާއިރު، މި މައްސަލައާ ގުޅިގެން ލަންކާގެ ރައްޔިތެއްގެ ބަޔާން ކަނޑައެޅިގެން ރާއްޖޭގެ ގާނޫނުތަކާއި އަދި ލަންކާ ގާނޫނުތަކާއި ޚިލާފަށް ނެގި މައްސަލައެއް ފެންމަތިވެ ލަންކާގެ ކަމާގުޅޭ އިދާރާއަކުން އެ މައްސަލަ ބަލަމުންދާ ކަމަށް މިނިސްޓަރ މަހުލޫފުވެސް ދާދި ފަހުން ވަނީ މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވެފައެވެ. އަދި އެމައްސަލަ ފޮރިން މިނިސްޓްރީންވެސް ތަހުގީގު ކުރަމުންދާކަން ފާހަގަ ކުރައްވައި މަހުލޫފު ވަނީ ޖިނާއީ ތަހުގީގު ޒޫމް މެދުވެރިކޮށް ހިންގިއިރު ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުވެސް އިންނެވިކަމަށް ތުހުމަތު ކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ ޝަކުވާ ލިބިވަޑައިގަތުމާއެކު، އެކަން ހިނގާ ދިޔަ ގޮތް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އެއަށްފަހު މައްސަލައެއް އުޅޭނަމަ އެކަން ހާމަ ކުރައްވާނެކަން ފާހަގަ ކުރައްވައި ރައީސް ވަނީ ޕީޖީ އޮފީހުން އަވަހަށް ނިންމެވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި ޕީޖީ އޮފީހުން ގޮތެއް ނިންމަވާނީ އެންމެ ރަނގަޅަށް ވިސްނަވާފައިކަމަށް ގަބޫލުފުޅު ކުރެވޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މައްސަލައިގައި ފެށުނީއްސުރެ އެކި ދިމަދިމާލުން ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް މިނިސްޓަރ މަހުލޫފު ތުހުމަތު ކުރައްވައެވެ. މަހުލޫފު ވިދާޅުވީ، ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އިސްތިއުފާ ދެއްވުމަށް ކަމަށެވެ. ނަމަވެސް ކަންކަން މިހާ ގޯސްކޮށް ދާތީ ދައުވާ ކުރިޔަސް ދެން އިސްތިއުފާ ދެއްވުމާމެދު ވިސްނަވާނެކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި އެކަން ރައީސަށް ވެސް ރަސްމީކޮށް ދަންނަވާނެކަން ފާހަގަ ކުރައްވައި މަހުލޫފު ވިދާޅުވީ، މަގާމުން ވަކިކުރުމަކީ ރައީސުލްޖުހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމުން، ގޮތެއް ނިންމަވާނީ ރައީސް ކަމަށެވެ.

އަހުމަދު މަޚްލޫފްރައީސް ސޯލިހު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
22 ޖޫން 2023

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި
01 މާރިޗު 2023

ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

01 މާރިޗު 2023
ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް
28 ފެބުރުއަރީ 2023

ފޯ ނޭޝަންސް ކަޕާއެކު ވޮލީ އިން ފެނުނު ފޯރި، މިނިސްޓަރުގެ އުންމީދަކީ އެހެން މުބާރާތެއް ވެސް ބޭއްވުން

28 ފެބުރުއަރީ 2023
ފޯ ނޭޝަންސް ކަޕާއެކު ވޮލީ އިން ފެނުނު ފޯރި، މިނިސްޓަރުގެ އުންމީދަކީ އެހެން މުބާރާތެއް ވެސް ބޭއްވުން
11 އޮކްޓޯބަރު 2022

އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި

11 އޮކްޓޯބަރު 2022
އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި
05 އޮކްޓޯބަރު 2022

އަޅުގަނޑަކީ ކެސިނޯ އަޅަން ތާއިދުކުރާ މީހެއް ނޫން، ވާހަކައިން އޮޅުން އަރާފައިވާތީ މަޢާފަށް އެދެން: މިނިސްޓަރު މަޚްލޫފް

05 އޮކްޓޯބަރު 2022
އަޅުގަނޑަކީ ކެސިނޯ އަޅަން ތާއިދުކުރާ މީހެއް ނޫން، ވާހަކައިން އޮޅުން އަރާފައިވާތީ މަޢާފަށް އެދެން: މިނިސްޓަރު މަޚްލޫފް
04 އޮކްޓޯބަރު 2022

ރާއްޖޭގެ ފުޓުބޯޅަ އޮތް ޙާލަތާމެދު ކަންބޮޑުވޭ: މިނިސްޓަރު މަޚްލޫފް

04 އޮކްޓޯބަރު 2022
ރާއްޖޭގެ ފުޓުބޯޅަ އޮތް ޙާލަތާމެދު ކަންބޮޑުވޭ: މިނިސްޓަރު މަޚްލޫފް
03 އޮކްޓޯބަރު 2022

ބޮޑާކަމާއި ކިބުރުވެރިކަމަކީ އަޅުގަނޑުގެ ގައިގަ ހުންނަ ސިފައެއް ނޫން: މިނިސްޓަރު މަޚްލޫފް

03 އޮކްޓޯބަރު 2022
ބޮޑާކަމާއި ކިބުރުވެރިކަމަކީ އަޅުގަނޑުގެ ގައިގަ ހުންނަ ސިފައެއް ނޫން: މިނިސްޓަރު މަޚްލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް