Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއަން ހައި ކޮމިޝަން ގޮއްވާލުމުގެ އިންޒާރު ދި

އިންޑިއަން ހައި ކޮމިޝަން ގޮއްވާލާނެކަމަށް ބުނި މައްސަލައިގައި ޕާޓީން ޢިނާދު ވަކިކުރަން ނިންމައިފި

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ އާންމު މެންބަރެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ޖުލައި 2021 | އާދީއްތަ 14:56
އިންޑިއަން  ހައި ކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން އެމްޑީޕީގެ މެންބަރު ޢިނާދު - އޭނާ ޕާޓީން ވަކިކުރަން އެމްޑީޕީން ވަނީ ނިންމާފައި

އިންޑިއަން ހައި ކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން އެމްޑީޕީގެ މެންބަރު ޢިނާދު - އޭނާ ޕާޓީން ވަކިކުރަން އެމްޑީޕީން ވަނީ ނިންމާފައި

ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ޢިނާދު ޕާޓީން ވަކިކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ.

އެމްޑީޕީން ވަނީ މި މައްސަލައިހައި އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، އެކަން ހަރުއަޑުން ކުށްވެރިކޮށްފައެވެ. އިންޑިއަން ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެއިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މުޙައްމަދު ޢިނާދުގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް ބަލައި، އޭނާ ޕާޓީން ވަކިކުރުމަށް، ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

Advertisement - newsAdvertisement

އެމްޑީޕީން ނެރުނު ބަޔާނެއްގައި، ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކަކީ އެޕާޓީން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ޖަރީމާއެއް ނޫން ކަމަށާއި، މިފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، އަދި މީހުންނަށާއި، މުދަލާ ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލައި، މިފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއްކަމުން، މިފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ، އަދި ހިތްވަރުދޭ ފަރާތްތަކާއިމެދު އަވަސް، އަދި ފުރިހަމަ ތަހުގީގެއް ހިންގައި، ކުށްވެރިންނަށް ހައްގު އަދަބު ލިބިދިނުން މުހިއްމު ކަމަށް ކަމާބެހޭ މުއައްސަސާތަކަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ފިރިހެނަކު، ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަަމަށެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށާއި، މި އިންޒާރާ ގުޅިގެން އިންޑިއަން ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ސޯޝަލް މީޑީއާ އާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި، އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެ ކުރަނީ ޖިނާއީ ކުށެއް ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އަދި ރާއްޖޭގައި ގާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމަކަށްވާއިރު ރާއްޖެއާއި އަވައްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފެތުރުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

މިފަދަ ކަންކަމަކީ ރާއްޖޭގައި ތިބޭ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބޭރުގެ މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއް ކަމަށްވީ ހިނދު މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ވަނީ ހުރިހާ ފަރާތްތަަކަށް ވެސް އިލްތިމާސްކޮށްފައެވެ. އަދި ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ފުލުހުން ވަނީ އަންގާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްފައިވާއިރު ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި، އިންޑިއަން ހައިކޮމިޝަންގެ ދެ އިމާރާތަށް އިތުރު ރައްކާތެރިކަމަށް އެދުމުން ސަލާމަތީ ބާރުތަކުން މިހާރު އެ ދެ އިމާރާތުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ، ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި، އެ ގައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމަށާއި ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވުރު ކިލަނބުވެ، ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުސަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސްއެމްޑީޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

23 ޑިސެމްބަރު 2025
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު