Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ޚިދުމަތް

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

މި އަހަރު ދުންފަތާއި ދެކޮޅަށް 8 އޮޕަރޭޝަން ހިންގާފައި ވެ އެވެ. އެ ފަދަ މައްސަލަތަކުގައި 15 މީހަކަށް ފިޔަވަޅު އަޅާފައިވާ އިރު ހިފަހައްޓާފައިވާ ތަކެތީގެ އަދަދު 50،616 އަށް އަރަ އެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 07:49
ވަގަށް އެތެރެކުރިކަމަށް ކަސްޓަމްސް އިން ބުނެފައިވ ސިނގިރެޓްތަކެއް

ވަގަށް އެތެރެކުރިކަމަށް ކަސްޓަމްސް އިން ބުނެފައިވ ސިނގިރެޓްތަކެއް

ޤަވާއިދާއި ޚިލާފަށް ރާއްޖެ އަށް އެތެރެކޮށްފައި ވަނިކޮށް ފުލުހުން ގެ ބެލުމުގެ ދަށަށް ގެންދިޔަ ދުންފަތުގެ ބާވަތްތަކުގެ މަގުމަތީ އަގު 7،341،961 ރުފިޔާ އަށް އަރާ ކަމަށް ފުލުހުން ބުނެފި އެވެ.

އެކަން ހާމަ ކުރެއްވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ފްރޮންޓްލައިންގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ދުންފަތާއި ދެކޮޅަށް 8 އޮޕަރޭޝަން ހިންގާފައި ވެ އެވެ. އެ ފަދަ މައްސަލަތަކުގައި 15 މީހަކަށް ފިޔަވަޅު އަޅާފައިވާ އިރު ހިފަހައްޓާފައިވާ ތަކެތީގެ އަދަދު 50،616ރ. އަށް އަރަ އެވެ. އޭގެ ތެެރޭގައި 44،000 އަށް ވުރެ ގިނަ ސިނގިރެޓްގެ ކާޓަން އަދި 4،000 އަށް ވުރެ ގިނަ ވޭޕް އަދި މި ނޫނަސް ދުންފަތުގެ އެހެނިހެން ބާވަތްތައް ހިމެނެ އެވެ. މި އޮަޕަރޭޝަންތަކުގައި ނަގުދު ފައިސާގެ ގޮތުގައި 294،240ރ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެ އެވެ.

އޭނާ ވަނީ އިތުރު ބައެއް ކުށްތަކުގެ ތަފާސް ހިސާބުތަކަށް އަލިއަޅުވާލާފަ އެވެ.

119 އަށް ދުވާލަކު އެވްރެޖްކޮށް 1500 ކޯލް އައިސްފައިވާ ކަމަށް އަބްދުﷲ ރަޝީދު ވަނީ ވިދާޅުވެފަ އެވެ. 18،827 ކޯލް އަކަށް ފުލުހުން ޑިސްޕެޗްކޮށްފައި ވާ އިރު 280،142 ފަހަރު ކުށްކުރާ ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށާއި 766 މީހުން އެކި ކުށްކުށުގައި ޖޫރިމަނާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 58،544 މީހުން ހުއްޓުވާ ސުވާލުކޮށްފައިވާ އިރު 10.627 ގަޑި އިރު ޕެޓްރޯލްކޮށްފައިވެ އެވެ. ހަމައެހެންމެ 123 މީހުން ހައްޔަރު ކޮށްފައިވާ އިރު، ހުއްޓުވައިގެން 13،445 އުޅަނދު ބަލާ ފާސްކޮށްފައި ވެ އެވެ. އަދި 2721 މީހުން ހުއްޓުވައިގެން ފާސްކޮށްފައި ވާއިރު އިމިގްރޭޝަނާއި 56 މީހަކު ހަވާލުކޮށްފައިވެ އެވެ. 

ސިނގިރޭޓް ވަގު ވިޔަފާރިމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު