Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުށްކުރުން އިތުރުވުން

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

ކުށްކުރާ ކަމަށް ބެލެވޭ "ހޮޓް ސްޕޮޓް" ތަކުން ކުރިން ފެންނަ މޫނުތައް މަދުވެފައިވާ ކަމަށާއި، މިހާރު ފެންނަނީ އައު މޫނުތަކެއް ކަމަށް. އޭގެެތެރޭގައި ގިނައީ ކުޑަކުދިން ކަމަށާއި، އެހެންކަމުން މިއީ މިހާރު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތްކަމެއް ކަމަށް ފާހަގަކުރެއްވި.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 10:07
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން: ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެއްވުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންނާމެދު ރައްޔިތުންގެ އޮތް އިތުބާރު ދެމެހެއްޓުމަށްކަމަށް

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން: ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެއްވުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންނާމެދު ރައްޔިތުންގެ އޮތް އިތުބާރު ދެމެހެއްޓުމަށްކަމަށް

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާ ކަމަށާއި ބެލެނިވެރިން އެކަމަށް ހާއްސަަ ސަމާލުކަމެއް ދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އިލްތިމާސް ކުރައްވައިފި އެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ކުށްކުރާ ކަމަށް ބެލެވޭ "ހޮޓް ސްޕޮޓް" ތަކުން ކުރިން ފެންނަ މޫނުތައް މަދުވެފައިވާ ކަމަށާއި، މިހާރު ފެންނަނީ އައު މޫނުތަކެއް ކަމަށެވެ. އޭގެެތެރޭގައި ގިނައީ ކުޑަކުދިން ކަމަށާއި، އެހެންކަމުން މިއީ މިހާރު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތްކަމެއް ކަމަށް ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

މިކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައި ކޮމިޝަނަރ ވަނީ އެފަދަ ތަންތަނުން ފެންނަ ކުޑަކުދިންގެ ކުށުގެ ރެކޯޑް ނެތުމުން ނަސޭހަތްދީ ފޮނުވާލާ ކަމަށާއި މިކަމުގައި މައިންބަފައިންނާއި އެފަދަ ކުދިންގެ ބެލެނިވެރިން ސަމާލުވެ ދަރިން ގޮސްއުޅޭ ތަންތަން ދެނެގަނެ އެކުދިިންގެ ކަންކަން ގާތުން ބެލުމަށް އިލްތިމާސްކުރެއްވި އެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ބިދޭސީންގެ މައްސަލައަށް އަލިއަޅުވާލައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ގަވާއިދާ ހިލާފަށް ގެންނަ ކޮންޓްރާބޭންޑް އެންމެ ގިނައިން ގެންގުޅެނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، އެތަކެތި ރީޓެއިލް ފިހާރަތަކަށް ޑެލިވަރ ކުރާކަމަށެވެ. އަދި ގަވާއިދުގެ ތެރޭގައި ތިބޭ ބިދޭސީން މި ކަހަލަ ކަންތައްތައް ކުރާނަމަ އެ ފަރާތްތަކުގެ ސްޕޮންސަރުން އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން، އިމިގްރޭޝަނާ އެކު ހިންގާ ޖޮއިންޓް އޮޕަރޭޝަންސްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި އާއި އަތޮޅު ތެރޭގައި ޖުމްލަ 102 އޮޕަރޭޝަން ހިންގާފައިވާއިރު، މި އޮޕަރޭޝަންތަކުގައި 800 އިލީގަލް އިމިގްރެންޓްސް އިމިގްރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށާއި، އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ޙިލާފުވެގެން 278 ފަރާތެއް ވެސް އިމިގްރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފާއިތުވި އަހަރުތަކުގައި ފުލުހުން ކޮށްފައިވާ މަސައްކަތްތަކާއި މިހާރު ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

އިސްމާޢީލް ނަވީންމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމާއި އަދުލުވެރި ކަމުގެ ރަމްޒެއް: ސީޕީ

ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމާއި އަދުލުވެރި ކަމުގެ ރަމްޒެއް: ސީޕީ

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު