Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ޚިދުމަތް

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

ކުއްލި ހާލަތްތަކުގައި ގުޅައިގެން 911 އިން ޖަވާބު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން މީގެ ކުރިން ބައެއް ފަރާތްތަކުން ފާޅު ކޮށްފައި ވެ އެވެ. ރާއްޖެއެމްވީ އިން މިކަން ބެލި ބެލުމުން ވެސް އެނގުނީ ފުލުހުން ބުނި ޓައިމް ފްރޭމްގައި ފޯނަށް އެޓެންޑް ނުވާ ކަން.  

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 13:41
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން

ފުލުހުންގެ ކޮމާންޑް ސެންޓަރުގެ ނަންބަރު 911 އަށް އަންނަ ފޯން ކޯލު ތަކަށް 2 ސިކުންތުން ނުވަތަ 5 ސިކުންތުން ފޯނު ނަގާކަމަށް ބުނެ ފުލުހުން ދޮގު ހަދައިފި އެވެ. 

އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ފުލުހުންގެ ކޮމާންޑް ސެންޓަރުގެ ނަންބަރު 911 އަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1،500 އެއްހާ ފޯން ކޯލު އަންނަ ކަމަށެވެ. 

2025 ވަނަ އަހަރު ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު އަޅުގަނޑުމެންގެ ކޮމާންޑް ސެންޓަރަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ 911 އަށް މިއަހަރު އެވްރެޖް ކޮށް ދުވާލަކު 1500 ކޯލް އާދޭ. 1500 ރައްޔިތުންގެ ކޯލް. އެ ފޯނު ކޯލަށް އަޅުގަނޑުމެން ޓޫ ޓު ފައިވް ސެކަންޑްސް ތެރޭގަ އެޓެންޑްވެފަ ހުރީ،
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު

ފުލުހުން މިހެން ބުނި ނަމަވެސް ކުއްލި ހާލަތްތަކުގައި ގުޅައިގެން 911 އިން ޖަވާބު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން މީގެ ކުރިން ބައެއް ފަރާތްތަކުން ފާޅު ކޮށްފައި ވެ އެވެ. ރާއްޖެއެމްވީ އިން މިކަން ބެލި ބެލުމުން ވެސް އެނގުނީ ފުލުހުން ބުނި ޓައިމް ފްރޭމްގައި ފޯނަށް އެޓެންޑް ނުވާ ކަމެވެ.  

ދިމާވާ ކުއްލި ހާލަތްތަކުގައި ގުޅޭނެ ނަންބަރެއްގެ ގޮތުގައި 911 ނަމްބަރު ތައާރަފްކޮށް ޚިދުމަތް ދޭން ފެށީ 2024 ނޮވެމްބަރު 14 ވަނަ ދުވަހު އެވެ.

މި ނަންބަރު ތައާރަފް ކުރުމާއި އެކު ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކަށް އެއް ނަންބަރަކުން ގުޅޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވި އެވެ. މި ނަންބަރާ އެކު މައްސަލަތައް ހައްލުކުރުން އަވަސްވެ، ޚިދުމަތް ދިނުން ވެސް އަވަސް ވެގެންދާނެ ކަމަށް އިހުސާން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ ޚިދުމަތް ފެށުމާއި އެކު އެއްފަހަރާ އެމްބިއުލާންސް، ފުލުހުން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ އިތުރުން ކޯސްޓްގާރޑް ގެ ސަމާލު ކަމަށް ކަންކަން ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް911

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު