Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިސާ ފޭރުނު މައްސަލަ

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025 | ބުދަ 14:41

މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް އެމީހާގެ ނަމުގައި މަކަރާއި ހީލަތުން 150،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން ޙަސަން އަޒުރާޙު ހައްޔަރުކޮށްފައިވާއިރު ކޯޓުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވޭ. މިމައްސަލައާ ގުޅިގެން މިހާރު ޖުމްލަ 3 މީހުން ހައްޔަރުކޮށްފައިވާއިރު ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޑިސެމްބަރު 2025 | ބުދަ 14:41
ވައިބަރ އެކައުންޓް ހެކްކޮށްގެން ފައިސާތަކެއް ފޭރުނު މައްސަލައިގައި ހައްޔަރުކުރި އަޒުރާހު

ވައިބަރ އެކައުންޓް ހެކްކޮށްގެން ފައިސާތަކެއް ފޭރުނު މައްސަލައިގައި ހައްޔަރުކުރި އަޒުރާހު

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ފައިސާތަކެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައަކާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ.ފްލެޓް ނަންބަރ 06-2-39 / މާލެ، ޙަސަން އަޒުރާޙު (39އ) އެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދާފައިވާކަމަށް 2025 ނޮވެމްބަރު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅު މައްސަލައާ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 7 ވަނަ ދުވަހު އެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މިހާއާއެކު ޖުމްލަ ތިން މީހުން މިހާރުވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލާގައި މީގެ ކުރިން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އާއި ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވައިބަރމަކަރާއި ހީލަތް ހެދުން އެންޓި ސްކޭމް ސެންޓަރމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
30 ނޮވެމްބަރު 2025

ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް

30 ނޮވެމްބަރު 2025
ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް