Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ މުޒާހަރާ

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025 | ބުރާސްފަތި 06:28

މަސްވެރިންގެ އިހުތިޖާޖު ފަށާފައިވަނީ ބުދަ ދުވަހު

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޑިސެމްބަރު 2025 | ބުރާސްފަތި 06:28
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައި | ރާއްޖެއެމްވީ

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައި ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރިއަށް ގެންދާ މި އިހުތިޖާޖު ގައި 49 ދޯންޏާއެކު ފެށީ ބުދަ ދުވަހުގެ ހެނދުނު 9:30 ގައި ހުޅުމާލެ ކަންނެލި ޖެޓީގަ އެވެ.

Advertisement - newsAdvertisement

ބޮޑު ކަންނެލި މަސްވެރިކަމުގައި ހުރި ކަންބޮޑުވުން ތަކަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ބުނެ އިހުތިޖާޖު ކުރާ މަސްވެރިން ދޯނިތަކުގައި އެއް ނަންބަރު ޖެޓީ އަށް ވަނުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް މާލޭގެ ފަޅަށް ނުވަދެވޭ ގޮތަށް ފުލުހުންނާ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ ނެރު ބަންދު ކޮށްފަ އެވެ.

އެއާއެކު އެ ދޯނިތައް ފަޅުން ބޭރުގައި މަޑުކޮށްގެން މަސްވެރިން ވަނީ ސުލްހަވެރިކަމާއެކު އަޑު އުފުލާފައިވެ އެވެ. އަދި ބުރާސްފަތި ދުވަހު ފުލުހުން ވަނީ މަސްދޯނިތަކަށް އަރައި، ވަކިވަކި މީހުން އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން މަސްދޯނި ތަކަށް އަރަން ފެށީ އެދޯނިތަކުގައި މަސައްކަތް ކުރާ ބިދޭސީން ހައްޔަރު ކުރުމުގެ ނަމުގަ އެވެ.

މިމައްސަލަ އާ ގުޅޭ ގޮތުން ފުލުހުން ބުނީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ބުރާސްފަތި ދުވަހު ފުލުހުން އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާ ކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަސްވެރިން ބުނަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވަޑައިގެން މަސްވެރިންނާއި ބައްދަލުކޮށް މަސްވެރިންގެ ޑިމާންޑް ތަކަށް ހައްލު ހޯދައިދިނު އެދޭ ކަމަށެވެ. އަަދި ބުރާސްފަތި ދުވަހު މެންދުރު 12 ގެ ކުރިން މަސްވެރިންގެ ޑިމާންޑް ތަކަށް ހައްލު ނުލިބޭ ކަމަށްވާނަމަ އެއް ނަންބަރު ޖެޓީ އަށް މަސްވެރިން ވަންނަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ ނިންމައިފަ އެވެ.

އިހުތިޖާޖުގެ މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް ކުރެ އެވެ.

އެއީ މިފްކޯ އިން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދު ހިފެހެއްޓުން އަދި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

މިކަންކަމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރިއަށް ގެންދިޔަ ރިޔާސީ ކެންޕޭންގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަމެވެ. ނަމަވެސް މިސަރުކާރުގެ މިހާތަނަށް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް އިހުތިޖާޖު ކުރާ މަސްވެރިން ދަނީ ބުނަމުންނެވެ.

އިހުތިޖާޖުމަސްދޯނިޕޮލިސް

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2026

މާލޭގެ ފަހާ ތަނަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

31 އޮކްޓޯބަރު 2026
މާލޭގެ ފަހާ ތަނަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
20 އޮކްޓޯބަރު 2026

ހަމަނުޖެހުންތަކަށް ފަހު ފަރަންސޭސިވިލާތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރަށް ކާފިއު ހިންގަން ތައްޔާރުވެއްޖެ

20 އޮކްޓޯބަރު 2026
ހަމަނުޖެހުންތަކަށް ފަހު ފަރަންސޭސިވިލާތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރަށް ކާފިއު ހިންގަން ތައްޔާރުވެއްޖެ
05 އޮކްޓޯބަރު 2026

ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

05 އޮކްޓޯބަރު 2026
ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ
30 ސެޕްޓެމްބަރު 2026

ވާޖިބު އަދާކުރަނިކޮށް މަރުވާ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ލިބޭގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި

30 ސެޕްޓެމްބަރު 2026
ވާޖިބު އަދާކުރަނިކޮށް މަރުވާ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ލިބޭގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި
24 ސެޕްޓެމްބަރު 2026

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

24 ސެޕްޓެމްބަރު 2026
ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
24 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

24 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
23 ސެޕްޓެމްބަރު 2026

ދުވާފަރު ދޯންޏަކުން ފީނަން ފޭބި ޒުވާނަކު ނިޔާވެއްޖެ

23 ސެޕްޓެމްބަރު 2026
ދުވާފަރު ދޯންޏަކުން ފީނަން ފޭބި ޒުވާނަކު ނިޔާވެއްޖެ
20 ސެޕްޓެމްބަރު 2026

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަޚަމްކޮށްލައިފި

20 ސެޕްޓެމްބަރު 2026
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަޚަމްކޮށްލައިފި
18 ސެޕްޓެމްބަރު 2026

މާލެ ސްކޭޓް ޕާކާ ދިމާ ތޮށިގަނޑުގެ ހިލަގާތަކު ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފި

18 ސެޕްޓެމްބަރު 2026
މާލެ ސްކޭޓް ޕާކާ ދިމާ ތޮށިގަނޑުގެ ހިލަގާތަކު ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފި
11 ސެޕްޓެމްބަރު 2026

ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

11 ސެޕްޓެމްބަރު 2026
ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް