Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންގެ މުޒާހަރާ

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ފުލުހުން ވަނީ މި އިހުތިޖާޖުގައި ހަރަކާތްތެރިވަމުން ދިޔަ 49 ދޯނީގެ ތެރެއިން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 3 މީހަކު ހައްޔަރުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޑިސެމްބަރު 2025 | ބުރާސްފަތި 08:49
ފުލުހުން ރާއްޖެޓީވީގެ ލައިވް ކަނޑާލަން އަންގާ އެކަން ކުރުމަށް އަމުރުކުރުމުން ލައިވް އިކްވިޕްމަންޓްތައް މޭޒުމަތީގައި ބަހައްޓާފައި

ފުލުހުން ރާއްޖެޓީވީގެ ލައިވް ކަނޑާލަން އަންގާ އެކަން ކުރުމަށް އަމުރުކުރުމުން ލައިވް އިކްވިޕްމަންޓްތައް މޭޒުމަތީގައި ބަހައްޓާފައި

ލައިވް ކުރަމުން ދިޔަ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި އެވެ.

ފުލުހުން ވަނީ މި އިހުތިޖާޖު ގައި ހަރަކާތްތެރިވަމުން ދިޔަ 49 ދޯނީގެ ތެރެއިން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އޭގެ ތެރެއިން އެއް ދޯންޏަކީ ރާއްޖެޓީގެ ނޫސްވެރިޔާ އާއި ކެމެރާމަން މި މުޒާހަރާ ލައިވް ކުރުމަށް އަރާތިބި ދޯންޏެވެ. ދޯންޏަށް އަރައި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަން އަންގާ ދޯނި ގެންދިޔައީ ދޫނިދޫ އަށެވެ.

Advertisement - newsAdvertisement

އަދި ދޯންޏަށް އެރި ފުލުހުން ވަނީ ލައިވް ކަނޑާލަން އަންގާފަ އެވެ. ނަމަވެސް ލައިވް ކަނޑާލަން އެނގީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ. ފުލުހުން ވަނީ އިތުރަށް ލައިވް ނުކުރެވޭނެ ކަމަށް ވެސް އަންގާފަ އެވެ. މިކަމާއި ގުޅިގެން ތަކުރާރުކޮށް ފުލުހުންނާއި ސުވާލު ކުރުމުން ވެސް ލައިވް މެދުކަނޑާލަން އެންގި ސަބަބެއް ބުނެ ނުދިނެވެ.

މި މުޒާހަރާގެ ތެރެއިން މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަަށް ގެނައި 2 ދޯންޏާއި ހައްޔަރުުކުރި 3 މީހުން ގެންދަނީ ދޫނިދޫ އަށެވެ.

ފުލުހުން ވަނީ ބިދޭސީން މުޒާހަރާގައި ތިބިކަމަށް ބުނެ ދޯނިތަކަށް އަރައި ދޯނިތަކުގައި ބޭނުންކުރަމުންދިޔަ ސްޕީކަރުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންރާއްޖެ ޓީވީޕޮލިސްދޫނިދޫއިހުތިޖާޖު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ހައްގުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގާނޫނާ ޚިލާފަށް މުއިއްޒު ސަރުކާރުން މަޖިލިސް މެމްބަރަކު ހައްޔަރު ކުރި މައްސަލަ އައިއެލްއޯ އަށް ހުށަހަޅައިފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ހައްގުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގާނޫނާ ޚިލާފަށް މުއިއްޒު ސަރުކާރުން މަޖިލިސް މެމްބަރަކު ހައްޔަރު ކުރި މައްސަލަ  އައިއެލްއޯ އަށް ހުށަހަޅައިފި
11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު