Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލ

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

25 މެއި 2021 | އަންގާރަ 09:39

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޖޫން 6 އަދި 7 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 މެއި 2021 | އަންގާރަ 09:39
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ ބޮޑު ޚިޔާނާތުން މަންފާވިކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓުގައި އޮޑިޓާ ޖެނެރަލް ކަމުގައި ހުންނެވި ހަސަން ޒިޔަތު ހިމެނިވަޑައިގެންފައިވާތީ އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ. ޒިޔަތު އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމުން ރައީސް އޮފީހުން ބުނީ، އެ މަގާމަށް ކުރިމަތިލާން އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޖޫން 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:

- މުސްލިމަކު ކަމުގައިވުން.

- ދިވެހި ރައްޔިތަކު ކަމުގައިވުން.

- ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައި ނުވުން.

- އުމުރުން 35 އަހަރު ވެފައިވުމާއެކު، 65 އަހަރު ވެފައިނުވާ މީހަކު ކަމުގައިވުން.

- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

- އޮޑިޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން، އެހެން އެއްވެސް މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ނުވަތަ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.

- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.

- އޮޑިޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތަޢުލީމާއި ޤާބިލުކަން ހުރި މީހަކު ކަމުގައިވުން. އެގޮތުން، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިންގ ޖަމާޢަތެއްގެ މެންބަރެއް ކަމުގައިވުމާއެކު، އެކައުންޓިންގގެ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 7 (ހަތެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

- ދައުލަތުގެ ނުވަތަ ދައުލަތް ބައިވެރިވާ ކުންފުންޏެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ހިއްސާއެއް އޮތް މީހަކު ކަމުގައި ނުވުން.

މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
21 އޮކްޓޯބަރު 2024

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

21 އޮކްޓޯބަރު 2024
2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
23 މާރިޗު 2024

ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

23 މާރިޗު 2024
ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް
24 ޑިސެމްބަރު 2023

އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ

24 ޑިސެމްބަރު 2023
އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ
21 ނޮވެމްބަރު 2023

ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ - އޮޑިޓަރ ޖެނެރަލްގެ އޮފީސް

21 ނޮވެމްބަރު 2023
ކުރިއަށް އޮތްތަނުގައި ޑަބަލް ޕެންޝަނަށް ކުރާ ޚަރަދު ބޮޑުވެގެން ދާނެ - އޮޑިޓަރ ޖެނެރަލްގެ އޮފީސް
21 ނޮވެމްބަރު 2023

2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓްތަކަކީ ހާސިލްކުރަން އުނދަނގޫ ޓާގެޓްތަކެއް- އޮޑިޓަރ ޖެނެރަލްގެ އޮފީސް

21 ނޮވެމްބަރު 2023
2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓްތަކަކީ ހާސިލްކުރަން އުނދަނގޫ ޓާގެޓްތަކެއް- އޮޑިޓަރ ޖެނެރަލްގެ އޮފީސް
23 އޮކްޓޯބަރު 2023

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

23 އޮކްޓޯބަރު 2023
އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އަންނަ އަހަރަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
23 މާރިޗު 2023

އެމްޕީއެލްގެ 2015-2017ގެ އޮޑިޓް - "ޕްރޮކިއުމެންޓް އުސޫލާއި ހިލާފުވި ބައެއް މީހުން އަދިވެސް މަޤާމުގައި"

23 މާރިޗު 2023
އެމްޕީއެލްގެ 2015-2017ގެ އޮޑިޓް - "ޕްރޮކިއުމެންޓް އުސޫލާއި ހިލާފުވި ބައެއް މީހުން އަދިވެސް މަޤާމުގައި"
26 ފެބުރުއަރީ 2023

ރަތަފަންދޫ ކައުންސިލުން ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވޭ - އޮޑިޓް

26 ފެބުރުއަރީ 2023
ރަތަފަންދޫ ކައުންސިލުން ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ގުޅޭ ކަންކަން ބަލަހައްޓާފައި ނުވޭ - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް