ފޮޓޯ ގެލަރީ

ރައީސް ސޯލިހު އާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން
ރައީސް ސޯލިހު އާއި ރައީސް ނަޝީދު ބައްދަލުކުރައްވާފައި ވަނީ 7 އޮކްޓޯބަރު 2020 ގައި އެވެ.

ރާއްޖެޓީވީ އަންދާ އަޅިއަށް ހަދާލިތާ 7 އަހަރު
ރާއްޖެޓީވީ ހިންގަމުންގެންދިޔަ އިމާރާތުގެ ތެރެއަށް މޫނު ނިވާކޮށްގެންތިބި ބަޔަކު ވަދެ، ރާއްޖެޓީވީގައި ހުޅުޖަހައި ރޯކޮށްލާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެއީ ރާއްޖެޓީވީގެ ހަޔާތުގައި ދުށް އެންމެ ކަޅު ދުވަސް އެވެ. ސްޓޭޝަންގައި އެއްކޮށް ހުޅުޖައި އަންދާލުމުން، ބްރޯޑްކާސްޓިން މެދުކެނޑުނު ނަމަވެސް، މުވައްޒިފުން ކުރި ހިތްވަރާއެކު ގިނަ އިިރުތަކެއްނުވެ، އަލުން ބްރޯކާސްޓިންގ ފެށިފައިވެއެވެ. ލިބިނު ގެއްލުން އެތަކެއް މިލިއަނަށް އެރިއިރު، 7 އަހަރުވެގެންދިޔަ އެ ހާދިސާއަށް އަދިވެސް އިންސާފު ލިބިފައެއް ނުވެ އެވެ.

ލ. އިސްދޫ އަދި ބ. ފެހެންދޫ ބަނދަރުގެ މަސައްކަތް
ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 12 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރު
2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ 5 އޮކްޓޯބަރ 2020 ގައި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެމުންދާ ޞިއްޙީ ޚިދުމަތްތަށް ހަރުދަނާކުރުމަށް މަޝްވަރާކުރުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ބުރާސްފަތި ދުވަހު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެމުންދާ ޞިއްޙީ ޚިދުމަތްތަށް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ފަރާތްތަކާއިއެކު މަޝްވަރާކުރައްވައިފަ އެވެ.

ހުކުރު މިސްކިތް މަރާމާތުކުރުމަށް ބަންދުކުރުމަށްފަހު، އަލުން ހުޅުވުން
ހުކުރު މިސްކިތް އާންމުންނަށް އަލުން ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ޖަމާއަތުން ފެށިގެންނެވެ. މިސްކިތުގައި އަލުން ނަމާދުކުރަން ފަށާފައިވާއިރު މާލޭ ހުކުުރު މިސްކިތުގައި ކުރިއެކޭ އެއްފަދައިން ހުކުރު ނަމާދު ޖަމާއަތުގައި ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން ބުނީ 2019 ވަނަ އަހަރު މިސްކިތް ބަންދު ކުރުމަށްފަހު، މިސްކިތަށް އޭރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ދިމާވެފައިވާ ކަތުރުފަނީގެ މައްސަލަ ހައްލުކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ހުޅުމާލެ ބީޗް: ހިތްހަމަ ޖެހުމާއި އުފާވެރިކަން
ހުޅުމާލެ ބީޗު ސަރަހައްދުގައި ކުރިން ކެފޭ ރެސްޓޯރަންޓުތައް ހިންގުމުގެ ސަބަބުން އެ ސަރަހައްދު އެންމެ ބޭނުންތެރި ގޮތެއްގައި ނުހިފި ގިނަ ދުވަސްތަކެއް ދިއަ އެވެ.

ރާއްޖެއާއި އިންޑިއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުން
ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 21 ސެޕްޓެމްބަރު 2020 ގައެވެ. ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އައި މި ކާގޯ ފެރީން ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު މާލެއަށް ވެސް ބަނދަރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުއްޓަށް މި ކާގޯ ފެރީ ބަނދަރުކޮށްފައިވަނީ 26 ސެޕްޓެމްބަރު 2020 ވަނަ ދުވަހު އެވެ.

ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިލިއަނަކާ ގާތަށް!
މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިހާތަނަށް މުޅި ދުނިޔެއިން 32,670,606 މިހަކު ބައްޔަށް ޕޮޒިޓިވްވެއްފައިވެއެވެ. އަދި މިހާތަނަށް 991,125 މަރުވެފައިވެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މި އަދަދުތައް ހިސާބުތަކުން ދެއްކިނަމަވެސް، އަދަދުތައް އުޅޭނީ މިއަށްވުރެ ދެ ގުނަ މަތީގަ އެވެ. ސަބަބެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރާ ކަމަކީ ޓެސްޓުކުރެވޭ މިންވަރު ދަށްވުމެވެ.

ފަގީރުކަން ނައްތާލުމަށް ކުރާ މަސައްކަތުގައި ޗައިނާއިން ބޮޑު ކުރިއެރުމެއް
ޗައިނާ ސަރުކާރުން ބުނާ ގޮތުގައި ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުގައި ދިރިއުޅޭ 800 މިލިއަނަށްވުރެ ގިނަ މީހުންނަށް ފަގީރުކަމުން، އަބުރުވެރި ދިރިއުޅުމެއް ހޯދައިދެވިފައިވެއެވެ. އެ ޤައުމުން އަންނަނީ އެކަހެރި، ފަގީރު ސަރަހައްދުތަކުގައި އުޅޭ ރައްޔިތުން، ސަރުކާރުން ބިނާ ކުރާ ސަރަހައްދުތަކަށް ބަދަލުކުރަމުންނެވެ. އަދި އެ ސަރަހައްދުތަކުން ބޯހިޔާވެހިކަންދީ، ވަޒީފަގެ ފުރުސަތުތައްވެސް ހޯދައިދެ އެވެ.
މަސް މާރުކޭޓް - މިފްކޯ އިން މަސް ގަންނަ އަގުގެ ކޮންޓްރޯލް ދޫކޮށްލައިފި
ހަތް އަހަރަށް ފަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ނިންމީ 20 ސެޕްޓެމްބަރު 2020 ގައި އެވެ.
ލޮނުޒިޔާރަތް ބަގީޗާ
އެކި ކުލަ ކުލައިގެ މާ ގަސްތަކުންނާއި ރުއްތަކުން މުޅި ޕާކު ނަލަކޮށްލާފައިވާއިރު، މި ޕާކު ހުޅުވާލާނެ ދުވަހަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެ އެވެ.
ނައިބްް ރައީސާއެކު އެޗްއީއޯސީގެ ބައްދަލުވުންތައް ކުރިއަށް
ހެލްްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތަކާއި ގުޅެ ބައްދަލުވުމަށް ކޮންމެ ދުވަހަކުވެސް ނައިބް ރައީސް ފައިސަލް ނަސީމް ވަޑައިގަންނަވަ އެވެ. އަދި ކޮވިޑ-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި، ރައްޔިތުން ރައްކާތެރިކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވަ އެވެ.
މޫސުން - އުޑުމަތި ފެންނަނީ ބަނަކޮށް، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވޭ
ހުކުރު ދުވަހުގެ ރޭގެ 08:00ން ހޮނިހިރު ދުވަހުގެ 08:00ށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، އަދި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

ހަރިކޭން ސަލީ - އެތަށް މިލިއަން ބަޔަކު ކަނު އަނދިރީގައި
ފްލޮރިޑާ އާއި އަލަބާމާއަށް ހަރިކޭން ސަލީގެ ސަބަބުން ވަރަށް ބޯކޮށް ވާރޭވެހި، ކަރަންޓް ކެނޑުން ފަދަ ކަންކަމާ ކުރިމަތިލާންޖެހިފައިވެއެވެ.

ރޭގަނޑުގެ ހަމަ ހިމޭންކަން
މާލޭ ސަރަހައްދުގައި ރޭގަނޑު 10:00ން ފެށިގެން ފަތިހު 5:00ށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެ އެވެ.

ކަސްރަތުން އުފާވެރިކަން
ކޮންމެ ދުވަހަކު ވެސް ކަސްރަތަށް ނުކުމެ އުޅޭ މީހުން އެހާ ގިނައެވެ. ދުޅަހެޔޮ ސިއްޚަތެއްގައި ތިބުމަށް އެކި އުމުރު ފުރައިގެ މީހުން މަގުތަކަށް ނުކުމެ ހިނގާ ދުވެ ހަދައެވެ.

ރާޅާ އެޅުން
މޫދު ކުޅިވަރުތަކުގެ ތެރެއިން ޒުވާނުން އެންމެ ފޯރިއާއި ޝައުގުވެރިކަމާއި އެކު ކުޅޭ އެއް ކުޅިވަރަކީ ރާޅާ އެޅުމެ އެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން
ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ބައްދަލުކުރައްވާފައިވަނީ 14 ސެޕްޓެމްބަރު 2020 ގައި އެވެ.

ޕެންޑެމިކް ތެރޭގައި ޕީޕީއެމް/ޕީއެންސީން ބޭއްވި ތިންވަނަ މުޒާހަރާ
ޕީޕީއެމް/ޕީއެންސީން މުޒާހަރާ ކޮށްފައިވާނީ 12 ސެޕްޓެމްބަރު 2020 ގައެވެ.

ބ. ކިހާދޫ ކުޑަކުދިންގެ ޕާކު ހުޅުވުން
ބ. ކިހާދޫ ކުޑަކުދިންގެ ޕާކު ހުޅުވާފައިވަނީ 11 ސެޕްޓެމްބަރު 2020 ގައި އެވެ.

ރައީސް ސޯލިހު އެޗް.އީ.އޯ.ސީއަށް ޒިޔާރަތްކުރެއްވުން
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވާފައިވަނީ 10 ސެޕްޓެމްބަރު 2020 ގައި އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބު
ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބު ބާއްވާފައިވަނީ 8 ސެޕްޓެމްބަރު 2020 ގައެވެ.

މާލޭގައި ފެން ރައްކާ ކުރާ އިތުރު 2 ތާންގީ ބެހެއްޓުމުގެ މަސައްކަތް ފެށުން
މާލޭގައި ފެން ރައްކާ ކުރާ އިތުރު 2 ތާންގީ ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ 7 ސެޕްޓެމްބަރު 2020 ގައެވެ. މި މަޝްރޫއަށް ޖުމްލަ 82 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވާއިރު، މި މަސައްކަތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 2021 ވަނަ އަހަރުގެ ނިޔަލަށެ އެވެ.

ފްރޮންޓްލައިން އެލަވަންސް އާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހުންނާ މުވައްޒަފުން ކުރި މުޒާހަރާ
ފްރޮންޓްލައިން އެލަވަންސް ނުލިބޭ ކަމަށް ބުނެ ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހުންނާ މުވައްޒަފުން އިހްތިޖާޖު ކޮށްފައިވަނީ 6 ސެޕްޓެމްބަރު 2020 ގައި އެވެ.

ބޮޑު ދިދަ ބަދަލުކުރުން
ޖުމްހޫރީ މައިދާނުގައި ނަގާފައިވާ ދިދަ ބަދަލުކޮށްފައިވަނީ 4 ސެޕްޓެމްބަރު 2020 ގައެވެ.

މާލޭގެ މަގުމަތި
މާލެ ސަރަހައްދުގައި 8:00 ން ފެށިގެން ފަތިހު 5:00 އާއި ހަމައަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.

މޫސުން - ވައި ގަދަވެ ކަނޑުތައް ގަދަވެދާނެ، ސަމާލުވޭ
ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާ ކޮށްފަ އެވެ.

ޕޮލިސް "އިންސެޕްޝަން" ދުވަހާ ގުޅިގެން ބޭއްވި ހަރަކާތްތައް
ޕޮލިސް "އިންސެޕްޝަން" ދުވަހާ ގުޅުވައިގެން ކުރިއަށް ދިއަ ހަރަކާތްތައް ބާއްވާފައިވަނީ 1 ސެޕްޓެމްބަރު 2020 ގައި ހުޅުމާލޭ ގައެވެ. އެގޮތުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒު ހުޅުވުމާއި، "މޯލްޑިވްސް ވުމެން އިން ޕޮލިސިންގ އެންޑް ޕްރޮޖެކްޓް ގާރޑިއަން" އިފްތިތާހު ކުރުމާއި، ދ. ވާނީ ޕޮލިސް އެކަޑަމީގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމުން ފާހަގަކުރުން ބާއްވާފައި ވެއެވެ.

މީރާގެ ޚިދުމަތްތައް އޮފީހުން ބޭރަށް
ކޮވިޑް19 ގެ ބަލިމަޑުކަމާއި ގުޅިގެން މީރާއިން ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ބޭރުގައި މޭޒު ޖަހައިގެންނެއެވެ