ރާޅާ އެޅުން
މޫދު ކުޅިވަރުތަކުގެ ތެރެއިން ޒުވާނުން އެންމެ ފޯރިއާއި ޝައުގުވެރިކަމާއި އެކު ކުޅޭ އެއް ކުޅިވަރަކީ ރާޅާ އެޅުމެ އެވެ.

ރާޅުގަނޑު ސަރަހައްދުގައި ޒުވާނަކު ރާޅާ އަޅަނީ - މޫދު ކުޅިވަރުތަކުގެ ތެރެއިން ޒުވާނުން އެންމެ ޝައުގުވެރިވަނީ ރާޅާ އެޅުމަށް - ފޮޓޯ: ރާއްޖެއެމްވީ

ރާޅުގަނޑު ސަރަހައްދުގައި ޒުވާނަކު ރާޅާ އަޅަނީ - ރާޅާ އަޅާ އެންމެ މަގުބޫލު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ - ފޮޓޯ: ރާއްޖެއެމްވީ

ރާޅުގަނޑު ސަރަހައްދުގައި ޒުވާނަކު ރާޅާ އަޅަނީ - ހުޅުމާލެ ބްރިޖު އެޅުމުގެ މަސައްކަތް ފެށުމުން އެ ސަރަހައްދުގައި ރާޅާ އެޅުން މަނާކުރި، އެކަމުގެ ހިތްހަމަ ނުޖެހުން އޭރު ރާޅާ އެޅުންތެރިން ފާޅުކުރި - ފޮޓޯ: ރާއްޖެއެމްވީ

ރާޅުގަނޑު ސަރަހައްދުގައި ޒުވާނަކު ރާޅާ އަޅަނީ - މޯލްޑިވް ސާފިން އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް މުބާރާތްތައް ދަނީ ބާއްވަމުން - ފޮޓޯ: ރާއްޖެއެމްވީ

ރާޅުގަނޑު ސަރަހައްދުގައި ޒުވާނަކު ރާޅާ އަޅަނީ - ސަތާރަ އަހަރަށް ފަހު ދުނިޔޭގެ ސާފިން ގޭމްސްގައި ރާއްޖެ ބައިވެރިވެފައިވަނީ 2019 ވަނަ އަހަރު - ފޮޓޯ: ރާއްޖެއެމްވީ

ރާޅުގަނޑު ސަރަހައްދުގައި ޒުވާނަކު ރާޅާ އަޅަނީ - ރާޅާ އެޅުންތެރިންގެ ހުނަރު އިތުރުކުރުމަށް އެކި އެކި މުބާރާތްތައް ބާއްވަމުންދޭ - ފޮޓޯ: ރާއްޖެއެމްވީ