މޫސުން - އުޑުމަތި ފެންނަނީ ބަނަކޮށް، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވޭ
ހުކުރު ދުވަހުގެ ރޭގެ 08:00ން ހޮނިހިރު ދުވަހުގެ 08:00ށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، އަދި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
އުޑުމަތީގައި ފުސް ވިލާ ގިނަވެފައި - ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރޭ - ފޮޓޯ: ރާއްޖެއެމްވީ
އުޑުމަތީގައި ފުސް ވިލާ ގިނަވެފައި - ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ އަށް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭ ވެހެމުންދޭ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުތަކުރުފާނު މަގު - އުޑުމަތި ފެންނަނީ ބަނަކޮށް، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
މާލެއަށް ވިއްސާރަ ވިލާ ބޯކޮށްފައި - އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރޭ - ފޮޓޯ: ރާއްޖެއެމްވީ
ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
އުޑުމަތީގައި ފުސް ވިލާ ގިނަވެފައި - ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރޭ - ފޮޓޯ: ރާއްޖެއެމްވީ