Raajje.mv

ފޮޓޯ ގެލަރީ

ކަކުލާ ހަމައަށް ފެން ބޮޑުވެ، މުޅި ކަރާޗީ ހުއްޓުމަކަށް

ކަކުލާ ހަމައަށް ފެން ބޮޑުވެ، މުޅި ކަރާޗީ ހުއްޓުމަކަށް

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީގައި ފެންބޮޑުވެފައިވާއިރު، ބައެއް ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުން، އަދި މިވަގުތު މަގުތަކުގައިވެސް ވަނީ ފެންބޮޑުވެ ކޯރުހެދިފައެވެ.

26 އޯގަސްޓު 2020
އެއްގަމު އުޅަނދު ދުއްވުން ރޭގަނޑު 8:00ން ފަތިހު 5:00ށް މަނާ ކުރުން - ފޮޓޯއިން މާލޭގެ މަގުމަތި

އެއްގަމު އުޅަނދު ދުއްވުން ރޭގަނޑު 8:00ން ފަތިހު 5:00ށް މަނާ ކުރުން - ފޮޓޯއިން މާލޭގެ މަގުމަތި

އާދީއްތަ ދުވަހުގެ ރޭގެ 8:00ން ފެށިގެން ފަތިހު 5:00އާ ހަމައަށް ކޮންމެ ރެއަކު ވެސް އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އިއުލާން ކޮށްފައިވަނީ 22 އޮގަސްޓު 2020 ގައެވެ.

23 އޯގަސްޓު 2020
ކ. ގުރައިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން

ކ. ގުރައިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން

ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 23 އޮގަސްޓު 2020 ގައި އެވެ.

23 އޯގަސްޓު 2020
އުދައިގެ އަސަރު މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގަށް

އުދައިގެ އަސަރު މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގަށް

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. މާލެއަށް 20 އޮގަސްޓު 2020 ގައި އުދަ އަރާފައިވާއިރު، މަޖީދީމަގާއި ބޮޑުތަކުރުފާނު މަގަށްވަނީ އުދައިގެ އަސަރުކޮށްފައެވެ.

20 އޯގަސްޓު 2020
މާލެ ވަށާ ބުރުޖެހޭ ގޮތަށް ރަސްފަންނު ސަރަހައްދު ހުޅުވާލުން

މާލެ ވަށާ ބުރުޖެހޭ ގޮތަށް ރަސްފަންނު ސަރަހައްދު ހުޅުވާލުން

ވެހިކަލްތަކަށް ފަސޭހައިން ދުއްވޭނޭހެން ގައު އެތުރުމަށްފަހު ރަސްފަންނު ސަރަހައްދު އަލުން ހުޅުވާފައިވަނީ 20 އޮގަސްޓު 2020 ގައި އެވެ.

20 އޯގަސްޓު 2020
ރައީސް ނަޝީދު ލިޔުއްވި ދެ ރަދުން ފޮތް ނެރުއްވުން

ރައީސް ނަޝީދު ލިޔުއްވި ދެ ރަދުން ފޮތް ނެރުއްވުން

ރައީސް ނަޝީދު ލިޔުއްވި "ދެ ރަދުން" ފޮތް ނެރުއްވީ 19 އޮގަސްޓު 2020 ގައި އެވެ.

19 އޯގަސްޓު 2020
ސްވިމިންގ ޓްރެކްގެ މަސައްކަތް

ސްވިމިންގ ޓްރެކްގެ މަސައްކަތް

މާލޭ ސްވިމިންގ ޓްރެކްގެ މަސައްކަތް ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ.

18 އޯގަސްޓު 2020
ހޯރަފުށީ އެއަރޕޯޓް ފެހިކުރުމަށް ހިންގާ ޕްރޮގްރާމުގައި އެމްއެންޑީއެފުން ބައިވެރިވުން

ހޯރަފުށީ އެއަރޕޯޓް ފެހިކުރުމަށް ހިންގާ ޕްރޮގްރާމުގައި އެމްއެންޑީއެފުން ބައިވެރިވުން

ހޯރަފުށީ އެއަރޕޯޓުގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގުރާމު ފަށާފައިވަނީ 7 ޖެނުއަރީ 2020 ގައެވެ. "ހޯރަފުށި އެއަރޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ހަރަކާތަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެ އެވެ.

16 އޯގަސްޓު 2020
ބޭރޫތުގެ ބަނދަރުގައި ހިނގި ބާރުގަދަ ގޮވުމަށް ފަހު އެ ބަނދަރު އަލުން ހުޅުވާލުން

ބޭރޫތުގެ ބަނދަރުގައި ހިނގި ބާރުގަދަ ގޮވުމަށް ފަހު އެ ބަނދަރު އަލުން ހުޅުވާލުން

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުގައި ހުރި ގޮވާ ޒާތުގެ ތަކެތީގައި ހުޅުހިފައި ހިނގި ގޮވުމުގެ ހާދިސާއާއި ގުޅިގެން އެ ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހަފުތާއެއްހާ ދުވަސް ފަހުން ބަނދަރު އަލުން ހުޅުވިގެން އައިއިރު އެ ސަރަހައްދު އަލުން އާރާސްތުކުރަން ބިލިއަނުން ޑޮލަރު ހޭދަވާނެ ކަމަށް ވަނީ ބެލެވިފައި.

12 އޯގަސްޓު 2020
މަހިންދަ ރާޖަޕަކްސަ، ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުން

މަހިންދަ ރާޖަޕަކްސަ، ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުން

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެޤައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ 9 އޮގަސްޓު 2020 ގައި އެވެ. ސްރީލަންކާގެ އާއްމު އިންތިޚާބު ބާއްވާފައިވަނީ 5 އޮގަސްޓު 2020 ގައި އެވެ.

09 އޯގަސްޓު 2020
އެއަރ އިންޑިޔާގެ ފްލައިޓެއް ވެއްޓުން

އެއަރ އިންޑިޔާގެ ފްލައިޓެއް ވެއްޓުން

ދުބާއީން ފުރައިގެން ކަލިކަޓަށް ދަތުރުކުރަމުންދިޔަ އެއަރ އިންޑިޔާގެ ބޯޓެއް ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި އޭގައި ތިބި މީހުންގެ ތެރެއިން 3 މީހުން ވަނީ މަރުވެފަ އެވެ.

08 އޯގަސްޓު 2020
ޖޭއެސްސީގެ މެމްބަރުކަމަށް އުއްމުކުލްޘޫމް އައްޔަންކުރެއްވުން

ޖޭއެސްސީގެ މެމްބަރުކަމަށް އުއްމުކުލްޘޫމް އައްޔަންކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، އައްޑުއަތޮޅު މަރަދޫ، މޫންލައިޓްހައުސް، އާމިނަތު އުއްމުކުލްޘޫމް އައްޔަންކުރައްވާފައިވަނީ ބުރާސްފަތި ދުވަހު އެވެ.

07 އޯގަސްޓު 2020
ޓޫރިޒަމް މިނިސްޓަރުކަމަށް ޑރ. މައުސޫމް އައްޔަންކުރެއްވުން

ޓޫރިޒަމް މިނިސްޓަރުކަމަށް ޑރ. މައުސޫމް އައްޔަންކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޓުއަރިޒަމްގެ މަޤާމަށް ޑރ. ޢަބްދުﷲ މަޢުޞޫމް ވަނީ ޢައްޔަން ކުރައްވައިފަ އެވެ. ޑރ. ޢަބްދުﷲ މަޢުޞޫމް މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑރ އަބްދުﷲ މައުސޫމް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައެވެ.

07 އޯގަސްޓު 2020
ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާ

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާ

ބެއިރޫތުގެ ޕޯޓުގައި ބާރުގަދަ ގޮވުމެއް ގޮވާފައިވަނީ 4 އޮގަސްޓު 2020 ގައި އެވެ.

06 އޯގަސްޓު 2020
އެސްޓީއޯ ކާޑު ގުދަން

އެސްޓީއޯ ކާޑު ގުދަން

ކެއުމަށް ބޭނުންކުރާ ކާޑުގެ ބާވަތްތަކަށް ދަތިނުވާނެގޮތަށް، ކާޑު ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ކޮންމެ ދުވަހަކުވެސް ހާއްސަ މަސައްކަތްތަކެއް ކުރާއިރު، އެކަން ކުރަނީ ވަރަށް ތަރުތީބު އުސޫލެއްގެ ދަށުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް މާލޭގެ ފިހާރަތަކަށް އެތަށް ހާސް އޯޑަރަކަށް ކާޑު ޑެލިވަރކޮށްދޭއިރު، އަތޮޅުތެރޭގެ އެތަކެއް ހާއްސަ އޯޑަރަކަށްވެސް އެސްޓީއޯއިން ކޮންމެ ދުވަހަކުވެސް ކާޑުގެ ބާވަތައް ފޯރުކޮށްދެ އެވެ.

04 އޯގަސްޓު 2020
މުސާރާ ނުދޭ ކަމަށް ބުނެ މާލޭގައި ބިދޭސީން ކުރި މުޒާހަރާ

މުސާރާ ނުދޭ ކަމަށް ބުނެ މާލޭގައި ބިދޭސީން ކުރި މުޒާހަރާ

މިއީ ގިޔާސުއްދީން އިންޓަނޭޝަނަލް ކުރިމަތީގައި ބިދޭސީން 3 އޮގަސްޓު 2020 ވަނަ ދުވަހު ކުރި މުޒާހަރާ އެވެ.

03 އޯގަސްޓު 2020
މާލެގެ އެކި ސަރަހައްދުތައް - މާސްކް އެޅުން މަޖުބޫރުކުރުން

މާލެގެ އެކި ސަރަހައްދުތައް - މާސްކް އެޅުން މަޖުބޫރުކުރުން

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއްދީ، ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލުކުރަން ފަށާފައިވާއިރު، ކޭސްތައް ރިޕޯޓުކުރާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އެޔާއެކު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.

03 އޯގަސްޓު 2020
2020 ވަނަ އަހަރުގެ އަޟްހާ ޢީދު ނަމާދު

2020 ވަނަ އަހަރުގެ އަޟްހާ ޢީދު ނަމާދު

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނު އަލްއައުޡަމުގައި ކުރެވުނު އަޟްޙާ ޢީދު ނަމާދުގެ ތެރެއިން

31 ޖުލައި 2020
ހައްޖުގެ އަޅުކަން ބަލިމަޑުކަމެއް ނެތި ނިންމާލައިފި

ހައްޖުގެ އަޅުކަން ބަލިމަޑުކަމެއް ނެތި ނިންމާލައިފި

ހައްޖު 1441؛ މިއަހަރުގެ ހައްޖަށް ބޭރުން ސައުދީއަށް އައުމުގެ ފުރުސަތު ދީފައި ނުވިނަމަވެސް އެގައުމުގައި ތިބި އެހެން ގައުމުތަކުގެ މީހުންނާއި ސައުދީން ހުއްދަ ދިން ސައުދީގެ މީހުންނާއެކު 10،000 މީހުންނަށް ވަނީ ހައްޖުވުމުގެ ފުރުސަތު ދީފައެވެ. މި އަހަރުގެ ހައްޖަކީ ފަހުގެ ތާރީހެއްގައި އެންމެ މަދުން މީހުން ހައްޖުވި އަހަރެވެ. އަދި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއެކު ހައްޖުގެ އަޅުކަން ބާއްވާފައިވާ އިރު، ހައްޖުގެ އަޅުކަމުގެ ތެރޭގައި އެއްވެސް މީހަކު ޕޮޒިޓިވް ނުވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.

31 ޖުލައި 2020
ހައްޖު 1441 - އަރަފާތު ދުވަސް

ހައްޖު 1441 - އަރަފާތު ދުވަސް

ހައްޖު 1441 - ހައްޖުގެ އަޅުކަމުގައި މިއަދަކީ އެންމެ މުހިންމު ދުވަސް ކަމުގައިވާ އަރަފާތު ދުވަހެ އެވެ. ހައްޖުގެ އަޅުކަން ފެށުމުގެ ގޮތުން ސައުދީ ސަރުކާރުން މިއަހަރު ހޮވީ ދިހަހާހެއްހާ މީހުންނެ އެވެ

30 ޖުލައި 2020
ހައްޖު 1441 - މަސްޖިދުލް ހަރާމުގައި ހައްޖާޖީންގެ ފުރަތަމަ ދުވަސް

ހައްޖު 1441 - މަސްޖިދުލް ހަރާމުގައި ހައްޖާޖީންގެ ފުރަތަމަ ދުވަސް

ހައްޖު 1441 - ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން 2020 ވަނަ އަހަރުު ހައްޖުވުމުގެ ފުރުސަތު ދިނީ ޚާއްސަ ޝަރުތު ތަކެއްގެ މަތިން ހޮވުނު އެކި ގައުމުތަކަށް ނިސްބަތްވާ ސައުދީގައި ދިރިއުޅޭ މީހުންނަށް އެކަންޏެއެވެ.

29 ޖުލައި 2020
1953 ވަނަ އަހަރުގެ ޙައްޖު

1953 ވަނަ އަހަރުގެ ޙައްޖު

މިއުއްމަތަށް މާތްﷲ ޙައްޖު ފަރުޟު ކުރެއްވުމުން އެންމެ ފުރަތަމަ މުސްލިމުން ރަސްމީ ގޮތެއްގައި ޙައްޖުވީ ހިޖުރައިން ނުވަވަނަ އަހަރުއެވެ. 1441 ވަނަ އަހަރުގެ ޙައްޖު ދުވަހަކީ 30 ޖުލައި 2020 އެވެ.

28 ޖުލައި 2020
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު

26 ޖޫން 1965ގައި، އިނގިރޭސީންގެ އަތުން، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވިީ، ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، އިބްރާހިމް ނާސިރު އެވެ. 2020 ވަނަ އަހަރު މިފާހަގަކުރަނީ ރާއްޖޭގެ މިނިވަންކަމަށް 55 އަހަރުފުރި، 56 ވަނަ މިނިވަން ދުވަހެ އެވެ.

26 ޖުލައި 2020
މާޒީވި ދިވެހި ތަޚުތު ފަޅުފިލުވައި ދެއްވި، ރަހުންނާއި ރަނީންގެ ޒިޔާރަތްތައް

މާޒީވި ދިވެހި ތަޚުތު ފަޅުފިލުވައި ދެއްވި، ރަހުންނާއި ރަނީންގެ ޒިޔާރަތްތައް

ކޮންމެ ލީޑަރެއްގެ ހިމޭން މަޤުބަރާއިން، ފެންނާން އޮތީ، މިނިވަންކަމަށް، ދިވެހީން ވެފައިވި، ގުރުބާނީތަކުގެ އެތައް ސަފުޙާ ތަކެކެއެވެ.

25 ޖުލައި 2020
ނީލަން ފިހާރަ މަގު ހުސްކުރުން

ނީލަން ފިހާރަ މަގު ހުސްކުރުން

ނީލަން މުދާ ބަހައްޓައިގެން ވިއްކަމުންދާ ފަޅުމަތީ މަގު (ނީލަން ފިހާރަ މަގު)، ކޮވިޑް-19އާ ގުޅިގެން ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.

23 ޖުލައި 2020
މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއި ދިނުމަށްފަހު

މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއި ދިނުމަށްފަހު

ކޮވިޑް-19ގެ ސަބަބުން މާލެސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދީފައިވާއިރު އާންމުން މަގުމަތީގައި ހަރަކާތްތެރިވާ މިންވަރު ނިސްބަތުން ގިނަކަން ފާހަގަކޮށްލެވެއެވެ.

21 ޖުލައި 2020
ޖުމްހޫރީ މައިދާން

ޖުމްހޫރީ މައިދާން

ޖުމްހޫރީ މައިދާން - ކޮތަރު ފަހަތުން ކުޑަކުދިން ދުވުން

21 ޖުލައި 2020
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ - މާލެ

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ - މާލެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އާދިއްތަ މާލެއަށް ކުރި ވިއްސާރާގަައި މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

20 ޖުލައި 2020
ގަވާއިދާ ހިލާފަށް އުޅޭ ބިދޭޭސީންް ފޮނުވާލުމުގެ ޕްރޮގްރާމް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭޭސީންް ފޮނުވާލުމުގެ ޕްރޮގްރާމް

ސަރުކާރުން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އަމިއްލައަށް އެދިގެން އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީން ފޮނުވާލުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މިހާތަނަށް 3000ށް ވުރެ ގިނަ ބިދޭސީން ވަނީ މި ޕްރޮގްރާމުގެ ދަށުން އަނބުރާ ގައުމަށް ފޮނުވާލާފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމެވެ.

19 ޖުލައި 2020
ފޮޓޯ: 4 މަހުގެ މެދުކެނޑުމަކަށްފަހު އިއްތިހާދުގެ ފުރަތަމަ ފްލައިޓް ވެލާނާ އެއާޕޯޓަށް!

ފޮޓޯ: 4 މަހުގެ މެދުކެނޑުމަކަށްފަހު އިއްތިހާދުގެ ފުރަތަމަ ފްލައިޓް ވެލާނާ އެއާޕޯޓަށް!

ހަތަރު މަހުގެ މެދުކެނޑުމަކަށް ފަހު އިއްތިހާދުގެ ފުރަތަމަ ކޮމަރޝަލް ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޖައްސައިފައެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލާފައިވާއިރު، ހޮނިހިރު ދުވަހު ވަނީ އިއްތިހާދުގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައެވެ. އެކަމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ކުރި ޓްވީޓެއްގައި ވަނީ އިއްތިޙާދުގެ ފްލައިޓުތަކަށް މަރުޙަބާ ކިޔާ ކަމަށް ބުނެފައެވެ.

19 ޖުލައި 2020
49 / 108