ފޮޓޯ އިން ޚަބަރު
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 02:36
-
4874
ފަގީރުކަން ނައްތާލުމަށް ކުރާ މަސައްކަތުގައި ޗައިނާއިން ބޮޑު ކުރިއެރުމެއް
ޗައިނާ ސަރުކާރުން ބުނާ ގޮތުގައި ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުގައި ދިރިއުޅޭ 800 މިލިއަނަށްވުރެ ގިނަ މީހުންނަށް ފަގީރުކަމުން، އަބުރުވެރި ދިރިއުޅުމެއް ހޯދައިދެވިފައިވެއެވެ. އެ ޤައުމުން އަންނަނީ އެކަހެރި، ފަގީރު ސަރަހައްދުތަކުގައި އުޅޭ ރައްޔިތުން، ސަރުކާރުން ބިނާ ކުރާ ސަރަހައްދުތަކަށް ބަދަލުކުރަމުންނެވެ. އަދި އެ ސަރަހައްދުތަކުން ބޯހިޔާވެހިކަންދީ، ވަޒީފަގެ ފުރުސަތުތައްވެސް ހޯދައިދެ އެވެ.
ސަރުކާރުން އާބާދުކުރާ ސަރަހައްދަށް ބަދަލުވާ ރައްޔިތުންނަށް، ކުއްލި ބަދަލާއި، ހަލަބޮލި މާހައުލާއި ގުޅިގެން އުނދަގޫތައް ކުރިމަތިވާކަމަށް ބުނެފައިވޭ -- ފޮޓޯ: އީޕީއޭ
ޗައިނާގެ ދަނޑެއްގައި ދަނޑުވެރިންތަކެއް މަސައްކަތް ކުރަނީ - ޗައިނާ ސަރުކާރުން ބުނެފައިވަނީ މަޖުބޫރުން އެއްވެސް ރައްޔިތަކު އެހެން ސަރަހައްދަކަށް ބަދަލުނުކުރާކަމަށް -- ފޮޓޯ: އީޕީއޭ
ޗައިނާގެ ދަނޑެއްގައި ދަނޑުވެރިންތަކެއް މަސައްކަތް ކުރަނީ - ސަރުކާރުން އާބާދުކުރާ ސަރަހައްދާ ކައިރިން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރޭ -- ފޮޓޯ: އީޕީއޭ
ފަގީރު ސަރަހައްދުތަކުން އަލަށް އާބާދުކުރާ ސަރަހައްދަށް ބަދަލުވި އާއިލާތަކުގެ ކުދިން ސުކޫލްގައި - ސަރުކާރުން އާބާދުކުރާ ސަރަހައްދަށް ބަދަލުވާ ރައްޔިތުންގެ ކަންބޮޑުވުމަކީ އެ މީހުންގެ ސަގާފަތާއި، ބަސް ނެތި ހިނގައިދާނެތީ. ސަރުކާރުން އާބާދުކުރާ ސަރަހައްދުތަކުގައި ކިޔައިވައިދެނީ ސަރުކާރުގައި މައި ބަހުރުވައިން އެކަނި -- ފޮޓޯ: އީޕީއޭ
ޗައިނާ ސަރުކާރުން ފަގީރުން އާބާދުކުރާ ސަރަހައްދެއްގެ ފްލެޓް އިމާރަތްތަކެއް - ޗައިނާ ސަރުކާރުގެ އަމާޒަކީ މިއަހަރުގައި 30 މިލިއަން ރައްޔިތުންގެ ފަގީރުކަން ނައްތާލުން -- ފޮޓޯ: އީޕީއޭ
ޗައިނާގެ ފަގީރު ސަރަހައްދެއްގައި ދިރިއުޅުނު ރައްޔިތުންތަކެއް ސަރުކާރުން އަލަށް އާބާދުކޮށްފައިވާ ސަރަހައްދެއް މަތުމަތީގައި މަޑުކޮށްލައިގެން - އެ ޤައުމުގެ ސަރުކާރުން ބުނާ ގޮތުގައި ނިމުނު 5 އަހަރު ދުވަހުގެ ތެރޭގައި، ފަގީރުކަން ނައްތާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުުގެ ސަބަބުން 70 މިލިއަން މީހުންނަށް ފައިދާ ލިބިފައިވޭ -- ފޮޓޯ: އީޕީއޭ