ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން
ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ބައްދަލުކުރައްވާފައިވަނީ 14 ސެޕްޓެމްބަރު 2020 ގައި އެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން - މި ބައްދަލުވުމުގައި ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވޭ - ފޮޓޯ: ރައީސް އޮފީސް

ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން - ސިވިލް ސަރވިސް ކޮމިޝަނުގެ އައު މެންބަރުންނާއި ބައްދަލުކުރައްވާފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު - ފޮޓޯ: ރައީސް އޮފީސް

ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން - ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަ ކުރެއްވި - ފޮޓޯ: ރައީސް އޮފީސް

ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން - މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ބާކީނުވާނެގޮތަށް ސިވިލް ސަރވިސް ތެރޭން ކަންކަން ބައްޓަން ކޮށްދެއްވުމަށާއި އެފަދަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެދިވަޑައިގެންފައި - ފޮޓޯ: ރައީސް އޮފީސް

ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން - ސިވިލް ސަރވިސްގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އެ ކޮމިޝަނުގެ މެންބަރުންގެ ޚިޔާލު ވަނީ މި ބައްދަލުވުމުގައި ނައިބު ރައީސަށް ހުށަހަޅާފައި

ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން - ޙައްލު ހޯދަންޖެހޭ ކަންކަމަށް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ޙައްލު ހޯއްދަވައި މުޅި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް