ޕޮލިސް "އިންސެޕްޝަން" ދުވަހާ ގުޅިގެން ބޭއްވި ހަރަކާތްތައް

1 ސެޕްޓެންބަރ 2020 | އަންގާރަ 21:26
-
39425
ޕޮލިސް "އިންސެޕްޝަން" ދުވަހާ ގުޅުވައިގެން ކުރިއަށް ދިއަ ހަރަކާތްތައް ބާއްވާފައިވަނީ 1 ސެޕްޓެމްބަރު 2020 ގައި ހުޅުމާލޭ ގައެވެ. އެގޮތުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒު ހުޅުވުމާއި، "މޯލްޑިވްސް ވުމެން އިން ޕޮލިސިންގ އެންޑް ޕްރޮޖެކްޓް ގާރޑިއަން" އިފްތިތާހު ކުރުމާއި، ދ. ވާނީ ޕޮލިސް އެކަޑަމީގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމުން ފާހަގަކުރުން ބާއްވާފައި ވެއެވެ.
ދ. ވާނީ ޕޮލިސް އެކަޑަމީގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހީދާއި، ހޯމްމިނިސްޓަރ އިމްރާން އަބްދުﷲ އާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި އަދި ފުލުހުންގެ ބައެއް އޮފިސަރުން - ފޮޓޯ: ޕޮލިސް
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސީޕީ ހަމީދު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޕޮލިސް
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދުގެ އިތުރުން ފުލުހުންގެ ބައެއް އިސްވެރިން - ފޮޓޯ: ޕޮލިސް
ހުޅުމާލޭގައި ގާއިމު ކުރި ފުލުހުންގެ މަރުކަޒު އަންގާރަ ދުވަހު ރަސްމީކޮށް ހުޅުއްވައި ދެއްވުމުގެ ގޮތުން ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދިދަ ނަންގަވަނީ - ސަރުކާރުން ފުލުހުންނާ ދޭތެރޭ ވަރަށް މަތީ އުންމީދުތަކެއް ކުރަމުން އަންނަ ކަމަށާއި ފުލުހުންގެ ހިދުމަތްތައް ފުރިހަމަކޮށް ފުލުހުންނަށް ގާއިމުކޮށް ދޭންޖެހޭ ވަސީލަތްތައް ގާއިމުކޮށް ދިނުމަކީ މުހިންމު ޒިންމާއެއް ކަމުގައި ދެކިލައްވާ ކަމަށް ހޯމްމިނިސްޓަރ ޝެއިޚް އިމްރާން ވަނީ ވިދާޅުވެފައި - ފޮޓޯ: ޕޮލިސް
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕޮލިސް
"މޯލްޑިވްސް ވުމެން އިން ޕޮލިސިންގ އެންޑް ޕްރޮޖެކްޓް ގާރޑިއަން" އިފްތިތާހު ކުރުމުގެ ޖަލްސާގައި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވާހަކަފުޅު ދައްކަވަނީ - މި ރަސްމިއްޔާތު ބާއްވާފައިވަނީ އަންގާރަ ދުވަހު - ފޮޓޯ: ޕޮލިސް
"މޯލްޑިވްސް ވުމެން އިން ޕޮލިސިންގ އެންޑް ޕްރޮޖެކްޓް ގާރޑިއަން" އިފްތިތާހު ކުރުމުގެ ޖަލްސާގެ ތެރެއިން - ފަޒްނާ ވަނީ ފުލުހުންގެ އިންޓެލިޖެންސް އާއި، ފޮރެންސިކްސް އާއި، ޓެރަރިޒަމްގެ މައްސަލަތައް ބެލުމާއި، އެފަދަ އެކި ޑިވިޜަންތަކުން ކުރިއެރުމަށް އަންހެން ފުލުހުންނަށްވެސް މިހާރަށްވުރެ ބޮޑަށް ހިތްވަރުދީ ތަމްރީނު ދިނުމަށް ގޮވާލައްވާފައި - ފޮޓޯ: ޕޮލިސް