ފޮޓޯ އިން ޚަބަރު
26 ސެޕްޓެންބަރ 2020 | ހޮނިހިރު 01:58
-
4738
ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިލިއަނަކާ ގާތަށް!
މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިހާތަނަށް މުޅި ދުނިޔެއިން 32,670,606 މިހަކު ބައްޔަށް ޕޮޒިޓިވްވެއްފައިވެއެވެ. އަދި މިހާތަނަށް 991,125 މަރުވެފައިވެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މި އަދަދުތައް ހިސާބުތަކުން ދެއްކިނަމަވެސް، އަދަދުތައް އުޅޭނީ މިއަށްވުރެ ދެ ގުނަ މަތީގަ އެވެ. ސަބަބެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރާ ކަމަކީ ޓެސްޓުކުރެވޭ މިންވަރު ދަށްވުމެވެ.
މެކްސިކޯގައި ކޮވިޑް-19 ގައި މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުލުމަށް ތައްޔާރުކުރެވުނު ގަބުރުސްތާނެއްގެ މަތިން ނަގާފައިވާ މަންޒަރެއް - މި ގަބުރުސްތާނަކީ ކޮވިޑް-19 ފެތުރެން ފެށި ދުވަސްވަރު ތައްޔާާރުކުރެވުނު ގަބުރުސްތާނެއް. ނަމަވެސް މިހާރު މި ގަބުރުސްތާނު ފުރުމަކާއި ގާތަށް ވަނީ ގޮސްފައި. މިހާތަނަށް 75000 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައި. (ސެޕްޓެމްބަރ 22، 2020) -- ފޮޓޯ: އޭޕީ
ކޮވިޑް-19 ގައި މަރުވި ފިރިމީހާގައި ބައްދާލައިގެން އޮތް އަންހެނެއް - މި ބަލީގައި މިހާތަނަށް އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުން. (ޖުލައި 31، 2020) -- ފޮޓޯ: އޭޕީ
އންޑޮނޭޝިއާގެ ޖަކާޓާގައި، ލޯބިވެރިޔާ މަރުވުމުގެ ސަބަބުން އަންހެނަކު ރޮނީ - ކޮވިޑް-19ގެ ސަބަބުން ލޯބުވެރިޔާގެ ޖަނާޒާ ކުރިއަށް ގެންގޮސްފަިއވަނީ އޮންލައިންކޮށް. ދެ ލޯބުވެރިންނަށް ކައިވެނނި ނުކުރެވުނީވެސް ކޮވިޑް-19ގެ ސަބަބުން. (ޖޫން 5، 2020) -- ފޮޓޯ: އޭޕީ
އިރާގްގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގައި ހަރަކާތްތެރިވާ މީހުން ވަރުބަލިވެ، އަރާމުކޮށްލުމަށް ޖައްސާލައިގެން. - ބަލީގައި މަރުވާ މީހުންގެ ހަށިގަނޑުތަކާއިމެދު އެކި ޤައުމުތަކުން އަމަލުކުރަމުން އަންނަނީ އެކިގޮތްގޮތަށް. (ޖުލައި 19، 2020) -- ފޮޓޯ: އޭޕީ
ކޮވިޑްގައި މަރުވި މީހެއްގެ ހަށިގަނޑު ބޭލުމުގައި ބަޔަކު ހަރަކާތްތެރިވަނީ. - މިހާތަނަށް އައިއިރު އެންމެ ގިނަ މީހުން ބަލީގައި މަރުވެފައިވަނީ އެމެރިކާގައި. (ޖުލައި 22، 2020) -- ފޮޓޯ: އޭޕީ
އިރާނުގެ ވެރިރަށް ތެހެރާންގައި، ކޮވިޑް-19 އާއި ގުޅިގެން ސެލްފް އައިސޮލޭޝަންގައި ހުރި މީހަކު މިއުޒިކް ކުޅެނީ - ކޮވިޑް-19 ގެ ސަބަބުން އާއިލާތަކާއި ދުރުގައި އެކަނި އެތަށް ދުވަސްތަކެއް ހޭދަކުރަންޖެހިފައިވޭ. އެކަމުގެ ސަބަބުން ނަފްސާނީ އެކި މައްސަލަތަކާއި ކުރިމަތިލާންޖެހޭ. (އޭޕްރީލް 5، 2020) -- ފޮޓޯ: އޭޕީ
އުމުރުން 25 އަހަރުގެ ނަރުހެއް، އިޓަލީ ހޮސްޕިޓަލެއްގައި މަސައްކަތް ކުރުމަށްފަހު، ފޭސް މާސްކް ނަގައިގެން - މެދުކެނޑުމެެއް ނެތި ގިނަ ގަޑިއިރުތަކެއްގައި ނަރުހުން ފޭސް މާސްކާއެކުގައި މަސައްކަތް ކުރަންޖެހުމުން، މޫނު މަތީގައި އެކަން ފާހަގަވާން ހުރޭ. (މާރިޗު 27، 2020) -- ފޮޓޯ: އޭޕީ