ހަރިކޭން ސަލީ - އެތަށް މިލިއަން ބަޔަކު ކަނު އަނދިރީގައި
ފްލޮރިޑާ އާއި އަލަބާމާއަށް ހަރިކޭން ސަލީގެ ސަބަބުން ވަރަށް ބޯކޮށް ވާރޭވެހި، ކަރަންޓް ކެނޑުން ފަދަ ކަންކަމާ ކުރިމަތިލާންޖެހިފައިވެއެވެ.

ހަރިކޭން ސަލީގެ ސަބަބުން ވަރަށް ބޯކޮށް ވާރޭވެހި، ކާރާއ ސައިކަލުތައް ފެނު އަޑީގައި - މި ތޫފާނުގެ ސަބަބުން އަލަބާމާ އަދި ފްލޮރިޑާއަށް ދަނީ ގިނަ ގެއްލުންތަކެއް އަންނަނީ ލިބެމުން -- ފޮޓޯ: އޭޕީ

ހަރިކޭން ސަލީގެ ސަބަބުން ވަރަށް ބޯކޮށް ވާރޭވެހި، މަގުތައްމަތީގައި ފެންބޮޑުވެފައި - އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާތަކުން ބުނީ މި ތޫފާނުގެ ސަބަބުން އިތުރު ގެއްލުންތައް ލިބޭނެ ކަމަށް ބެލެވޭ ކަމަށް -- ފޮޓޯ: ވޮޝިންގޓަން ޕޯސްޓް

ތޫފާނުގައި ބޯކޮށް ވާރޭވެހި، އަލަބާމާގެ ގެޔެއް ވަށައި، ފެންގަނޑު ބޮޑުވެފައި - ސަލީ އަކީ އެޓްލާންޓިކް އޯޝަންގައި މި އަހަރު އުފެދުނު ވަރުގަދަ ތޫފާންތަކުގެ ތެރެއިން އެއް ތޫފާން -- ފޮޓޯ: ރޮއިޓަރސް

ވައިގަދަވެ ކުރި ވިއްސާރާއިގައި ގެޔެއް ހަލާކުވެފައި -- ފޮޓޯ: އޭޕީ

ހަރިކޭންގެ ބާރު މިހާރު ކެނޑިފައި ވިޔަސް، ބޯކޮށް ވާރޭވެހުން ކުރިއަށް ދާނެ ކަމަށް، މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނެ -- ފޮޓޯ: އޭއެފްޕީ

މުނިސިޕަލް ވެހިކަލްއެއް ފެނުގެ ތެރޭގައި ދުއްވާފައިދަނީ -- ފޮޓޯ: އޭއެފްޕީ

ފެންބޮޑުވުމާ މަގުތަށް ހަލާކު ވުމުގެ ސަބަބުން އަލަބާމާގައި ހިނގާ ބިނގާވެ އުޅުމަށާއި ދަތުރު ފަތުރު ކުރުމަށް ދަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތި ވަމުން -- ފޮޓޯ: އޭޕީ