ރައީސް ސޯލިހު އެޗް.އީ.އޯ.ސީއަށް ޒިޔާރަތްކުރެއްވުން

10 ސެޕްޓެންބަރ 2020 | ބުރާސްފަތި 21:17
-
48411
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވާފައިވަނީ 10 ސެޕްޓެމްބަރު 2020 ގައި އެވެ.
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން - ރައީސްގެ މި ޒިޔާރަތުގައި، ވަނީ އެޗް.އީ.އޯ.ސީ.ގައި ގާއިމުކޮށްފައިވާ އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ބައްދަލުކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން - އެކި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން އެބޭފުޅުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް އަށް މަޢުލޫމާތު ޙިއްޞާކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން - ރައީސްގެ މި ޒިޔާރަތުގައި އެޗް.އީ.އޯ.ސީ.ގައި ގާއިމުކޮށްފައިވާ އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި މަސައްކަތް ކުރައްވާ ގޮތް އެމަނިކުފާނު ބައްލަވާލެއްވި - ފޮޓޯ: ރައީސް އޮފީސް
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން - މި ދުވަސްވަރު މާލެ ސަރަޙައްދުން ކޯވިޑް-19 ބަލި ޖެހެމުންދާ މީހުންގެ އަދަދުތައް ދަށްވަމުންދިޔަ ނަމަވެސް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއިއެކު، އެ ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗް.އީ.އޯ.ސީ.ގެ ބައްލުވުމުގެ ބައިވެރިންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގަންފައި - ފޮޓޯ: ރައީސް އޮފީސް
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން - ރައީސް ވަނީ، ކޯވިޑް-19 އިގެ މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް، އަދި ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައި ކުރިމަތިވާ ދަތި އުނދަގޫ ގޮންޖެހުންތަކާއި، ފިޔަވަޅުތަކާއިއެކު ވެސް އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން - ނައިބު ރައީސް ފައިސަލް ނަސީމް ބަލަހައްޓަވާ ހެލްތް އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންނަވަނީ - ފޮޓޯ: ރައީސް އޮފީސް
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން - އަރިހުގައި ޗީފް އޮފް ސްޓާފް އަލީ ޒާހިރު - ފޮޓޯ: ރައީސް އޮފީސް