ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ހޯދާފައިވާއިރު، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބީ އަކަށް ބޭނުންވެފައި. އެންރީކޭގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، އެއީ އެ ކުލަބުގެ ތާރީޚުގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު.