Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ

ފުޓުބޯޅަ އަކީ އުތުރު އެމެރިކާގެ އެއް ވަނަ ކުޅިވަރަށް ވާނެ: އިންފަންޓީނޯ

މުބާރާތުގައި ވާދަ ކުރާ ޤައުމުތަކަށް އެންމެ ފުރިހަމަ މާހައުލެއް ތަނަވަސްކޮށްދިނުމަކީ ފީފާ އިން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަންތައް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މެއި 2023 | ހޮނިހިރު 05:23
ފީފާ ރައީސް އިންފަންޓީނޯ

ފީފާ ރައީސް އިންފަންޓީނޯ

ފުޓުބޯޅަ އަކީ އުތުރު އެމެރިކާގެ އެއް ވަނަ ކުޅިވަރަށް ވާނެ ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

އިންފަންޓީނޯ މިހެން ވިދާޅުވީ 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ކައުންޓްޑައުން ފެށުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެންމެ ފަހުން ބޭއްވުނު ވޯލްޑް ކަޕުން ވެސް ފެނުނީ ޤައުމުތަކުގެ ސަޕޯޓަރުން އެކުވެގެން، އެއް މާހައުލެއްގައި އުފާވެރި ވަގުތުތަކެއް ހޭދަކުރި މަންޒަރު ކަމަށެވެ. އެހެންކަމުން 2026 ގެ ވޯލްޑް ކަޕް ވާނީ އެއަށްވުރެ މާ ތަފާތު މުބާރާތަކަށް ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ. އެ މުބާރާތުގައި ވަރުގަދަ 48 ޓީމު ވާދަކުރާނެ ކަމަށާއި، ތަފާތު 16 ސިޓީއެއްގައި މުބާރާތް ކުރިއަށްދާނެކަން ފާހަގަކުރައްވައި އޭނަ ވިދާޅުވީ، އެއީ އެންމެ ފުރިހަމަ މުބާރާތަށް ވެސް ވެދާނެ ކަމަށެވެ.

އިންފަންޓީނޯ ވިދާޅުވީ މުބާރާތުގައި ވާދަ ކުރާ ޤައުމުތަކަށް އެންމެ ފުރިހަމަ މާހައުލެއް ތަނަވަސްކޮށްދިނުމަކީ ފީފާ އިން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަންތައް ކަމަށެވެ. ޚާއްސަކޮށް މާގިނައިން ދަތުރު ކުރަން ނުޖެއްސުމާއި، ހުރުމުގެ އިންތިޒާމުތަކަށް އެންމެ ފުރިހަމަ ގޮތްތަކެއް ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މުބާރާތް ބާއްވާ ތިން ޤައުމު ކަމަށްވާ، އެމެރިކާ، ކެނެޑާ އަދި މެކްސިކޯ އިން އެކަންކަމަށް އެންމެ ފުރިހަމަ ގޮތްތަކެއް ހޯދާނެ އެވެ. ކުރިން އަހަރުތަކާ ޚިލާފަށް ދެން އޮންނަ މުބާރާތުގައި ގިނަ ޓީމު ވާދަ ކުރުމަކީ މުބާރާތުގެ ފޯރި އިތުރަށް ގަދަވެ، ފުޓުބޯޅައިގެ ރޫހު ދިރޭނެ ކަމެއްގެ ގޮތުގައި އިންފަންޓީނޯ ދެކިލައްވަ އެވެ. އޭނާ ވިދާޅުވީ އެއާއެކު ފުޓުބޯޅަ އަކީ އުތުރު އެމެރިކާގެ އެއް ވަނަ ކުޅިވަރަށް ވާނެ ކަމަށެވެ.

ފީފާ އިން ވަނީ މުބާރާތުގެ ކައުންޓްޑައުން ރަަސްމީކޮށް ފަށައި، މުބާރާތާ ގުޅޭ ތައްޔާރީތައް ވެސް ފަށައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު