Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ސަސް ބަލިކޮށް މާޒިޔާ އަށް ދެ ޕޮއިންޓުގެ ލީޑެއް

މާޒިޔާ އެއްވަނައިގަ އޮތީ ކުޅުނު ތިން މެޗުން މޮޅުވެގެން

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 20 މެއި 2023 | ހޮނިހިރު 01:19
މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ހުކުރު ދުވަހުގެ ރޭގައި ގަލޮޅު ދަނޑުގައި ކުޅުނު މެޗު، ޗެމްޕިއަން މާޒިޔާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ސަސް އިން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. މެޗުގެ 17 ވަނަ މިނެޓުގައި ގޯލަށް ވަންނަން ދިޔަ ބޯޅައެއްގައި އަތުން ޖެއްސުމުން ސަސް ގެ މެދުތެރެއަށް ކުޅެމުން އަންނަ އަހުމަދު އައިހަމް އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އައިހަމް އަތުން ޖެއްސުމާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މާޒިޔާއަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މެޗުގެ 63 ވަނަ މިނެޓުގައި މާޒިޔާގެ ހަަސަން ރާއިފް އަހުމަދު (ހަންނަ) ވަނީ އިތުރު ލަނޑެއް ޖަހާ މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ. މާޒިޔާގެ ދެވަނަ ލަނޑާއެކު، ސަސް އަށް ޕޮއިންޓެއް ލިބުމުގެ އުއްމީދު ފަނޑުވިއެވެ. 82 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ވަނީ މާޒިޔާއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މާޒިޔާ އާއި ސަސް އަކީ މި ސީޒަނުގައި މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ދެ ޓީމެވެ. މާޒިޔާ ކުޅުނު ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އީގަލްސް އޮތީ ހަތް ޕޮއިންޓާއެކުއެވެ. މެޗުން މޮޅު ނުވުމުން، ސަސް އޮތީ ހަ ޕޮއިންޓާއެކު ތިން ވަނައިގައެވެ.

މި ބުރުގެ މެޗުތަކަށް ފަހު ޖުލައި 15 އާ ހަމައަށް ލީގު މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ. އެއީ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމުގެ ގޮތުންނެވެ. ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި މާޒިޔާގެ 15 ކުޅުންތެރިންނާ، ސަސް ގެ ފަސް ކުޅުންތެރިން ހިމެނެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު