Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑުގައި ރަޝްފޯޑް މަޑުކުރާނެ ކަމުގެ ޔަގީންކަން ޓެން ހާގް ދީފި

މިހާރު ރަޝްފޯޑާއެކު ކުރިއަށްދާ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތެއް ފެންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މެއި 2023 | ހޮނިހިރު 03:51
މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު މެޗުގައި ޓެން ހާގް އަދި ރަޝްފޯޑު

މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު މެޗުގައި ޓެން ހާގް އަދި ރަޝްފޯޑު

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް މާކަސް ރަޝްފޯޑް އެ ޓީމުގައި މަޑު ކުރާނެ ކަމަށް އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑުގެ ކޯޗު ޓެން ހާގް މިހެން ބުނީ ރަޝްފޯޑްގެ ކުރިމަގާ ގުޅޭ ގޮތުން އޭނާ އަށް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ޓެން ހާގް ބުނީ، ރަޝްފޯޑް ބޭނުންވަނީ ޔުނައިޓެޑުގައި މަޑު ކުރަން ކަމަށާއި، ކުލަބުން ވެސް ބޭނުންވަނީ އޭނާ ބަހައްޓަން ކަމަށެވެ. އެހެންކަމުން މިހާރު ރަޝްފޯޑާއެކު ކުރިއަށްދާ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތެއް ފެންނާނެ ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ. އޭނާ ބުނީ މިވަގުތު އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި، މިވަގުތު އެ މަޝްވަރާތައް ކުރިއަށް ދިޔުމަށް ތަން ދޭން ޖެހޭ ކަމަށެވެ. ޔުނައިޓެޑުގެ ކޯޗުކަމާ ޓެން ހާގް ހަވާލުވީ ހިސާބުން ވެސް އޭނާ އަންނަނީ ރަޝްފޯޑް ދޫކޮށްލަން ބޭނުން ނުވާކަމަށްބުނެ ވާހަކަ ދައްކަމުންނެވެ.

ޔުނައިޓެޑާއެކު ރަޝްފޯޑް ހަދާފައިވާ އެއްބަސްވުމުވެ މުއްދަތު ހަމަވާނީ މިއަހަރު އެވެ. ރަޝްފޯޑް އޭނާގެ ސީނިއާ ކެރިއަރު ފެށި ޓީމަކީ ވެސް ޔުނައިޓެޑެވެ. އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 356 މެޗުގައި 122 ލަނޑު ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި ރަޝްފޯޑްގެ ކުޅުން ވަރަށް ބޮޑަށް ދަށްވުމާއެކު، އެ ކުލަބުން އޭނާ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. އޭގެ ތެރެއިން ރަޝްފޯޑްގެ އެޖެންޓް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާއެކު މަޝްވަރާ ކުރި ކަމަށް ވެސް އޭރު މީޑިއާތަކުގައި ބުނެފައިވެ އެވެ. ނަމަވެސް މި ސީޒަނުގައި ރަޝްފޯޑް ވަނީ ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސީޒަނުގައި އޭނާ ވަނީ ޔުނައިޓެޑަށް ކުޅެދިން 53 މެޗުގައި 29 ލަނޑު ޖަހައިފަ އެވެ. ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުން މިވަގުތު ރަޝްފޯޑް ހުރީ ކުޅުމާ ދުރުގަ އެވެ.

ޔުނައިޓެޑާއެކު ރަޝްފޯޑް ވަނީ މިހާތަނަށް ފަސް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ހިމެނެ އެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު