Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސީނިއަރ ޓީމު ސާފް ޗެމްޕިއަންޝިޕަށް ފޮނުވާނެކަމަށް އުއްމީދުކުރަން: އިންޑިޔާ

މުބާރާތަކީ ވަރުގަދަ މެޗުތަކެއް ކުޅޭ މުބާރާތަކަށް ވާން އިންޑިޔާ ބޭނުންވޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 20 މެއި 2023 | ހޮނިހިރު 10:43
ސާފް ޗެމްޕިއަންޝިޕްގެ ތަައްޓާއެކު އިންޑިޔާ ކުޅުންތެރިން. މި އަހަރު މުބާރާތް އޮންނާނީ އިންޑިޔާގައި

ސާފް ޗެމްޕިއަންޝިޕްގެ ތަައްޓާއެކު އިންޑިޔާ ކުޅުންތެރިން. މި އަހަރު މުބާރާތް އޮންނާނީ އިންޑިޔާގައި

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމުތަކުން ސީނިއަރ ގައުމީ ޓީމު މުބާރާތަށް ފޮނުވާނެކަމަށް އުއްމީދުކުރާ ކަމަށް އިންޑިޔާއިން ބުނެފިއެވެ.

އަންނަ މަހުގެ 21ން ޖުލައި 4ށް އިންޑިޔާގެ ބެންގަލޫރުގައި ބާއްވާ މުބާރާތަކީ ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައި ޚާއްސަ މުބާރާތެކެވެ. ސަބަބަކީ މިއީ މި މުބާރާތުގައި ސާކް ސަރަހައްދުން ބޭރުގެ ގައުމުތައް ބައިވެރިކުރާ ފުރަތަމަ ފަހަރަށް ވުމުންނެވެ. މިގޮތުން މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ކުވޭތާއި ލުބުނާނެވެ.

މި ގައުމުތައް މުބާރާތުގައި ބައިވެރިކުރި މައިގަނޑު ސަބަބަކީ އެކަމަށް އިންޑިޔާ ބޭނުންވުމެވެ. އެ ގައުމުން ބޭނުންވީ ސާފް ޗެމްޕިއަންޝިޕް، އިންޑިޔާ ބޭނުންވާވަރުގެ ވަރުގަދަ މެޗުތަކެއް ކުޅެންލިބޭ މުބާރާތަކަށް ބަދަލުކުރުމެވެ.

މުބާރާތުގެ ފެންވަރު އަހަރުން އަހަރަށް ދަށްވަމުން ދިއުމާއި، އިންޑިޔާއިން ކޮންމެ އަހަރަކުހެން މުބާރާތް ކާމިޔާބުކުރާތީ، މި ފަހަރުގެ މުބާރާތަށް ސީނިއަރ ޓީމުގެ ބަދަލުގައި އިންޑިޔާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ފޮނުވުމަށް އެގައުމުން ވަނީ ވިސްނާފައެވެ.

ނަމަވެސް ގުރުނެގުމުގެ ރަސްމިއްޔާތަށްފަހު، އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ޝްރީ ޕްރަބާކަރަން ވިދާޅުވީ ހުރިހާ ގައުމަކުން ސީނިއަރ ޓީމު ފޮނުވާނެކަމުގެ އުއްމީދުކުރައްވާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ކޮންމެ ދެ މުބާރާތަކުން އެއް މުބާރާތް ބާއްވަން ނިންމާފައިވަނީ އިންޑިޔާގައެވެ. އެއީ އެގޮތަށް ސްޕޮންސަރުން ބޭނުންވާތީއެވެ. މި މުބާރާތް އެންމެ ފަހުން ބޭއްވީ 2021 ވަނަ އަހަރު، ދިވެހިރާއްޖޭގައެވެ. އެންމެ ފަހުގެ ޗެމްޕިއަނުންނަކީވެސް އިންޑިޔާއެވެ.

ސާފް ޗެމްޕިއަންޝިޕްއިންޑިއާ ފުޓްބޯޅަ ޓީމުގައުމީ ހޭންޑްބޯލް ޓީމު

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
06 އޮކްޓޯބަރު 2025

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި

06 އޮކްޓޯބަރު 2025
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި
04 އޮކްޓޯބަރު 2025

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް