Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ލިވަޕޫލަށް ގަދަ ހަތަރެއްގެ އުއްމީދެއް ލިބުނީ ފަހު މިނިޓްގެ ލަނޑުން

އެސްޓަން ވިލާއާ ވާދަކޮށް، ވީ އެއްވަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 20 މެއި 2023 | ހޮނިހިރު 17:36
ސަލާހުގެ އެހީގައި ނަތީޖާ ހަމަހަމަ ކޮށްދިނުމަށްފަހު ފިރްމީނިއޯ

ސަލާހުގެ އެހީގައި ނަތީޖާ ހަމަހަމަ ކޮށްދިނުމަށްފަހު ފިރްމީނިއޯ

މެޗުގެ ފަހު މިނިޓްގައި ފިރްމީނިއޯ ޖެހި ލަނޑުން އެއްވަރުވެ, ގަދަ ހަތަރެއްގެ ޖާގައަކަށް ލިވަޕޫލުން ކުރަމުން އަންނަ އުއްމީދަށް ނިމުން ނައިސް، ކުޑަ ހިތްވަރެއް ލިބިއްޖެއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ވާދަކުރި މެޗު ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. އެއީ 1-1ން ދެ ޓީމް އެއްވަރުވުމުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއްޖަހައި ފުރަތަމަ ކުރިހޯދީ އެސްޓަން ވިލާއިންނެވެ. އެޓީމަށް ލަނޑު ޖަހައިދިނީ ރަމްސޭއެވެ. ފިރްމީނިއޯ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ 89 ވަނަ މިނިޓްގައެވެ. އެއީ ސަލާހު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗުން ޕޮއިންޓެއް ލިބުނަސް ލިވަޕޫލަށް ގަދަ ހަތަރެއްގެ ޖާގަ ހޯދުމުގެ އަމިއްލަ ބާރެއް ނެތެވެ. ލީގުގައި ލިވަޕޫލަށް ބާކީ އެއް މެޗު އޮތްއިރު, 66 ޕޮއިންޓާއެކު އޮތީ ފަސްވަނާގައެވެ. ތިންވަނާގައި ނިއުކާސަލް ޔުނައިޓެޑް، އަދި ހަތަރުވަނާގައި މެންޗެސްޓަރ ޔުނައިޓެޑް އޮތީ ލިވަޕޫލަށްވުރެ އިތުރަށް ތިން ޕޮއިންޓް ހޯދައިގެންނެވެ. އަދި އެ ދެ ޓީމަށްވެސް ބާކީ ދެ މެޗު އޮތުމުން، ލިވަޕޫލަށް އޮތީ ކުޑަ އުއްމީދެކެވެ.

ޕްރިމިއަރ ލީގުލިވަޕޫލްއެސްޓަން ވިލާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު