Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ކޮންފަރެންސް ލީގު

ކޮންފަރެންސް ލީގު ފައިނަލަށް ވެސްޓް ހޭމް އާއި ފިއޮރެންޓީނާ

ފައިނަލް މެޗު ކުޅޭނީ ޖޫން 7 ގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 19 މެއި 2023 | ހުކުރު 06:07
ކޮންފަރެންސް ލީގު ސެމީ އަށްފަހު ވެސްޓް ހޭމް އުފާ ފާޅުކުރަނީ

ކޮންފަރެންސް ލީގު ސެމީ އަށްފަހު ވެސްޓް ހޭމް އުފާ ފާޅުކުރަނީ

ޔޫރޮޕާ ކޮންފަރެންސް ލީގު ފައިނަލަށް ވެސްޓް ހޭމް އާއި ފިއޮރެންޓީނާ ދަތުރުކޮށްފިއެވެ.

ވެސްޓް ހޭމް ފައިނަލަށް ދަތުރުކުރީ ސެމީ ގައި އޭޒެޑް އަލްކްމާ ކައިރިން ދެ ލެގުންވެސް މޮޅުވެގެނެވެ. ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު 2-1 ން ވެސްޓް ހޭމް މޮޅުވި އިރު، ބުރާސްފަތި ދުވަހުގެ ރޭގައި ކުޅުނު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު 94 ވަނަ މިނެޓުގައި ވެސްޓް ހޭމް އަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ފޯނަލްސްއެވެ. މިއާ އެކު ވެސްޓް ހޭމް ވަނީ 3-1 ގެ އެގްރީގޭޓް ނަތީޖާއަކުން މޮޅުވެފައެވެ.

1980 ވަނަ އަހަރު އެފްއޭ ކަޕު ނެގިފަހުން ވެސްޓް ހޭމް އަށް ތައްޓެއް ލިބިފައެއް ނުވެއެވެ. އަދި ޔޫރަޕުގެ ފައިނަލެއްގައި އެންމެ ފަހުން ކުޅެފައިވަނީ 1976 ވަނަ އަހަރުއެވެ.

މުބާރާތުގެ ފައިނަލަށް ފިއޮރެންޓީނާ ދަތުރުކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސެލް މައްޗަށް ކުރިހޯދައިގެނެވެ. ފުރަތަމަ ލެގުގައި 2-1 ން ބާސެލް މޮޅުވެފައިވީނަމަވެސް، ދެވަނަ ލެގުގެ 90 މިނެޓް ހަމަވީ 2-1 ން ފިއޮރެންޓީނާ މޮޅުކޮށް އޮވެގެނެވެ. އެގްރިގޭޓް އެއްވަރުވުމުން އިތުރު ވަގުތު ކުޅެ، ފިއޮރެންޓީނާ މޮޅުވެފައިވަނީ 129 ވަނަ މިނެޓުގައި އެންޓޮނިން ބަރަކް ކާމިޔާބުކުރި ލަނޑުންނެވެ.

ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގަކީ 2021 ވަނަ އަހަރު ފެށި މުބާރަތެކެވެ. މި މުބާރާތުގެ ފުރަތަމަ ތަށި ކާމިޔާބުކުރީ ރޯމާ އިންނެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު