ރާއްޖޭގެ ބައެއް ދާއިރާތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވެވޭނީ މަދުވެގެން 25 އިންސައްތަ ދިވެހިންގެ ހިއްސާ އޮވެގެން ކަމަށް ސަރުކާރުން ކަނޑައަޅައިފި. މި އުސޫލުގެ ދަށުން ވަކި އަދަދަކަށްވުރެ ކުދި މަޝްރޫއުތަކާއި ބައެއް ޚިދުމަތްތައް ދިވެހިންނަށް ޚާއްސަކޮށްފައިވާއިރު، އާ ގަވާއިދާ އެއްގޮތަށް ވިޔަފާރިތައް ބަދަލުކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ދޭނެ ކަމަށް ސަރުކާރުން ބުނޭ