Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގެލެކްސީ ފޯލްޑް

ގެލެކްސީ ފޯލްޑް ނެރުން ސެޕްޓެމްބަރަށް ފަސްކޮށްފި

ފޯލްޑަށް ދިމާވި މައްސަލަ ގިނަ ދުވަސްތަކެއްގެ މަސައްކަތުން ހައްލުކޮށް، ސެމްސަންގުން ވަނީ ފޯނު ވަރަށް ރަނގަޅަށް ޓެސްޓްކޮށްފައި

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 28 ޖުލައި 2019 | އާދީއްތަ 04:17
ސެމްސަންގ އިން އުފައްދާފައިވާ ފަތްޖެހި ފޯނުގެ ސާމްޕަލް މިދިޔަ ފެބްރުއަރީ މަހު ދައްކާލި

ސެމްސަންގ އިން އުފައްދާފައިވާ ފަތްޖެހި ފޯނުގެ ސާމްޕަލް މިދިޔަ ފެބްރުއަރީ މަހު ދައްކާލި

ސަމްސަންގ ގެލެކްސީ ނޯޓް 10 (ގެލެކްސީ ފޯލްޑް)ގެ ސްކްރީނުގައި ޓެކްނިކަލް ބޮޑެތި މައްސަތަކެއް ހުރިކަން ފާހަގަ ކުރެވިގެން، އެ ފޯނު އަންނަ ސެޕްޓެމްބަރުގައި ނެރުމަށް ފަސްކޮށްފިއެވެ.

ފޯލްޑަށް ދިމާވި މައްސަލަ ގިނަ ދުވަސްތަކެއްގެ މަސައްކަތުން ހައްލުކޮށް، ސެމްސަންގުން ވަނީ ފޯނު ވަރަށް ރަނގަޅަށް ޓެސްޓްކޮށްފައި ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. އެ ކުންފުނީގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރުގެ ކުރީކޮޅު ގެލެކްސީ ފޯލްޑް ބާޒާރަށް ނިކުންނާނެއެވެ.

4.6 އިންޗީގެ އަދި އެއްކޮށް ހުޅުވައިލުމުން 7.3 އިންޗީގެ ޓެބްލެޓަކަށް ބަދަލުވާ އެ ފޯނު ސެމްސަންގ ކުންފުނިން ބޭނުންވަނީ، ޗައިނާގެ ވާވޭ ކުންފުނީގެ ފަތްޖެހި ފޯނު "މޭޓް އެކްސް" ސެޕްޓެމްބަރުގެ ތެރޭގައި ނެރުމުގެ ކުރިން، ބާޒާރަށް ނެރޭށެވެ. ގެލެކްސީ ފޯލްޑަކީ ހަ ކެމެރާ ވެސް އެކުލެވިގެންވާ ފޯނެކެވެ.

ސެމްސަންގ އިން އުފައްދާފައިވާ ފަތްޖެހި ފޯނުގެ ސާމްޕަލް މިދިޔަ ފެބްރުއަރީ މަހު ދައްކާލިއިރު، އެ ކުންފުނިން ވަނީ އެ ޒާތުގެ ފޯނު ތައްޔާރުކޮށް، އެންމެ ފުރަތަމަ ދައްކައިލުމުގެ ޝަރަފު ވެސް ހޯދާފައެވެ.

އެ ކުންފުނިން ކުރިން ނިންމާފައި އޮތީ އެޕްރީލް މަހުގެ 26 ގައި ފޯނު ރަސްމީކޮށް ނެރެ، ވިއްކަން ފެށުމަށެވެ. ނަމަވެސް އެ ކުންފުނިން ނެރުނު ގެލެކްސީ އެފްގެ ޓެކްނިކަލް މައްސަލަތަކެއް ހުރި ކަމަށް ބުނެ މީޑިއާގައި ދައުރުވި ރިވިއުތައް ރަނގަޅުނުވުމުން ފޯނު ނެރުން މަޑުޖައްސާލީއެވެ. އަދި ކުރިން ނަގާފައި ހުރި އޯޑަރުތައް ކެންސަލް ކުރުމަށް ފަހު އޯޑަރު ނެގުން ވެސް ވަނީ ހުއްޓާލާފައެވެ.

އޮގަސްޓު މަހުގެ 7 ވަނަ ދުވަހު ބާއްވާ ސެމްސަންގގެ ބޮޑު އިވެންޓްގެ ތެރޭގައި މި ފޯނު ދައްކައިލުމުގެ ފުރުސަތު ވެސް ބޮޑެވެ. އެ އިވެންޓްގެ އެންމެ ހާއްސަ ކަމަކަށް ވެގެންދާނީ ގެލެކްސީ ފޯލްޑް އާންމު ކުރުމެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2018

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

16 މާރިޗު 2018
ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
26 ފެބުރުއަރީ 2018

ސެމްސަންގް ގެލެކްސީ އެސް 9 ބާޒާރަށް ނެރެފި

26 ފެބުރުއަރީ 2018
ސެމްސަންގް ގެލެކްސީ އެސް 9 ބާޒާރަށް ނެރެފި
07 ފެބުރުއަރީ 2018

މޯލްޑިވްސް ލިވިންގް އެކްސްޕޯ ފަސްކޮށްފި

07 ފެބުރުއަރީ 2018
މޯލްޑިވްސް ލިވިންގް އެކްސްޕޯ ފަސްކޮށްފި
27 ނޮވެމްބަރު 2017

"ވިން އަ ގެލެކްސީ ނޯޓް 8 އެވްރި ޑޭ" ޕްރޮމޯޝަން އުރީދޫ އިން ފަށަނީ

27 ނޮވެމްބަރު 2017
"ވިން އަ ގެލެކްސީ ނޯޓް 8 އެވްރި ޑޭ" ޕްރޮމޯޝަން އުރީދޫ އިން ފަށަނީ
08 ނޮވެމްބަރު 2017

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 8 ގެ ފޯނަށް ޕްރީ އޯޑަރު ނަގަން ފަށައިފި

08 ނޮވެމްބަރު 2017
ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 8 ގެ ފޯނަށް ޕްރީ އޯޑަރު ނަގަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު