Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޗިކިންގ

"ޗިކިންގ" ގެ ރެސްޓްރޯންޓް އަލުން މާލޭގައި ހުޅުވައިފި

20 ޖުލައި 2019 | ހޮނިހިރު 13:52

ހ. ސުއެޒްގައި ހަދާފައިވާ ޗިކިންގ ރެސްޓޯރެންޓް ހުޅުވައި ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 20 ޖުލައި 2019 | ހޮނިހިރު 13:52
ޗިކިންގ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޗިކިންގ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދުބާއީގެ މަޝްހޫރު ފާސްޓްފުޑް ފްރެންޗައިޒް "ޗިކިންގ" ރެސްޓޯރަންޓް އަލުން މާލޭގައި ހުޅުވައިފިއެވެ.

ހ. ސުއެޒްގައި ހަދާފައިވާ ޗިކިންގ ރެސްޓޯރެންޓް ހުޅުވައި ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.

ޗިކިންގގެ އައުޓްލެޓް ރާއްޖޭގައި ހިންގުމުގައި ހަވާލުވެ ހުންނަވަނީ ބްރޫ އެންޑް ފީސްޓް ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރ އަހުމަދު ސައީދުއެވެ. އެގޮތުން ސައީދު ވިދާޅުވެފައިވަނީ، އަލުން ޗިކިންގ މާލެއަށް ގެނައީ މުޅި ދުނިޔޭގައި ވެސް ވަރަށް ބާރަށް ފުޅާވަމުންދާ ހަލާލް ފުޑް ބްރޭންޑަކަށްވުމާއި، ދިވެހިންނަށް ވެސް ވަރަށް ކަމުދާ ރަހައަކަށް ޗިކިންގގެ ރަހަތައް ވެފައިވާތީ ކަމަށެވެ.

ޗިކިންގ އިން 17 އަށް ވުރެ ގިނަ ގައުމުގައި 150 އަށް ވުރެ ގިނަ އައުޓްލެޓް ހުރެއެވެ. ކޮންމެ ގައުމެއްގައި ވެސް ޗިކިންގް ގެ އައުޓްލެޓުން ވިއްކަނީ ހަލާލު ކާނާ ކަން ފާހަގަ ކޮށްލެވެއެވެ.

ޗިކިންގ ގެ ހާއްސަ ބާވަތްތަކުގެ ތެރޭގައި ގްރިލްޑް ޗިކަން، ޕެރި ޕެރި ޗިކެން، ބާގަރ، ރެޕްސް، ޕިއްޒާ، ޑެޒަރޓްގެ އިތުރުން އަދި އެހެނިހެން ބާވަތްތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން، ސައީދު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އާ ވެރައިޓީސްތައް އަލުން ނިކުންނާނެ ކަމަށެވެ.

މި ރެސްޓްރޯންޓް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ރޭގަނޑު 12:00 އަށެވެ. އަދި ހުކުރު ދުވަހު ހުޅުވާނީ ހަވީރު 4:00 ން 12:00 އަށެވެ.

ޗިކިންގގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރ އޭކޭ މަންސޫރު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖޭގެ އިތުރު ރަށްތަކުގައި ވެސް އަދި އިތުރު އައުޓްލެޓްތައް ހުޅުވުމަށް ހިޔާލުކުރައްވާ ކަމަށެވެ.

ޗިކިންގގެ ވާހަކަ ފެށިގެން އައީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އޭކޭ މަންސޫރުއާއި ހަމައިންނެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ވެގެން ދިޔައީ ދުނިޔޭގެ އެންމެ ބޮޑު އެއް ވިޔަފާރި ހަބް، ދުބާއީގައި 2000 ވަނަ އަހަރު ހުޅުވި ޗިކިންގ ރެސްޓްރޯންޓުގެ ފުރަތަމަ އައުޓްލެޓާއެކުއެވެ. އިސާހިތަކު، ޗިކިންގގެ ކުކުޅުގެ ރަހަ ދުބާއީގައި ދިރިއުޅޭ ހުރިހާ ނަސްލެއްގެ ބަޔަކަށް ކަމުދާން ފެށިއެވެ.

މިހާރު ޗިކިންގ ބްރޭންޑަކީ ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑެކެވެ. އެގޮތުން، އިތުރު އައުޓްލެޓްތައް މިއަހަރު ތެރޭގައިވެސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ރާއްޖޭގައި ޗިކިންގ ރެސްޓްރޯންޓް ހުޅުވީ ރަސްފަންނުގައި ހުންނަ ޕެވިލިއަންގައި 2018 ވަނަ އަހަރުގެ ޖޫން މަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

12 އެޕްރީލު 2017
އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
13 ޖެނުއަރީ 2017

މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި

13 ޖެނުއަރީ 2017
މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް