Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު ހިދުމަތްތައް

ބައެއް ޚިދުމަތްތައް ހޯދުމަށް ދަތިވަނީ ސިސްޓަމް އަޕްގްރޭޑް ކުރާތީ: ދިރާގު

ރީލޯޑް އަދި ރީޗަރޖް އާއި ގުޅޭ ޚިދުމަތްތަކުގައި ދަތިކާއި ކުރިމަތިވާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 25 ޖުލައި 2019 | ބުރާސްފަތި 12:52
ދިރާގު ހެޑް އޮފީސް

ދިރާގު ހެޑް އޮފީސް

ދިރާގުން ފޯރުކޮށްދެމުން އަންނަ ބައެއް ޚިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކައި ދިމާވަނީ ސިސްޓަމް އަޕްގްރޭޑްގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ދާތީ ކަމަށް އެކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ އެކުންފުނިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިންމު މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ގިނަ މަރުހަލާތަކަކަށް ބެހިގެންދާނެ މަސައްކަތްތަކެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ކަސްޓަމަރުންނަށް ޑޭޓާ، އެސް. އެމް. އެސް އަދި ވޮއިސް ކޯލްގެ ޚިދުމަތައް ބޭނުން ކުރެވެނޭ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ބައެއް ޚިދުމަތްތަށް ބޭނުން ކުރުމުގައި ތަދިތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމަކީ އެކަށީގެންވާ ކަމަށް ދިރާގުން ބުންޏެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ މައި ޚިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތް ރާވާ ކުރިއަށް ގެންދިޔުން" ދިރާގުން ބުންޏެވެ.

މި މަސައްކަތް ކުރިއަށްގެންދާ ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ވަނީ މަޢާފަށް އެދިފައެވެ.

"އަޅުގަނޑުމެންގެ އިންޖިނިއަރުންނާއި ޓެކްނިކަލް ޓީމުތަކުން ދަނީ ކަސްޓަމަރުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން" ދިރާގުން ބުންޏެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2019

މޮބައިލް އެޕާއެކު އެލައިޑްގެ ޚިދުމަތްތައް ތިމާވެއްޓާ ރަހުމަތްތެރި ކޮށްފި

31 ޖެނުއަރީ 2019
މޮބައިލް އެޕާއެކު އެލައިޑްގެ ޚިދުމަތްތައް ތިމާވެއްޓާ ރަހުމަތްތެރި ކޮށްފި
27 ޖެނުއަރީ 2019

ދިރާގުގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ގުޅިގެން ބައެއް ޚިދުމަތްތައް މެދުކެނޑިދާނެ!

27 ޖެނުއަރީ 2019
ދިރާގުގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ގުޅިގެން ބައެއް ޚިދުމަތްތައް މެދުކެނޑިދާނެ!
20 ނޮވެމްބަރު 2018

އައްޑޫ އާއި ފުވައްމުލަކު ދަތުރުތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދޭ: ފްލައިމީ

20 ނޮވެމްބަރު 2018
އައްޑޫ އާއި ފުވައްމުލަކު ދަތުރުތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދޭ: ފްލައިމީ
10 އެޕްރީލު 2018

ކާށިދޫގެ ބިމުން ބައެއް ފަތުރުވެރިކަމަށް ދޫކުރަނީ

10 އެޕްރީލު 2018
ކާށިދޫގެ ބިމުން ބައެއް ފަތުރުވެރިކަމަށް ދޫކުރަނީ
15 މާރިޗު 2018

ފުޑް ކޯޓުތައް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

15 މާރިޗު 2018
ފުޑް ކޯޓުތައް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު