Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާ ވިއްކުން ރަސްމީކޮށް ލޯންޗުކޮށްފި

އެމްއައިބީގެ އައިޕީއޯ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އަބްދުﷲ އަމީރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ޖުލައި 2019 | ބުރާސްފަތި 03:16
އިސްލާމިކް ބޭންކް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިސްލާމިކް ބޭންކް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާ ވިއްކުން ރަސްމީކޮށް ލޯންޗު ކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއައިބީގެ އައިޕީއޯ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އަބްދުﷲ އަމީރެވެ.

އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށް ފަހު އާންމުންނަށް ވިއްކުމަށް ހުށަހަޅާފައިވަނީ 244 މިލިއަން ރުފިޔާގެ ހިއްސާއެވެ.

ހިއްސާގެ ތެރޭގައި ހިމެނެނީ، މޯލްޑިވްސް އިސްލާމިކް ބެންކުގެ 4.5 މިލިއަން ހިއްސާ ( 157 މިލިއަން ރުފިޔާގެ ހިއްސާ) ގެ އިތުރުން އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ ގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އަދި ޖުމްލަ އާއްމު ހިއްސާގެ ގޮތުން 6،975،000 ހިއްސާ ކަމަށް އިސްލާމިކް ބޭންކުގެ ސީއީއޯ އަބުލް އިހްތިޝާމް އަބްދުލް މުހައިމިން ވިދާޅުވިއެވެ.

އިހްތިޝާމް ވިދާޅުވީ އެއީ ބޭންކުގެ ޖުމްލަ ހިއްސާއިން ބަލާއިރު 31 އިންސައްތަ ހިއްސާ ކަމަށެވެ.

މި އައިޕީޔޯގައި އެމްއައިބީ ގެ ހިއްސާއެއް ވިއްކަނީ 35 ރުފިޔާއަށް ކަމަށާ ކޮންމެ މީހަކަށް ވެސް އެންމެ ފުރަތަމަ ނެގޭނީ (700 ރ ގެ 20 ހިއްސާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާ މި އަދަދު 10 ހިއްސާގެ ރޭޓުން ބޭނުން އަދަދަކަށް އިތުރުކުރެވޭނެ ކަމަށް ވެސް އިހްތިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާ ވިދާޅުވީ އެމްއައިބީގެ ހިއްސާދާރަކަށް ދިވެހިން ވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅާ އަދި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންޑީބީއައިބީގެ ބައިނަލް އަގްވާމީ މާލީ ތަޖުރިބާކާރުންގެ އެހީއާއެކު ކަމަށާ އެކަން ކުރިއަށްދާނީ ޝާހް ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިން، އޮޑިޓް ފަރމެއްގެ ހައިސިއްޔަތުން ކޭޕީއެމްޖީ އައްޔަން ކޮށްގެންނެވެ.

މި އައިޕީޔޯ ފަރުމާ ކޮށްފައިވަނީ އާންމުންގެ ބައިވެރިވުން ބޮޑުވާނެ ގޮތްތަކަށް ބެލުމަށް ފަހު މަދުވެގެން ގަނެވޭނެ ހިއްސާގެ އަގު އާންމުންނަށް ބަލައިގަނެވޭނެ ފަދަ އަގުތަކެއްގައި ކަމަށް އިހްތިޝާމް ވިދާޅުވިއެވެ.

ހިއްސާ ގަތުމުގެ މަރުހަލާގައި ވެސް ވަނީ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފަ ކަމަށާ ދުނިޔޭގެ ކޮންމެތާކު ހުރި ނަމަވެސް އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ވަރަށް ފަސޭހައިން ހިއްސާ ގަނެ ފައިސާދެއްކޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާ ވިއްކުން ރަސްމީކޮށް ލޯންޗުކޮށްފައިވީ ނަމަވެސް ހިއްސާ ވިއްކަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
14 މާރިޗު 2017

ހިއްސާއަކަށް 20 ރުފިޔާ ބަހަން ބީއެމްއެލް ގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި

14 މާރިޗު 2017
ހިއްސާއަކަށް 20 ރުފިޔާ ބަހަން ބީއެމްއެލް ގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު