Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފޮރިން އިންވެސްޓްމަންޓް

ބޭރުގެ އިންވެސްޓްމަންޓްތަކަށް ގަވައިދުތައް ހަރުކަށިކޮށް ފުރުސަތުތައް ހަނިކޮށްފި

15 އޮކްޓޯބަރު 2026 | ބުރާސްފަތި 18:01

ރާއްޖޭގެ ބައެއް ދާއިރާތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވެވޭނީ މަދުވެގެން 25 އިންސައްތަ ދިވެހިންގެ ހިއްސާ އޮވެގެން ކަމަށް ސަރުކާރުން ކަނޑައަޅައިފި. މި އުސޫލުގެ ދަށުން ވަކި އަދަދަކަށްވުރެ ކުދި މަޝްރޫއުތަކާއި ބައެއް ޚިދުމަތްތައް ދިވެހިންނަށް ޚާއްސަކޮށްފައިވާއިރު، އާ ގަވާއިދާ އެއްގޮތަށް ވިޔަފާރިތައް ބަދަލުކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ދޭނެ ކަމަށް ސަރުކާރުން ބުނޭ

ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2026 | ބުރާސްފަތި 18:01
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ

މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ | އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ ބައެއް ދާއިރާތަކުގައި ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ އުސޫލުތައް ހަރުކަށިކޮށް، އިމާރާތްކުރުމާއި، ރިއަލް އެސްޓޭޓް، އޮޑިޓްކުރުން އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބައެއް މަސައްކަތްތަކުގައި މަދުވެގެން 25 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ. މީގެ އިތުރުން ބައެއް ދާއިރާތަކަކީ ހަމައެކަނި ދިވެހިންނަށް ކުރެވޭނެ މަސައްކަތްތަކެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފަ އެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ބުދަ ދުވަހު މިކަން ރިޕޯޓްކޮށްފައިވަނީ ވަޒީރު މުހައްމަދު ސައީދުއާ ހަވާލާދީ އެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، އަލަށް އިސްލާހުކުރެވުނު އޮނިގަނޑުގެ ދަށުން، 15 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ އިމާރާތްކުރުމުގެ މަޝްރޫއުތަކާއި، 100 މިލިއަން ޑޮލަރަށްވުރެ ކުޑަ ރިއަލް އެސްޓޭޓް މަޝްރޫއުތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވެވޭނީ މަދުވެގެން 25 އިންސައްތަ ހިއްސާ ދިވެހިންނަށް ދީގެންނެވެ. އޮޑިޓްކުރުމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ޚިދުމަތްތަކަށް ވެސް ދިވެހިންގެ 25 އިންސައްތަ ހިއްސާ އޮންނަންޖެހޭ މި އުސޫލު ހިނގާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މީހުން ދިރިއުޅުމަށް ތަރައްގީކުރާ 100 މިލިއަން ޑޮލަރަށްވުރެ ކުޑަ ރިއަލް އެސްޓޭޓް މަޝްރޫއުތަކާއި، އާންމު ކަނޑުދަތުރުފަތުރުގެ ޚިދުމަތްތައް މިހާރު ވަނީ ހަމައެކަނި ދިވެހިންނަށް ޚާއްސަކޮށްފަ އެވެ. ވަޒީރު ސައީދު ވިދާޅުވީ، 2024 ވަނަ އަހަރު އަމަލުކުރަން ފެށި ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލި ސިޔާސަތާ އެއްގޮތަށް، ބޭރުގެ 150 އިންވެސްޓްމަންޓަކުން އާ އުސޫލުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، މިހާރު ހަމައެކަނި ދިވެހިންނަށް ޚާއްސަކޮށްފައިވާ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ 29 އިންވެސްޓްމަންޓެއްގެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އަދި ބޭރުގެ 17 އިންވެސްޓަރަކު އާ އުސޫލުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް އެދި ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސިޔާސަތުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ލޮޖިސްޓިކްސް، އާންމު ވިޔަފާރި، އަދި ރާއްޖޭގައި ހަރަކާތްތެރިވާ އެއާލައިންތަކުގެ ފަސިންޖަރުންނާއި މުދާ އުފުލާ އޭޖެންސީތައް ވެސް ހިމެނެއެވެ. ސައީދު ވިދާޅުވީ، މީގެ ކުރިން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި ހަރަކާތްތެރިވި 17 ކުންފުންޏަކުން، އެ ކުންފުނިތަކުގެ ހިއްސާދާރުންގެ ގޮތުގައި ދިވެހިން ބައިވެރިކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިހާރު އަލަށް ދިވެހިންނަށް ޚާއްސަކުރި ދާއިރާތަކުގައި މަސައްކަތްކުރާ ބޭރުގެ އިންވެސްޓަރުންނަށް، އެމީހުންގެ ވިޔަފާރިތައް އަލުން ބައްޓަންކުރުމަށް ނުވަތަ އެ މަސައްކަތްތަކުން ވަކިވުމަށް ވަގުތު ދެވޭނެއެވެ. އަދި ރާއްޖޭގެ އިގްތިސާދުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ޖޮއިންޓް ވެންޗާ އުސޫލުންނާއި އެހެނިހެން ގޮތްގޮތުން ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

މުހައްމަދު ސައީދު ފޮރިން އިންވެސްޓްމަންޓް ގާނޫނުމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2026

ވިއްކަން ބަހައްޓާ މުދަލުގައި އަގު ނުޖަހާ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅަނީ

14 އޮކްޓޯބަރު 2026
ވިއްކަން ބަހައްޓާ މުދަލުގައި އަގު ނުޖަހާ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅަނީ
13 އޮކްޓޯބަރު 2026

ޓްރާންޝިޕްމަންޓު ބަނދަރު ގާއިމުކުރުމަށް ރައީސް މުއިއްޒު ވެފައިވާ ވައުދާ ގުޅޭގޮތުން ވަޒީރު ދެއްވި އަޕްޑޭޓް: "5 އަހަރު ތެރޭގައި، ހިނގާ ބަލަމާ!"

13 އޮކްޓޯބަރު 2026
ޓްރާންޝިޕްމަންޓު ބަނދަރު ގާއިމުކުރުމަށް ރައީސް މުއިއްޒު ވެފައިވާ ވައުދާ ގުޅޭގޮތުން ވަޒީރު ދެއްވި އަޕްޑޭޓް: "5 އަހަރު ތެރޭގައި، ހިނގާ ބަލަމާ!"
02 އޮކްޓޯބަރު 2026

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!

02 އޮކްޓޯބަރު 2026
ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!
02 އޮކްޓޯބަރު 2026

ތިލަފުށި ޕޯޓާއެކު މުދާ އަވަހަށް ބޭލި، ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބޭނެ: މިނިސްޓަރު ސައީދު

02 އޮކްޓޯބަރު 2026
ތިލަފުށި ޕޯޓާއެކު މުދާ އަވަހަށް ބޭލި، ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބޭނެ: މިނިސްޓަރު ސައީދު
14 ސެޕްޓެމްބަރު 2026

މަޖިލިސް މެޖޯރިޓީ ދީފި ނަމަ ޑޮލަރު ރޭޓު 15.42 ވުރެ ތިރިވާނެކަމުގެ ޔަގީންކަމެއް ނުދެން، ދެންނެވީ ކަންކަން ފަސޭހަވާނެ ވާހަކަ: ސައީދު

14 ސެޕްޓެމްބަރު 2026
މަޖިލިސް މެޖޯރިޓީ ދީފި ނަމަ ޑޮލަރު ރޭޓު 15.42 ވުރެ ތިރިވާނެކަމުގެ ޔަގީންކަމެއް ނުދެން، ދެންނެވީ ކަންކަން ފަސޭހަވާނެ ވާހަކަ: ސައީދު
09 ސެޕްޓެމްބަރު 2026

ބައިސްކަލުގައި ތަންތަނަށް ގޮސްލުން ފެޝަނަކަށް ހަދައި، އެކަމަށް ބާރުއަޅާ މޫވްމަންޓެއް ބަޔަކު ފަށަންޖެހޭ: ސައީދު

09 ސެޕްޓެމްބަރު 2026
ބައިސްކަލުގައި ތަންތަނަށް ގޮސްލުން ފެޝަނަކަށް ހަދައި، އެކަމަށް ބާރުއަޅާ މޫވްމަންޓެއް ބަޔަކު ފަށަންޖެހޭ: ސައީދު
09 ސެޕްޓެމްބަރު 2026

ވެހިކަލް ފީގެ ގޮތުގައި ލިބޭ 220 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ނުދިނަސް، މިސްކިތްތައް މާ ރަނގަޅަށް ބަލަހައްޓާނެކަމަށް ޝަހީމް ވިދާޅުވި: ސައީދު

09 ސެޕްޓެމްބަރު 2026
ވެހިކަލް ފީގެ ގޮތުގައި ލިބޭ 220 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ނުދިނަސް، މިސްކިތްތައް މާ ރަނގަޅަށް ބަލަހައްޓާނެކަމަށް ޝަހީމް ވިދާޅުވި: ސައީދު
26 އޯގަސްޓު 2026

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

26 އޯގަސްޓު 2026
10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު
24 އޯގަސްޓު 2026

ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި

24 އޯގަސްޓު 2026
ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި
08 އޯގަސްޓު 2026

އިގުތިސާދުން ރުފިޔާ މަދުކުރުމުގެ ފިޔަވަޅުތައް އަޅާއިރު އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލުމަށް؟

08 އޯގަސްޓު 2026
އިގުތިސާދުން ރުފިޔާ މަދުކުރުމުގެ ފިޔަވަޅުތައް އަޅާއިރު އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލުމަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް