Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

އެސްޓީއޯއިން އަލްނޫރު ހިކިކިރު ޕްރޮމޯޝަން 2019 ނަމުގައި ޕްރޮމޯޝަން އެއްފަށައިފި

22 ޖުލައި 2019 | ހޯމަ 12:58

22 ޖުލައި 2019 އިން ފެށިގެން 21 ޑިސެމްބަރ 2019 އާ ހަމައަށް މި ޕްރޮމޯޝަން ކުރިޔަށްދާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 22 ޖުލައި 2019 | ހޯމަ 12:58
އަަލްނޫރު ހިކިކިރު ޕްރޮމޯޝަން

އަަލްނޫރު ހިކިކިރު ޕްރޮމޯޝަން

ހޯމަ ދުވަހުގެ ހަވީރު އެސްޓީއޯ ސުޕަރމާރޓް ގައި އޮތް އަލްނޫރު ހިކިކިރު ޕްރޮމޯޝަން ނަމުގައި ޕްރޮމޯޝަނެއް އިފްތިތާހު ކޮށްފިއެވެ.

22 ޖުލައި 2019 އިން ފެށިގެން 21 ޑިސެމްބަރ 2019 އައި ހަމައަށް މި ޕްރޮމޯޝަން ކުރިޔަށްދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން އަލްނޫރު ހިކިކިރު ޕެކެޓެއް ބައްލަވައިގަނެގެން ކޮންމެ ބޭފުޅަކަށް ވެސް އިނާމެއް ލިބިގެންދާނެއެވެ. މިގޮތުން ބައްލަވައިގަންނަވާ ކޮންމެ ހިކިކިރު ޕެކެޓަކާއި އެކު އަލްނޫރު ލޯގޯޖެހި ކޮލެޓީ ރަނގަޅު ބިއްލޫރި ތައްޓެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. އަދި މި ޕްރޮމޯޝަންގައި ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ޕްރޮމޯޝަނެއް ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސީނިއަރ މާކެޓިންގް މެނޭޖަރ އައިމިނަތު ޝުރުފާ ބުނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން ވެސް މި ޕްރޮމޯޝަން ކުރިޔަށްދާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އަލް ނޫރު ހިކިކިރަކީ މިހާރު ރާއްޖޭގެ މާރކެޓްގައި ވިއްކާ އެންމެ ކޮލެޓީ ރަނގަޅު ހިކިކިރު ކަމަށެވެ.

އަލް ނޫރަކީ އޮމާންގެ ހިކިކިރު ޕެކްކުރާ އެންމެ ބޮޑު ކުންފުނި ކަމުގައިވާ "އޮމާން ފުޑްސުޓަފް" ގެ މޮޅު އުފެއްދުމެކެވެ. މިކުންފުންޏަކީ މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި ފާހަގަ ކޮށްލެވޭ ބޮޑު ކުންފުންޏެކެވެ. އެސްޓީއޯ ސުޕަމާޓުން މައުލޫމާތުދިން ގޮތުގައި " އޮމާން ފުޑްސުޓަފް" ކުންފުންޔަކީ ކޯސްޓް ކިރު އަދި އަލްމުދިޝް ކިރު ވެސް ޕެކްކުރާ ކުންފުނި ކަމަށެވެ.

އަލްނޫރު ހިކިކިރު ޕެކެޓް ތަކުގެ އަގަކީ 800 ގުރާމް 95ރ އަށް އަދި 1800 ގުރާމް 102ރ އަށް އަދި 2250 ގުރާމްގެ ޕެކެޓެއް 245ރ އަށް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާރޓް ފިހާރައިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކޭހުން ބައްލަވައިގަންނަވާނަމަ، އަލްނޫރު 800 ގުރާމް (12 ޕެކެޓު) 1035ރ އަށް، 1800 ގުރާމް (6 ޕެކެޓު) 1165ރ އަށް އަދި 2250 ގުރާމް (6 ޕެކެޓު) 1385ރ އަށް އެސްޓީއޯ ސުޕަރމާޓް އަދި ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

އަލްނޫރު ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓުން ލިބެން ހުރިއިރު އަންނަމަހުން ފެށިގެން އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ވެސް ލިބެން ފަށާނެއެވެ.

އިތުރަށް ކިޔާލަން

31 ޖުލައި 2017

ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

31 ޖުލައި 2017
ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި
09 ޖުލައި 2017

ސިޓްރޯން"ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި

09 ޖުލައި 2017
ސިޓްރޯން"ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި
25 ޖޫން 2017

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

25 ޖޫން 2017
ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!
31 މެއި 2017

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި
26 އެޕްރީލު 2017

ޑޫސާން ލައްކަ ޕްރޮމޯޝަން ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފި

26 އެޕްރީލު 2017
ޑޫސާން ލައްކަ ޕްރޮމޯޝަން ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފި
02 އެޕްރީލު 2017

ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި

02 އެޕްރީލު 2017
ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
14 ފެބުރުއަރީ 2017

އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު

14 ފެބުރުއަރީ 2017
އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު
03 ފެބުރުއަރީ 2017

އޭސް ހާޑްވެއާ ޕްރޮމޯޝަންގެ ނަސީބްވެރިންނާ އިނާމު ހަވާލުކޮށްފި

03 ފެބުރުއަރީ 2017
އޭސް ހާޑްވެއާ ޕްރޮމޯޝަންގެ ނަސީބްވެރިންނާ އިނާމު ހަވާލުކޮށްފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް