Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްޕްރިންގް ކޫލް ޝޯރޫމް

ބްލޫ ސްޓާރ ބްރޭންޑަށް ހާއްސަ ސްޕްރިންގް ކޫލް ޝޯރޫމް ހުޅުވައިފި

ބްލޫ ސްޓާރގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ ދާއޫދް ބިން އުޒައިރު އާއި ސްޕްރިންގ ކޫލްގެ ޑައިރެކްޓަރ މުހައްމަދު އަހުސަން ބައިވެރިވެލެއްވި

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 28 ޖުލައި 2019 | އާދީއްތަ 14:38
ސްޕްރިންގް ކޫލް ޝޯރޫމް

ސްޕްރިންގް ކޫލް ޝޯރޫމް

އެއަރ ކޮންޑިޝަނަރ އުފެއްދުމުގައި އިންޑިއާގައި ނަން މަޝްހޫރު ބްރޭންޑެއްކަމުގައިވާ ބްލޫސްޓަރ ބްރޭންޑުގެ އުފެއްދުންތަކަށް ހާއްސަކޮށް ސްޕްރިންގް ކޫލް ޝޯރޫމްގެ ނަމުގައި ޝޯރޫމެއް ހުޅުވައިފިއެވެ.

ސްޕްރިންގ ކޫލް ޕްރައިވެޓް ލިމިޓެޑްގެ މި ޝޯރޫމް ހުޅުވުމަށްޓަކައި އާދިއްތަ ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަފައެވެ. މި ރަސްމިއްޔާތުގައި ބްލޫ ސްޓާރގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ ދާއޫދް ބިން އުޒައިރު އާއި ސްޕްރިންގ ކޫލްގެ ޑައިރެކްޓަރ މުހައްމަދު އަހުސަން ބައިވެރިވެލެއްވިއިރު ބައެއް ޕްރޮޑަކްޓްތައް ވަނީ ދައްކާލާފައެވެ. އެގޮތުން، ބްލޫ ސްޓާރއިން ރިފްރިޖެރެންޓް އާރްފޯޓެންއޭ (R410A) އަކާއެކު ދާދި ފަހުން ޑިޒައިން ކޮށްފައިވާ ސްޕްލިޓް އޭސީ ވަނީ ދައްކާލާފައެވެ.

ޝޯރޫމް ހުޅުވައިދެއްވުމަށްފަހު ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ބްލޫ ސްޓާރގެ ސީއީއޯ ދާއޫދް ބިން އުޒައިރު ވިދާޅުވީ އަލަށް އުފެއްދި އޭސީއަކީ ހާއްސަކޮށް ރާއްޖެފަދަ ހޫނު ގައުމުތަކަށް އުފެއްދި އޭސީއެއް ކަމަށެވެ.

މީގެ އިތުރުން ދާއޫދު ވިދާޅުވީ އެ އޭސީ އަކީ ތިމާވެއްޓާ ވަރަށް ރަހުމަތްތެރި އޭސީއެއް ކަމަށާއި މި އުފެއްދުމާއެކު ބްލޫ ސްޓާރގެ ރާއްޖޭގެ މާރކެޓް ޝެއަރ މަތިވެގެން ދާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިވަގުތު މާކެޓް ޝެއަރ އަކީ 10 އިންސައްތަ ކަމަށާ އެ ކުންފުނީގެ އަމާޒަކީ 20 އިންސައްތަ އަށް ނަމަވެސް ޝެއަރ މަތިކުރުން ކަމަށެވެ.

އަލަށް އުފެއްދި މި އޭސީ ރަސްމީކޮށް ލޯންޗުކުރުން އާދިއްތަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަސްމިއްޔާތުގައި ހާއްސަ ލަކީ ޑްރޯއެއްވެސް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ބްލޫ ސްޓާރގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

ސްޕްރިންގ ކޫލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އޮންލައިން ޕޭޖްއެއް މެދުވެރިކޮށް ރާއްޖޭގައި ކުރިންވެސް ދިޔައީ ބްލޫ ސްޓާރގެ އުފެއްދުންތައް ވިއްކަމުންނެވެ. އެކުންފުންޏަށް އާ ދިރުމެއް ލިބިގެން ގޮސްފައި މިވަނީ މި ޝޯރޫމް ހުޅުވުމުންނެވެ.

ބްލޫ ސްޓާރ އަކީ އޭސީގެ އިތުރުން، ރިފްރިޖެރޭޓަރ، އަދި ވޯޓަރ ކޫލަރ ފަދަ ޕްރޮޑަކްޓްތައް އުފެއްދުމުގައި އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ތަރުހީބު ލިބިފައިވާ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

31 އޯގަސްޓު 2017

ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

31 އޯގަސްޓު 2017
ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!
14 އޯގަސްޓު 2017

ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

14 އޯގަސްޓު 2017
ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
13 އޯގަސްޓު 2017

"ޓޭސްޓް": ކާބޯތަކެއްޗަށް ހާއްސަ މެގަޒިންއެއް

13 އޯގަސްޓު 2017
"ޓޭސްޓް": ކާބޯތަކެއްޗަށް ހާއްސަ މެގަޒިންއެއް
19 ޖޫން 2017

އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

19 ޖޫން 2017
އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް
14 ޖޫން 2017

ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި

14 ޖޫން 2017
ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު