Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ގެ ހާލަތު

ހުޅުމާލެ މެޑިކަލް ފެސިލިޓީ އާއި އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކޮވިޑު ބަލިމީހުންނަށް ފަރުވާދެނީ އެއް ބަޔެއް:ޑރ. އެލީނާ

6 މެއި 2021 | ބުރާސްފަތި 08:03

ޑޮކްޓަރުންނާއި ނަރުހުން ވަރަށް ދަތި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 މެއި 2021 | ބުރާސްފަތި 08:03
ޑރ. އައިޝަތު އެލީނާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ޑރ. އައިޝަތު އެލީނާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ހުޅުމާލެ މެޑިކަލް ފެސިލިޓީ އާއި އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކޮވިޑު ބަލިމީހުންނަށް ފަރުވާދެނީ އެއްބަޔެއް ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ، ޑރ. އައިޝަތު އެލީނާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އެލީނާ ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުން ވަރަށް ދަތި ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ އެމަރޖެންސީ ރޫމްއަށް ދައްކާ ވަރަށް ގިނަ އަދަދެއްގެ އާންމުން ކޮވިޑަށް ޕޮޒޓިވްވާ ކަމަށާއި މާ ލަސްވަންދެން މަޑުކުރެވޭ ތަން އެބަ ފެންނަ ކަމަށެވެ.

Advertisement - newsAdvertisement

ޑރ. އެލީނާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑު އަންހެނުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި އެހެންނަމަވެސް އެއްވެސް މީހަކު ވެސް ކުޑަކުއްޖަކު ވެސް ސީރިއަސް ހާލަތުގައި ނެތް ކަމަށެވެ.

ރާއްޖޭގައި ފެންނަ ކޮވިޑުގެ ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު ބުދަ ދުވަހު 700ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެޗްއީއޯސީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން ޓެސްޓުކުރި 4،787 ސާމްޕަލްގެ ތެރެއިން 734 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން މާލެއިން 540 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތެރެއިން 186 ކޭސް ރިޕޯޓުކޮށްފައިވާއިރު، އިންޑަސްޓްރިއަލް ރަށްތަކުން އެއް ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

މިއާއެކު 7،109 އެކްޓިވްކޭސް މިހާރު ތިބި އިރު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 32،665ށް އަރާފައެވެ. އޭގެ ތެރެއިން 25،437 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 198 މީހުން އެޑްމިޓްކޮށްފައިވާއިރު، 75 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.

ބުދަ ދުވަހު ފެނުނު ކޮވިޑް-19 ކޭސްތަކުގެ ޖުމްލަ އަކީ މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ކޭސްތައް އެންމެ ގިނައިން ރިޕޯޓުކުރި އަދަދެވެ. ފާއިތުވެ ދިޔަ ހަފްތާތަކުގައި ކޮންމެ ދުވަހަކު ވެސް ކޮވިޑް-19ގެ ކޭސްތަކުގެ އަދަދުތަކުގެ އައު ރިކޯޑުތައް ހަދަމުން އަންނައިރު ކޭސްތައް 400ން މައްޗަށް އަރަން ފަށާފައި ވަނީ މިދިޔަ ހަފްތާގައެވެ.

ރާއްޖޭގެ ކޭސްތަކުގެ އަދަދު މިހާ މައްޗަށް ގޮސްފައިވާއިރު، ރާއްޖޭގައި އިންޑިއާގައި ފެތުރެމުންދާ ކޮވިޑް-19 ވޭރިއަންޓް އުޅުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އޭގެ ސަބަބުން ރާއްޖެ އަންނަ އެންމެން ވެސް ވަކި ފިޔަވަޅުތަކެއްގެ ތެރެއިން ރާއްޖެ އެތެރެވެވޭ ގޮތަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް