Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީއެމްބިއުލާންސް

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017 | ބުދަ 13:46

ފަޅުވެރިން ހަމަނުވެގެން ސީއެމްބިއުލާންސް ނުދުއްވާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 25 ޖެނުއަރީ 2017 | ބުދަ 13:46
ސީއެމްބިއުލާންސް: ނ. އަތޮޅު ސީއެމްބިއުލާންސް ދުއްވުމަށް ފަޅުވެރިންނެއް ނެތް

ސީއެމްބިއުލާންސް: ނ. އަތޮޅު ސީއެމްބިއުލާންސް ދުއްވުމަށް ފަޅުވެރިންނެއް ނެތް

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވެގެން ނ. މަނަދޫ ހޮސްޕިޓަލުގައި އޮތް ހާލު ދެރަ ބަލި މީހަކު މާލެ ގެނެވޭގޮތް ނުވުމުން، އެންމެ ފަހުން އާއިލާއިން ފަޅުވެރިއަކު ހަމަޖައްސައިގެން ބަލިމީހާ މާލެ ގެނެސްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 21 ވަނަ ދުވަހު، ނ. ކުޑަފަރީން މަނަދޫ ހޮސްޕިޓަލަށް ގެންދިޔަ ސީރިއަސް ބަލިމީހަކު މާލެ ގެނެއުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް، ސީއެމްބިއުލާންސްގެ ފަޅުވެރިން ހަމަނުވެގެން ހަތަރު ގަޑިއިރު ތިބެން ޖެހުނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނީ އާސަންދަ އިން އެޕްރޫވްކުރުމުން ސީއެމްބިއުލާންސް އޮޕަރޭޓްކުރަނީ އެމްއެންޑީއެފުން ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް ސީއެމްބިއުލާންސަށް ފަޅުވެރިއެއްގެ ގޮތުގައި ހޮސްޕިޓަލުގެ މުވައްޒަފެއް އަރުވަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލަށް މުވައްޒަފުންގެ ދަތިކަން ދިމާވާ ކަމަށް އޭނާ ބުންޏެވެ. އަދި އެގޮތަށް ފަޅުވެރިއެއްގެ ގޮތުގައި މާލެ އަންނަ މުވައްޒަފު މާލޭގައި މަޑުކުރަން ޖެހިއްޖެ ނަމަ ހުރިހާ ޚަރަދުތަކަށް ޒިންމާވާން ޖެހެނީ ވެސް ހޮސްޕިޓަލަށް ކަމަށް އޭނާ ބުންޏެވެ.

ސީއެމްބިއުލާންސް ދަތުރުކުރުމަށް ދެ ފަޅުވެރިންނާއި ކެޕްޓަނެއް ބޭނުންވާއިރު، މަނަދޫގައި އޮންނަ ސީއެމްބިއުލާންސްގެ އެއް ފަޅުވެރިއަކު މަދެވެ. އަދި ކެޕްޓަން ނުވަތަ ދެން ހުންނަ ފަޅުވެރިޔާ ބަލިވެއްޖެ ނަމަ ނުވަތަ ޗުއްޓީ އަށް ގޮސްފި ނަމަ ސީއެމްއެމްބިއުލާންސްގެ ޚިދުމަތް ހުއްޓުމަކަށް އާދެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހާ ބުނީ، މިމަހުގެ 21 ވަނަ ދުވަހު މާލެ ގެންނަން ޖެހުނު ބަލިމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އެގޮތުން، އެ މީހާ މާލެ ގެނެއުމަށް ހެނދުނު 10:00 ހާއިރު ޑޮކްޓަރުން ލަފާދީ، އާސަންދަ އިން އެޕްރޫވް ކުރިއިރު، އާއިލާއިން ފަޅުވެރިއަކު ހަމަޖައްސައިގެން މާލެ ފުރުނީ ހަވީރު 4:00 ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ފަޅުވެރިއެއްގެ ގޮތުގައި މާލެ އައި މީހާ އަނބުރާ ސީއެމްބިއުލާންސަށް ނައުމުން، އެނބުރި މަނަދޫ އަށް ދާންޖެހުނީ މާލެއިން އެހެން މީހަކު ފަޅުވެރިއެއްގެ ގޮތުގައި އަރުވައިގެން ކަމަށެވެ.

މީގެ ކުރިން ވެސް، މިފަދަ ކަންކަން ހިނގާފައިވާކަން ފާހަގަކުރަމުން އޭނާ ބުނީ، ސީއެމްބިއުލާންސް ހަމަނުޖެހިގެން ބަލިމީހެއްގެ އާއިލާއިން އެތައް އިރަކު ތިބުމަށްފަހު އެންމެ ފަހުން އެހެން ލޯންޗެއްގައި ބަލިމީހާ މާލެ ގެންނަނިކޮށް ބަލިމީހާ މަރުވި ހާދިސާއެއް ވެސް ހިނގާފައިވާ ކަމަށެވެ. އަދި މިވަގުތު ބަލިމީހެއްގެ ހާލުބޮޑުވެގެން މާލެއަށް ގެންނަން ޖެހުނަސް އެކަމެއް ސީއެމްބިއުލާންސްގައި ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

މަނަދޫ ސީއެމްބިއުލާންސަށް ފަޅުވެރިއަކު ނެގުމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އިއުލާނުކޮށްފައިވެ އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ވަޒީފާއަށް މީހަކު ހަމަޖައްސާފައެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފް އާއި ހެލްތް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

މަނަދޫ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އިސްމާއިލް ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު ހެލްތް މިނިސްޓްރީގައި ހުންނާނެ ކަމަށެވެ. އަދި އުސޫލު އޮންނަ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވާނީ މިނިސްޓްރީން ކަމަށްވާތީ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2018

ޖާނުން ފިދާވެގެން ހަމަލާދޭން އުޅުނު ދެ މީހުންނަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް

03 ޖެނުއަރީ 2018
ޖާނުން ފިދާވެގެން ހަމަލާދޭން އުޅުނު ދެ މީހުންނަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް
04 އޮކްޓޯބަރު 2017

ޔާމީންގެ މަރުގެ ދައުވާ ލިބޭ ހައިޝަމްގެ ވަކީލު ސަސްޕެންޝަނުގައި ހުރުމުން ވަކީލަކު ހަމަޖައްސަން 10 ދުވަސް!

04 އޮކްޓޯބަރު 2017
ޔާމީންގެ މަރުގެ ދައުވާ ލިބޭ ހައިޝަމްގެ ވަކީލު ސަސްޕެންޝަނުގައި ހުރުމުން ވަކީލަކު ހަމަޖައްސަން 10 ދުވަސް!
26 ސެޕްޓެމްބަރު 2017

މެންބަރުންނަށް ވަކީލުން ހަމަޖައްސަން 10 ދުވަސް، ވަކީލުން ސަސްޕެންޑް ކޮށްފައިވާތީ ކަންބޮޑުވުން އިންތިހާއަށް!

26 ސެޕްޓެމްބަރު 2017
މެންބަރުންނަށް ވަކީލުން ހަމަޖައްސަން 10 ދުވަސް، ވަކީލުން ސަސްޕެންޑް ކޮށްފައިވާތީ ކަންބޮޑުވުން އިންތިހާއަށް!
20 ސެޕްޓެމްބަރު 2017

ރިލްވާން ވަގަށް ނެގި މައްސަލަ: އާލިފާއި ނޫރައްދީން ވަކީލަކު ހަމަޖައްސަން 10 ދުވަސް، ސުއައިދު ރާއްޖެއިން ބޭރުގަ!

20 ސެޕްޓެމްބަރު 2017
 ރިލްވާން ވަގަށް ނެގި މައްސަލަ: އާލިފާއި ނޫރައްދީން ވަކީލަކު ހަމަޖައްސަން 10 ދުވަސް، ސުއައިދު ރާއްޖެއިން ބޭރުގަ!
09 އޯގަސްޓު 2017

ޖަލުގެ ތަޖުރިބާ އަމީތުގެ ދުލުން: ބޯންޖެހުނީ ފާހަނައިގެ ފެން، ހުންނަން ޖެހެނީ ގަދަ އަވީގައި!

09 އޯގަސްޓު 2017
ޖަލުގެ ތަޖުރިބާ އަމީތުގެ ދުލުން: ބޯންޖެހުނީ ފާހަނައިގެ ފެން، ހުންނަން ޖެހެނީ ގަދަ އަވީގައި!
06 ޖުލައި 2017

ހައުސިން ލޯނު ލިބޭނެ ލުއި ގޮތްތަކެއްް ހަމަޖައްސަންޖެހޭ: މުއިއްޒު

06 ޖުލައި 2017
ހައުސިން ލޯނު ލިބޭނެ ލުއި ގޮތްތަކެއްް ހަމަޖައްސަންޖެހޭ: މުއިއްޒު
17 ޖޫން 2017

އަދީބުގެ ސިއްހީ ހާލަތު މީޑިއާ އަށް އާންމު ކުރަންޖެހުނީ އިތުރުގޮތެއް ނެތުމުން: ސިރާޖު

17 ޖޫން 2017
އަދީބުގެ ސިއްހީ ހާލަތު މީޑިއާ އަށް އާންމު ކުރަންޖެހުނީ އިތުރުގޮތެއް ނެތުމުން: ސިރާޖު
16 ޖޫން 2017

ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!

16 ޖޫން 2017
ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!
17 މާރިޗު 2017

ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން

17 މާރިޗު 2017
ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް