Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

ކޮފީ ކޮންސެޕްޓްގައި ސްޓާރބަކްސް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 ޖެނުއަރީ 2017 | ހޮނިހިރު 14:36
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް

މެކް ޑޮނަލްޑްސް އާއި ކޭއެފްސީ އަދި ސްޓާބަކްސް ފަދަ ވަރުގަދަ ބްރޭންޑްތައް ރާއްޖެ ގެނައުމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވޯޓާ ފްރަންޓް ރެސްޓޯރަންޓްތަކެއްގެ ހިދްމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެކުންފުނިން ހިންގަމުންދާ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައިވާ ޖެޓީ ސަރަހައްދުގައި ކުރާ އިމާރާތުގައި އިންޓަރނޭޝަނަލް ބްރޭންޑްތަކުގެ ތެރެއިން ހަ ބްރޭންޑެއްގެ ރެސްޓޯރަންޓެއް ހިންގަން ނިންމާފައި ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓަރީކުރުމަށް cm@macl.aero އަށް އީމެއިލް ނުވަތަ ސިޓީ ފޮނުއްވުން އެދޭ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި ރެސްޓޯރެންޓްތައް ހިންގުމަށް އެދޭ ސުންގަޑިއަކީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ 15:00 ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އޭމްއޭސީއެލްއިން ވޯޓާ ފްރަންޓް ރެސްޓޯރަންޓްގެ ގޮތުގައި ތަރައްގީ ކުރުމަށް އިއުލާންކޮށްފައި ވަނީ 231.00 އަކަމީޓާރުގެ ޖާގަ އެވެ.ކޮފީ ކޮންސެޕްޓްގެ ގޮތުގައި ސްޓާބަކްސް އާއި 80.00 އަކަމީޓަރުގެ ޖާގައިގެ ބޮޑުމިނުގައި ޑޯނަޓް ނުވަތަ ޕޭސްޓްރީ ކޮންސެޕްޓްގައި ޑަންކިން ޑޯނަޓްސް ނުވަތަ ކްރިސްޕީ ކްރީމް އާއި 302.00 އަކަމީޓަރުގެ ޖާގައިގެ ބޮޑުމިނުގައި ކެޒުއަލް ޑައިނިންގ ކޮންސެޕްޓްގައި ނަންޑޯސް ނުވަތަ ހާރޑް ރޮކް ކެފޭ އާއި 171.00 އަކަމީޓަރުގެ ޖާގައިގެ ބޮޑުމިނުގައި ފާސްޓްފުޑް ކޮންސެޕްޓްގައި ކޭއެފްސީ ނުވަތަ މެކް ޑޮނަލްޑްސްގެ އިތުރުން 99.00 އަކަމީޓަރުގެ ޖާގައިގެ ބޮޑުމިނުގައި ޕިއްޒާ ކޮންސެޕްޓްގައި ޑޮމިނޯސް ނުވަތަ ޕިއްޒާ ހަޓް އަދި 14 އަކަމީޓަރުގެ ޖާގައިގެ ބޮޑުމިނުގައި އައިސްކްރީމް ކޮންސެޕްޓްގައި ހާގެންޑަޒްސް ނުވަތަ ބާސްކިން ރޮބިންސް އެވެ.

އެ ބީލަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ބީލަން ފޮތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު