Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުމޫން

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ޖެނުއަރީ 2017 | ހޮނިހިރު 00:55
އައިޖީއެމް ހޮސްޕިޓަލް

އައިޖީއެމް ހޮސްޕިޓަލް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ އައި.ސީ.ޔޫގައި ތިބޭ ބަލި މީހުންގެ ގާތަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމަތު ދެއްވަމުން އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަން އެންޑް މީޑިއާ އަޙްމަދު މައުސޫމް ވިދާޅުވީ އައި.ޖީ.އެމް.އެޗުން އެކުލަވާލި އައު އުޞޫލުގެ ދަށުން މިހާރު އައި.ސީ.ޔޫގައި ތިބޭ ބަލި މީހުންގެ ގާތަށް ޒިޔާރަތް ކުރެވޭނެ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަވީރު 5:00 އިން އިރުއޮއްސި 6:00 އާއި ހަމައަށެވެ.

ބަދަލާއެކު ބަލިމީހާ ކައިރިޔަށް ޒިޔާރަތް ކުރެވޭނީ ދުވަލަކު ގިނަވެގެން ދެމީހުންނަށް ކަމަށާއި އަދި ފަހަރަކު އެންމެ މީހަކަށް ކަމަށް މަޢުސޫމް ވިދާޅުވިއެވެ.

މީގެ ކުރިން އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރާ ގަޑިއަކީ ހެނދުނު 11:00 އިން 12:00 އަށް އަދި ހަވީރު 5:00 އިން 6:00 އަށެވެ.

އައި.ޖީ.އެމް.އެޗުގައި މިދޔަ ހޮނިހިރު ދުވަހު ވަނީ ޒަމާނީ ވަޞީލަތްތަކާއެކު އައު އައި.ސީ.ޔޫއެއް ތަރައްޤީކޮށް ޙިދުމަތް ދޭން ފަށާފައެވެ.

ކުރިން ހުރި އައިސީޔޫއަކީ 8 އެނދުހުރި ނަމަވެސް މި އައިސީޔޫގައި 15 އެނދު ހުންނާނެކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއްވައެވެ.

މި އައި.ސީ.ޔޫ ކައިރީގައި ބަލިމީހުންގެ އެހީތެރިން މަޑުކޮށްލާނެ ވެއިޓިން އޭރިޔާއެއް ވަނީ ހަދަފައެވެ.

އަދި އައި.ސީ.ޔޫ އާއި އެން.އައި.ވީ ޔުނިޓަށް ވަދެނުކުމެވޭނެ ގޮތަށް ބަލިމީހާގެ އެހީތެރިޔާއަށް އިލެކްޓްރޯނިކް ފާހެއް ދޫކުރުމަށް ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
15 ފެބުރުއަރީ 2017

އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް

15 ފެބުރުއަރީ 2017
އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު