Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާޓިލިޓީ ޚިދުމަތް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ޑޮކްޓަރަށް ދެއްކުމަށް 259 މީހުން ވަނީ ނަން ނޯޓް ކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 4 ފެބުރުއަރީ 2017 | ހޮނިހިރު 13:23
އައިޖީއެމްއެޗް

އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ފާޓިލިޓީ ސެންޓަރުގެ ހިދުމަތް މިދިއަ ޖެނުއަރީ މަހުގައި ފަށާފައިވާ އިރު މިހާތަނަށް 49 މީހުންނަށް ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ، އެ ހޮސްޕިޓަލުން ދާދި ފަހުން ޚިދުމަތް ދޭން ފަށާފައިވާ ފާޓިލިޓީ ސެންޓަރުން 49 ޕޭޝަންޓަކަށް ތިން ދުވަހުގެ ތެރޭގައި ޚިދުމަތް ދީފައިވާ ކަމަށެވެ.

އައިޖީއެމްއެޗުގައި މި ޚިދުމަތް ދީފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ދޭކުން ހަތަރަކަށެވެ.

އެ ހޮސްޕިޓަލުގައި ޕާޓިލިޓީ ޚިދުމަތް މިހާރު ދެނީ ވިޒިން ޑޮކްޓަރެކެވެ. އެގޮތުން މިމަހުގެ ވެސް ޑޮކްޓަރު ބެއްލެވުމަށް އައިސްފާ އިރު ހޮނިހިރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް އިންޑިޔާގެ އެންޔޫ ހޮސްޕިޓަލްގެ ޑރ އަޝްވިނީ ޝަދަޝިވަން އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާނެ ކަމަށް އައިޖީއެމްޗުން ބުނެ އެވެ.

ފެބްރުއަރީ ހަތަކުން ހަޔަކަށް ފާޓިލިޓ ޚިދުމަތްދޭ އިރު ކޮންމެ ދުވަހަކު 25 ޕޭޝަނުން ބެލުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެވެ.

ޔޫރޯރީނަލް ފާޓިލިޓީ ސެންޓަރު ހުޅުވާފައިވަނީ ނިމިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. މި ސެންޓަރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށާއި ކިޑްނީގެ ބޮޑެތި ބަލިތަކަށް ވެސް ފަރުވާދެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އެގޮތުން ބަޑުގައި އުފެދޭ ހިލަ ގޮއްވާލުން އޮޕަރޭޝަންތައްވެސް ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ދަރިމައިވުމާ ގުޅޭ މައްސަލަތަކާއި ގުޅޭ ޚިދުމަތަށް އާސަންދަ ލިބޭ ގޮތައް ހަމަޖެހިފައެއް ނުވެއެވެ.

މިހާތަނަށް ހިދުމަތަށް އެދި 259 މީހުން ނަން ނޯޓް ކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ދަރިމައި ނުވުމުގެ މައްސަލަތަކަށް އަމިއްލަ ބައެއް ކްލިނިކްތަކުގައިވެސް ބޭރުގެ ވިޒިޓިންގ ޑޮކްޓަރުން ގެންދަވަނީ ޚިދުމަތް ދެއްވަމުންނެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

16 މާރިޗު 2017
ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި
12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު