Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-އިންޑިއާގެ ގުޅުން

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެއަކީ އިންޑިއާ އިން އަބަދުވެސް އިސްކަންދޭނެ ގައުމެއް: މިޝްރާ

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 27 ޖެނުއަރީ 2017 | ހުކުރު 07:54
އިންޑިއާގެ ހައި ކޮމިޝަނަރ އަކިލޭޝް މިޝްރާ ވާހަކަފުޅު ދައްކަވަނީ

އިންޑިއާގެ ހައި ކޮމިޝަނަރ އަކިލޭޝް މިޝްރާ ވާހަކަފުޅު ދައްކަވަނީ

ރާއްޖެއާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ "އާޓިފިޝަލް" އެއްވެސް ކަމެއް ނެތް ގުޅުމެއް ކަމަށާއި ރާއްޖެއަކީ އިންޑިއާއިން އަބަދުވެސް އިސްކަންދޭނެ ގައުމެއް ކަމަށް، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރ އަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިޝްރާ ވިދާޅުވީ ރާއްޖޭގައި ހޭދަކުރެވިފައިވާ އަހަރު ދުވަހުގެ ތެރޭގައި ދިވެހިންގެ ހިތްހެޔޮކަން ފެނިގެން ގޮަސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ ހަމައެކަނި ސިޔާސީ ގުޅުމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، އިންޑިއާގެ ފޮރިން މިނިސްޓަރ ސުޝްމާ ސުވަރާޖް ރާއްޖެއަށް ކުރެއްވި ޒިޔާރަތާއި، ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފަ އެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓައް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށްވެސް މިޝްރާ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާ އިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު 28 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވަނީ އިންޑިއާ އިން ރާއްޖެއަށް ވެދީފައިވާ އެހީތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ވަގުތު ފަސްޖެހުމެއް ނެތި އިންޑިއާއިން އެކަން ފުރިހަމަ ކޮށްދޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްތަކެއް ކުރައްވާނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު، ޖެންޑަރ މިނިސްޓަރ ޒެނީޒާ ޝަހީދު ޒަކީގެ އިތުރުން ޗައިނާގެ އެމްބެސެޑަރ ވަންގ ފުކާންގ ބައިވެރިވެވަޑައިގެންނެވި އެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު