Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭގައި ނިޔާވާ މީހުން ހުޅުމާލ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

ބުދަ ދުވަހު ހެނދުނު ހައެއްގެ ފަހުން މާލޭގައި މަރުވާ މީހުން ވަޅުލަނީ ހުޅުމާލޭގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2017 | އަންގާރަ 16:02
އަލީ ވަހީދު، ސްޓޭޓް މިނިސްޓަރ

އަލީ ވަހީދު، ސްޓޭޓް މިނިސްޓަރ

ބުދަ ދުވަހުގެ ހެނދުނު ހަޔެއްގެ ފަހުން މާލެ އާއި ވިލިމާލެއިން ނިޔާވާ އެންމެން ވަޅުލެވޭނީ ހުޅުމާލޭ ސަހަރާގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ހުޅުމާލޭގައި ވަޅުލުމުގެ ހުރިހާ އިންތިޒާމްތަކެއް މިހާރު ހަމަޖެހިފައިވާ އިރު އެ މިނިސްޓްރީން މަސައްކަތް ކުރަނީ ވަޅު ލުމުގެ ހުރިހާ ކަމެއް ރައްޔިތުންނަށް އެންމެ ފަސޭހަ ވާނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

Advertisement - newsAdvertisement

އަލީ ވަހީދު ވިދާޅުވީ، މާލޭގައި މީހުން ވަޅުލުމަށް ބޭނުން ކުރަމުން ދިޔަ އާ ސަރަހާ ފުރިފައިވާ އިރު ހިނަވާގެ ވެސް މަރާމާތު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ސަރަހައްދުގައި މީހުން ވަޅުލުމަށް އަލަށް ހެދިފައިވާ ހުސް ސަރަހައްދާ މެދު ހަދާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ އިން މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ މަސްވެރިންގެ ޕާކް ސަރަހައްދުގެ ޖެޓީން. އަދި އެއަށް ފަހު ހުޅުމާލޭގައި އޮންނަ އެމްބިއުލެންސް އިން ހުޅުމާލެ ސަހަރާއަށް ގެންދެވޭނެ. މިކަމުގައި ހުޅުމާލޭގައި ބޭނުން ކުރެވޭނީ، ރެޑް ކްރެސެންޓްގެ އެމްބިއުލެންސް" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، މީހުން ވަޅުލުމަށް ބޭރުންކުރާ އުޅަނދަކީ މައްޔިތާގެ އައިލާގެ ގާތްގަނޑަކަށް ތިން މީހުންނަށް ދަތުރު ކުރެވޭނެ އުޅަނދެއް ކަމަށެވެ. އަދި ކޮންމެ އުޅަނދެއްގައި ވެސް ދެ މައްޔިތުން ގެންދެވޭނެ ޖާގަ އޮންނާނެ ކަމަށާއި މައްޔިތާ ހުޅުމާލޭ ސަހަރާއަށް ގެންދިއުމުގެ ހުރިހާ ކަމެއް ކުރުމަށް ރޭވިފައިވަނީ ސަރުކާރުގެ ޚަރަދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ކަށުނަމާދު ކުރުމަށްޓަކައި ޒައިދުބިން ސާވިތު ނަމަކަށްކިޔާ މިސްކިތެއް އެޅިފައިވާ އިރު އެ މިސްކިތުގައި 650 މީހުންނަށް އެއްފަހަރާ ނަމާދު ކުރުމުގެ އިންތިހާމު ހަމަޖެހިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، މައްޔިތާގެ އައިލާގެ މީހުން ހުޅުމާލެ ދާން ޖެހޭނީ އަމިއްލަ ހަރަދުގައި ކަމަށެވެ.

މާލޭއެކޭ އެއްގޮތަށް ވިލިމާލޭގައި ވެސް މީހުން ވަޅުލުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ހަމަޖެހިފައިވަނީ މި އުސޫލުން ކަމަށާއި ވިލިމާލޭގައި ނިޔާވާ މީހުން ސީދާ ގެންދެވޭނީ ހުޅުމާލެ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދަންވަރު މަރުވާ މީހުން ގެންދިއުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީގެ އެހީތެރިކަމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭ ސަރަހާއަކީ 21،000 އަކަފޫޓޫގެ ބޮޑު ސަހަރާއެއް ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެތަނުގައި މީހުން ވަޅުލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ އިރު މައްޔިތާގެ އައިލާގެ މީހުންނަށް އެތަނުގައި ތިބެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ރެޑް ކްރެސެންޓުން ވެސް ވަނީ މައްޔިތާ ސަހަރާއަށް ގެންދިއުމުގައި އެފަރާތުން ވެދޭ އެހީގެ ސަބަބުން ކުއްލި ހާލަތްތަކަށް ރެޑް ކްރެސެންޓުގައި ހަރަކާތްތެރިވާ ދަރުމަވެރިންނަށް އަމަލުކުރާނެ ގޮތްތައް މިހާރަށް ވުރެ ރަގަޅަށް ދަސްވެގެންދާނެ ކަމުގައި ފާހަގަކުރައްވާފަ އެވެ.

މާލެ އާއި ވިލިމާލޭގައި ނިޔާވާ މީހުން ވަޅުލުމުގެ ހުރިހާ އިންތިޒާމުތަކެއް ހުޅުމާލޭގައި ކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު މީގެ ކުރިން މިދިއަ އަހަރުވެސް ސަރުކާރުން ވަނީ މިފަދަ ނިންމުމެއް ނިންމާފަ އެވެ. އެހެން ނަމަވެސް އެފަހަރު އާއްމު ރައްޔިތުންގެ ޝަކުވާތަކާއި އިންތިޒާމު ކުރެވިފައިވާ ގޮތްތަކާއި ގުޅިގެން ސަރުކާރުން ފަހުން ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފަ އެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު