Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަވާއިދު

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

ދެ އަހަރު ނުފުރޭ ކުޑަކުދިން ނަގާ ޓިކެޓުން ސާރވިސް ޗާޖެއް ނުނެގޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 ޖެނުއަރީ 2017 | ހޯމަ 21:12
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ފްލައިޓެއް ޖައްސާފައި

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ފްލައިޓެއް ޖައްސާފައި

ދިވެހިރާއްޖޭގެ އެއާރޕޯޓްތަކުން ރާއްޖޭން ބޭރަށްފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގައިވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝައިއުކޮށްފި އެވެ.

އެއާރޕޯޓް ސާރވިސް ޗާޖުގެ ގޮތުގައި ދިވެހިންގެ އަތުން 12 ޑޮލަރު އަދި އެއާރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް 12 ޑޮލަރު ނެގޭއިރު، ބިދޭސީން އަތުން އެއާރޕޯޓް ސާރވިސް ޗާޖުގެ ގޮތުގައި 25 ޑޮލަރު އަދި އެއާރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް 25 ނެގޭނެ އެވެ.

Advertisement - newsAdvertisement

"ދިވެހިރާއްޖޭގެ އެއާރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނު"ގެ 13 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދު ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއާރޕޯޓް ހިންގާ ފަރާތްތަކާއި ރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއާރލައިންތައް މިދިޔަ ޑިސެމްބަރު އަށަކުން ފެށިގެން އެއާރޕޯޓް ސާރވިސް ޗާޖަށާއި އެއާރޕޯޓް ޑިވެލޮޕްމަންޓް ފީ އަށް މީރާގައި ރަޖިސްޓްރީ ކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު މީރާއިން އެ ފަރާތަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެގަވާއިދުގައިވާ ގޮތުން އެކަމަށް ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިމިދިއަ މަހުގެ ބަޔާން މީރާއަށް ހުށަހަޅައި، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ އަދަދަށް ފައިސާ ދައްކަން ޖެހެއެވެ.

ރާއްޖޭގެ އެއާރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ޝެޑިއުލްޑް އެއާރލައިންތަކުގެ ފްލައިޓްތަކާބެހޭ މައުލޫމާތު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި، އެއާރޕޯޓް ހިންގާ ފަރާތްތަކުން ކޮންމެ މަހަކު މީރާއަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ވެއެވެ.

މީގެއިތުރުން އެއަރާޕޯޓަކުން އޮރިޖިނޭޓްވާ ޓިކެޓަކުން ރާއްޖޭން ބޭރަށް ފުރާ ކުޑަކުއްޖެއްގެ އަތުން އެއާރޕޯޓް ސާރވިސް ޗާޖް ނެގޭނީ، އެ ޓިކެޓް އޮރިޖިނޭޓްވި އެއާރޕޯޓުން އެ ކުއްޖާ ފުރި ދުވަހާ ހަމައަށް، އެކުއްޖާއަށް ދެ އަހަރު ފުރިފައިވާނަމަ ކަމަށްވެސް އެގަވާއިދުގައި ބުނެފައި ވެއެވެ.އެގަވާއިދުގައި ވާގޮތުން، އެއާރޕޯޓް ސާރވިސް ޗާޖަށާއި އެއާރޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ރަޖިސްޓްރީކުރަންޖެހޭ ފަރާތެއް ރަޖިސްޓްރީ ނުކޮށްފިނަމަ، ނުވަތަ ޓެކުހާއި ފީގެ ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން ހުށަނާޅައިފިނަމަ ނުވަތަ ލަހުން ހުށަހަޅައިފިނަމަ، ނުވަތަ ޓެކުހާއި ފީ މީރާއަށް ދައްކަންޖެހޭ ތާރީހަށް ނުދައްކައިފިނަމަ ނުވަތަ ލަހުން ދައްކައިފިނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް މީރާގެ އެގަވާއިދުގައި ވެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓްގައި އެގަވާއިދު ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ވެސް އެގަވާއިދުގައި ވެއެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު