Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓަރު އިރުތިޝާމް

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

ކައިވެނި ކުރައްވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2017 | ހޯމަ 11:08
މެންބަރު ޝާހިދުއާއި މިނިސްޓަރު އިރުތިޝާމް: މިއީ ޝާހިދުގެ ތިން ވަނަ ކައިވެނި

މެންބަރު ޝާހިދުއާއި މިނިސްޓަރު އިރުތިޝާމް: މިއީ ޝާހިދުގެ ތިން ވަނަ ކައިވެނި

ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ކައިވެނި ކުރައްވަން ތައްޔާރުވަމުންދާކަން ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އިރުތިޝާމާއި މެންބަރު ޝާހިދު ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ދެ ބޭފުޅުން އެއްކޮށް ނަގާފައިވާ ސެލްފީތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ދެ ބޭފުޅުން ކައިވެނި ކުރައްވަން އުޅުއްވާ ވާހަކަ އެންމެ ފުރަތަމަ ފަތުރާފައި ވަނީ ޝާހިދުގެ ދަރިކަނބަލުންގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުންނެވެ. ނަމަވެސް، އެ އެކައުންޓަކީ ފޭކު އެކައުންޓެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ނަމަވެސް، އެކަމާ ގުޅޭ ގޮތުން މިނިސްޓަރު އިރުތިޝާމާއި ޝާހިދު ވެސް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އެ ދެ ބޭފުޅުން ކައިވެނި ކުރައްވާކަން ކަށަވަރުވީ، ޔޫތު މިނިސްޓްރީގެ ވައިބާ ގްރޫޕުގައި މިނިސްޓަރު އިރުތިޝާމް އެ ވާހަކަ ދެއްކެވުމުންނެވެ. ޔޫތު މިނިސްޓްރީގެ ވައިބާ ގްރޫޕަށް އާދިއްތަ ދުވަހު ފޮނުއްވި މެސެޖެއްގައި އިރުތިޝާމް ވަނީ އަންނަ ފެބްރުއަރީ 17 ވަނަ ދުވަހު މެންބަރު ޝާހިދުއާ ކައިވެނި ކުރައްވަން އުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓްރީގެ ވައިބާ ގްރޫޕުގައި މިނިސްޓަރު އިރުތިޝާމް ދެއްކެވި ވާހަކަތަކުގެ ސްކްރީން ޝޮޓެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ސްކްރީންޝޮޓަކީ އަސްލެއްކަން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން، ހިނިފުޅުވަޑުވާލެއްވުމަށް ފަހު މެންބަރު ޝާހިދު ވިދާޅުވީ އެއީ ދޮގު ވާހަކައެއް ކަމަށެވެ. ރާއްޖެއެމްވީން ޝާހިދު އަށް ފޯނުކޮށްގެން އުޅެނިކޮށް، މިނިސްޓަރު އިރުތިޝާމް ވަނީ ޝާހިދުގެ ފޯނުން ރާއްޖެއެމްވީ އަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ.

އިރުތިޝާމް ވިދާޅުވީ ކެބިނެޓް މިނިސްޓަރަކަށް ވިޔަސް އެފަދަ ކަންކަމަކީ އަމިއްލަފުޅު ކަންތައްތައް ކަމަށެވެ. އަދި އެފަދަ ކަންކަމާ ގުޅޭ މައުލޫމާތު ނުދެއްވޭނެ ކަމަށާއި މިނިސްޓްރީއާ ގުޅޭ މައުލޫމާތު ދެވިދާނެ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދު ކައިވެނި ކުރައްވައިގެން އުޅުއްވި ނަސޫހާ ސަލީމް މިހާރު ވަނީ ވަރިކޮށްފަ އެވެ. އަދި މިދިޔަ ބުދަ ދުވަހު ވަރި ސާބިތުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. ޝާހިދުގެ ތިން ކުދިން ތިބެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު