Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މާލޭގައި ހިނގައިދިޔަ ރޭޕްގެ މައްސަލަ

ކުޅި ބަލަން ތިބި މީހުން ވެސް މިކަމަށް ޒިންމާ ނުވާންވީ ސަބަބެއް ނުވިސްނުނު!

ތަނެއްގައި މާރާމާރީއެއް ހިނގިޔަސް، މީހެއް ގަޔަށް ވަޅި ޖަހައި އޮތްތަނަށް މަރާލިޔަސް، އެންމެންހެން ތިބެނީ ކުޅިބަލަން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2021 | ހުކުރު 04:31
ލެމަން ގްރާސް ކައިރިން ގަދަކަމުން އަންހެނަކު ގެއަކަށް ވައްދަނީ

ލެމަން ގްރާސް ކައިރިން ގަދަކަމުން އަންހެނަކު ގެއަކަށް ވައްދަނީ

މިއީ ޒުވާނުންގެ ބަހުން ނަމަ "ދަ ކޮންވަޒޭޝަން ނޯބަޑީ އިސް ރެޑީ ފޮރ"އެވެ. ކޮންމެ ފަހަރަކު ވެސް ކޮންމެ ހާދިސާއެއްގައި ވެސް އަބަދުވެސް ކަންކުރާ މީހާގެ ވާހަކަދައްކަނީ އަޑުގެ ނެތް ތަނަށެވެ. ދެތިން ދުވަހެއް ވަންދެން އެކަމާ ވަރަށް ބާރަށް ހަޅޭއް ލަވައެވެ. ދެން އޮންނާނީ އެ ހާދިސާގައި ވިކްޓިމް ކުށްވެރިކުރާ ޓީމެވެ. އެއީ އަދި ވަކިން ހާއްސަ ޝުކުރަކާއި ސާބަހެއް ހައްގުވާން ޖެހޭ ވަރުގެ ބައެކެވެ.

އެބަޔަކު، އެބަޔަކަށް ކުށްވެރިވާ މީހެއްގެ ނުވަތަ ބައެއްގެ ވާހަކަ ދައްކަންވީއެވެ. ކޮންމެ މީހަކަށް ވެސް އެ ހައްގު ލިބިގެންވެއެވެ. ހަމަ އެއުސޫލުން މީހަކަށް އަނިޔާދިން މީހާ އަށް ވުރެ އަޅުގަނޑަށް ހަމަ ގައިމު ވެސް ކުޅި ބަލާ ޓީމު ގޯހެވެ.

މިއީ މި ރާއްޖޭގެ އާދައެވެ. ދޮގު ނުކުރެވޭ ވަރަށް ފެންނަން އޮތް ހަގީގަތެވެ. ތަނެއްގައި މާރާމާރީއެއް ހިނގިޔަސް، މީހެއް ގަޔަށް ވަޅި ޖަހާ އޮތްތަނަށް މަރާލިޔަސް، އެމީހާ މަރަށް ތެޅި މަރުވާ މަންޒަރު ވެސް ވީޑިއޯކޮށްލެވޭ އިރު މީހެއްގެ ދިރިއުޅުމެއް، މީހެއްގެ ފުރާނައެއް ސަލާމަތްކުރަން އަތް ގާތްކޮށްލާނެ ހަމަ އެކަކު ވެސް ނުވެއެވެ. އަނިޔާވާ މީހާއަށް ފަރުވާ ލިބޭނެ ހިސާބަކަށް ދިއުމުގެ ކުރިން އެންމެން ވެސް ބަލަނީ އަވަހަށް ތިމާގެ މޮޅުކަން ދައްކާލާ ސޯޝަލް މީޑިއާގައި އެންމެންގެ މަގުބޫލުކަން ހޯދާލަން ވީޑިއޯއެއް ވައްޓާލާށެވެ. ނޫނީ ހަމަ އަޅާ ވެސް ނުލައި ދުރުގައި ބަލަހައްޓައިގެން ތިބެނީއެވެ. ބަޔަކު ދެކެ ބިރުން ކަމެއް، ނޫނީ ހަދާނެ ގޮތެއް ނޭނގިގެން ކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ.

މިފަހަރު ވެސް ކަންތައް މިދިޔައީ ހަމަ އެ ބީދައިންނެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުން އަންހެނަކު ދަމާފައި ތަނަކަށް ވައްދައި، އޭނަ ރޭޕްކުރި މައްސަލައެއް ފެންމަތިވެފައިވާއިރު އެ މައްސަލާގައި އުމުރުން 18 އަހަރާއި 23 އަހަރުފެ ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އެ ހާދިސާގައި ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ ވީޑިއޯއަށް ބަލާލާނަމެވެ. ކަން ހިނގައިދިޔަ ގޮތް ވަރަށް ސާފެވެ. ވެއްދި ތަނަކަށް ވައްދާފައި ކުރީ ކީއްކަމެއް އެ ވީޑިއޯއިން ފެންނާކަށް ނެތެވެ. އެހެންވީމަ އެކަމާ މެދު ބަސް ބުނާކަށް ނެތީމެވެ. އެހެންނަމަވެސް ހަމަ ޔަގީނުން ވެސް އަންހެނަކު ދަމާ ކޫއްތާފައި ދެ ފިރިހެނަކު ވެގެން ގެންދިއުމަކީ އެއީ ރަނގަޅު ނިޔަތެއްގައި ބަޔަކު ކުރާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އަދި އެއީ އެއްވެސް ހާލެއްގައި ހިނގައިގެންވާނެ ކަމެއް ކަމަށް ވެސް ގަބޫލެއް ނުކުރެވެއެވެ.

އެކަމަކު ދެރައީ ރަމަޟާން މަހެއްގައި މަގުމަތީގައި މީހުން އެންމެ ގިނަ ވާނެ އެއް ގަޑީގައި، އެންމެން ތެރޭގައި އަންހެން ކުއްޖަކު ދަމާ ކޫއްތާ، ދެކޮނޑުގައި ހިފައި އުފުލާލައިގެން ބޮޑު ދެ ފިރިހެނުން ދިޔައިރު، އެ މަންޒަރު ބަލަން ތިބެން އެއްކަލަ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ދިވެހިންނަށް ކެރުނުކަމެވެ. އެވެސް ހަމަ އެ ވީޑިއޯއިން ދައްކައިދޭ މަންޒަރެވެ. އަދި އެ އެކަންޏެއް ނޫނެވެ. އަވަސް އަވަހަށް އެކަމާ ނޫސްތަކަށް އިންޓަވިއު ދޭން ވެސް ކެރިއްޖެއެވެ. އެކަމަކު އެ ކުއްޖާއަށް އެހީވާކަން ނުކެރުނެވެ. ކުޑަ މިނުން ތި ކުރަނީ ކީއްހެއްޔޭ ބުނެލަން ވެސް ނުކެރުނެވެ. ކާކު ދެކެ، ކޮން ކަމަކާ ބިރުން ތޯ ވަރަށް އަހާލާ ހިތްވެއެވެ.

އެ މައްސަލަ ފެންމަތިވެ، ހައްޔަރުކުރި ދެމީހުންގެ މައްޗަށް ރޭޕްގެ ތުހުމަތުކުރެވޭއިރު، އެކަމުގައި ކުޅި ބަލަން ތިބި މީހުން ޒިންމާނުވާންވީ ސަބަބެއް އޮތް ކަމަށް ޒަމީރު ގަބޫލެއް ނުކުރެއެވެ. ޔަގީނާ ގާތަށް ވެސް އެނގޭ ކަމަކީ އެތަނުގައި ތިބި މީހުން އެކަން ހުއްޓުވި ނަމަ މިއަދު އެ އަންހެން ކުއްޖާއަށް އެ އަނިޔާއެއް ނުލިބޭނެ ކަމެވެ. މީހެއްގެ މުޅި ދިރިއުޅުން ފުނޑުފުނޑު ނުވެ ސަލާމަތްވާނެ ކަމެވެ. އެއީ ކޮންމެ ހާލަތެއްގައި ކޮންމެ ގޮތަކަށް ހިނގި ކަމަކަށްވީ ނަމަވެސް އެކަން ނުހުއްޓުވެންވީ އެއްވެސް ސަބަބެއް ނެތް ކަން އެންމެނަށް ވެސް ޔަގީނެވެ. އަނެކާއަށް އަނިޔާކޮށް އަނެކާގެ މައްޗަށް ގަދަބާރު ބޭނުންކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެން ނުވާއިރު އެފަދަ ކަންކަން ކުރިމަތީގައި ހިނގައި، ނިމިގެންދާއިރު އެކަން ހުއްޓުވުމަކީ ނުވަތަ އެކަމާ ދެކޮޅަށް ބަސް ބުނުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށް ގަބޫލުކުރަން ވެއްޖެ ނޫން ހެއްޔެވެ.

އެވަރުގެ ކަމެއް ހިނގައިގެން ދިޔަ އިރު އަޅާ ނުލާ ދެ އަތް ނަގައިގެން ހުރުމަށް ފަހު ދެން ގެއަށް ގޮސް ރޭ ނިދި ނިދަނީ ކިހިނެތްތޯ ވެސް އަހާލަން ބޭނުންވެއެވެ. އެކަމުގައި ތިމާއަށް އެ ދެވުނު ހިތްވަރާއި، ތިމާ އަށް ވެސް ކުޅިބަލަން ހުރެވުނު ކަމުގެ އިހުސާސް އެއްވެސް ވަރަކަށް ނުކުރެވެނީތޯ ވެސް ސުވާލު އުފެދެއެވެ. އެފަދަ އަމަލެއް ހިންގާ މީހާއާއި ބަލަން ހުރި މީހާއާ އެއްހަމަ ނުކުރެވޭނެ ކަމާ މެދު ސުވާލެއް ނެތެއެވެ. އެކަމަކު ކަމެއް ހިނގާއިރު އެކަމެއް ހުއްޓުވޭނެ ހިސާބެއްގައި ހުރެ އިހުމާލުވާ މީހާ އެކަމުގައި ޒިންމާ ނަގަން ނުޖެހެންވީ ކީއްވެހެއްޔެވެ.

މާދަމާ ތިމާ، އެހީއަށް އެދި ރޯއިރު ވަށައިގެން އެންމެން ތި،ބެ ދިއްކޮށްލާ އަތުގައި ހިފާނެ މީހަކު ނުވުމުން ދެން ހިތަށް ކުރާނެ އަސަރު އެންމެ ފަހަރަކު ވެސް ވިސްނާލަން ކީއްތޯއެވެ. އެ އަމަލު ހިންގި މީހުންގެ ނުބައިކަން ވަރަށް ބޮޑެވެ. އެކަމަކު އަޅުގަނޑަށް ހަމަ ކުޅިބަލަން ތިބި މީހުންގެ ފިނޑިކަން މާ ހުތުރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ބަޑިޖަހާ މަރާއިރު، ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ބެލުމެއް ނެތް!

ބަޑިޖަހާ މަރާއިރު، ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ބެލުމެއް ނެތް!

05 ސެޕްޓެމްބަރު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު