Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާޅާއެޅުންތެރިންނަށް އަޅާލާ

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

ރާޅާއެޅުންތެރިންނަށް ހަރަދުކުރަން ސަރުކާރުން ލިބެނީ ލައްކައެއްހާ ރުފިޔާ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 20 އޯގަސްޓު 2017 | އާދީއްތަ 11:39
ރާއްޖޭގައި ޒުވާން ރާޅާއެޅުންތެރިންތަކެއް ރާޅާއަޅަނީ

ރާއްޖޭގައި ޒުވާން ރާޅާއެޅުންތެރިންތަކެއް ރާޅާއަޅަނީ

ރާއްޖޭގެ ރާޅާއެޅުންތެރިންގެ ވާހަކައަކީ ދައްކަމުންގޮސް ހުސްނުވާނެ ވާހަކައެކެވެ. އެ ރާޅާއެޅުންތެރިން ހޯދަމުން އަންނަ ކާމިޔާބީ އަކީވެސް އާވާހަކަތަކެއް ނޫނެވެ. އެތައް ރާޅާއެޅުންތެރިންނެއް އަރަމުން އަންނައިރު، އެ ރާޅާއެޅުންތެރިންނަށް އެއްބާރުލުންދޭނެ ފަރާތެއް ނެތް ވާހަކައަކީ މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެވެ.

ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓުގައި ރާޅާއެޅުންތެރިންނަށް ހަރަދުކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ ލައްކައެއްހާ ރުފިޔާއެވެ. އެއީ ހަމައެކަނި އެންމެ މުބާރާތެއް ބާއްވާލަން ޚަރަދުކުރެވޭ ފައިސާގެ އަދަދެވެ. ރާޅާއެޅުންތެރިން އުފައްދަން އަދި ރާޅާއެޅުންތެރިންނަށް އެކި ކަންތައްތައް މަގުފަހިކޮށްދޭން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަންގައި ފައިސާއެއް ނުހުރެވެ.

ރާޅާއެޅުންތެރިން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާނަމަ އެ މުބާރާތަކަށް ދާންޖެހެނީ އާންމުގޮތެއްގައި އަމިއްލަ ހަރަދުގައި ނުވަތަ ހެޔޮއެދޭ ފަރާތެއްގެ އެހީއާއެކުގައެވެ. ވަނައެއް ހޯދައިގެން ރާޅާއެޅުންތެރިޔަކު އެނބުރި ރާއްޖެ އައިސްފިނަމަ ވީއައިޕީ ލައުންޖުން މަރުހަބާ ކިޔަނީ ސަރުކާރުގެ ކޮންމެވެސް ކޯޑިނޭޓަރެކެވެ. މިނިސްޓަރެއް ލޮލު ކޮޅުން ވެސް ނުފެނެއެވެ. މިއީ އަޅުގަނޑުގެ ދެ ލޮލުން ފެނިފައިވާ މަންޒަރެވެ. އެ ރާޅާއެޅުންތެރިންނަށް އެއްވެސް އަގުވަޒަން ކުރުމެއް ނެތެވެ.

ރާޅާއެޅުންތެރިން މުބާރާތެއް ބާއްވާނަމަ އެ މުބާރާތަކަށް ސްޕޮންސާ ދޭނެފަރާތެއް ވެސް ގިނަ ފަހަރު ނުހުރެވެ. ރާޅާއެޅުންތެރިންނަކީ މުޖުތަމައުގައި ބަލައިގަންނަ ބައެއް ނޫންފަދައެވެ. އެހެން ނަމަވެސް މަދުފަހަރެއްގައި ވެސް ހެޔޮ އެދޭ ފަރާތްތަކުން ދޭ އެހީއަކީ އެ ރާޅާއެޅުންތެރިން ހަނދާނުން ފޮހެލާނެކަމެއް ނޫނެވެ.

ގިނަ ރާޅާއެޅުންތެރިން ސިފަކުރާގޮތުގައި އެ ރާޅާއެޅުންތެރިން އުފަންވީ މާލޭ ރާޅުގަނޑުންނެވެ. އެތަން ވެސް ސަރުކާރުން ވަނީ ސަރުކާރުގެ ތަރައްގީއަށް ހިންގުމަށް ހަމަޖެހިފައިވާ ބްރިޖް މަޝްރޫއަށް ބަންދު ކޮށްފައެވެ. ރާޅުގަނޑު އަތުލުމާއެކު އެތައް ރާޅާއެޅުންތެރިންނެއް ރޮއްވާލިއެވެ. އެކަމުން އަދިވެސް އެ ރާޅާއެޅުންތެރިންނެއް އަރައެއް ނުގަނެވެ. މިކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ރާޅާއެޅުންތެރިން ތެދުވެ "ސޭވް އަވާ ވޭވްސް" ގެ ނަމުގައި އިހުތިޖާޖު ވެސް ކުރިއެވެ.

އެހެން ނަމަވެސް ސިޔާސީ ބައެއް ނުފޫޒްތައް އެކަމުގެ ތެރެއަށް ވަނުމުން އެ ރާޅާއެޅުންތެރިން ވަނީ އެކަން ހުއްޓާލާފައެވެ. އަދިވެސް އެ ރާޅާއެޅުންތެރިން ތިބީ މުޅި ދުނިޔޭގައިވެސް ފާހަގަ ކޮށްލެވޭ އެންމެ ރީތި ރާޅުނަގާ އެއް ސްޓޭޑިއަމް ކަމަށްވާ މާލޭ ރާޅުގަނޑު ލިބޭނެ ދުވަހަކަށެވެ.

ރާޅާއެޅުންތެރިން އަރަމުން އެބަ އާދެއެވެ. އެ ރާޅާއެޅުންތެރިން އުމުރުން ޅައިރު މިކަމަށް ޝައުގުވެރިކަން ބޮޑުވަމުން އާދެވެ. އެހެންނަމަވެސް އެ ކުދިންނަށްވެސް އެދެވޭ ގޮތުގައި ތަމްރީންތަކެއް ނުލިބެއެވެ. ރަނގަޅަށް ތަމްރީން ހަދާނެ ތަނެއް ވެސް ނުހުރެއެވެ. މިއީ ހުސް ފައިސާއާ ގުޅިފައިހުރި ކަންކަމެވެ.

ސިޔާސީ އެއްވެސް ކަމެއް ނުވައްދާ ރާޅާއެޅުންތެރިންނަށް އެހީވާންޖެހެއެވެ. މަގުމަތިވެފައިތިބި ރާޅާއެޅުންތެރިންނަށް މަގު ދައްކަންޖެހެއެވެ. އެ ރާޅާއެޅުންތެރިންނަށް ރަނގަޅަށް ތަމްރީން ހެދޭނެ ގޮތެއް ތަނަވަސް ކޮށްދޭންޖެހެއެވެ. އެ ރާޅާއެޅުންތެރިންނަށް ބޭނުންވަނީ ސަރުކާރުގެ ދީލަތި އެހީއާ އަޅާލުމެވެ. އެއީ މުސްތަގުބަލުގައި ދުނިޔޭގެ ޗެމްޕިއަނުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

26 އޯގަސްޓު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު